ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 12:24
ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔަ ނައިޓް މާކެޓް
ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔަ ނައިޓް މާކެޓް
ޔޫސުފް ސޮފްވާން ރަޝީދު
މަގުމަތީ ބާޒާރު ބޭއްވުން
މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދެން ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން
 
މަގުމަތީބާޒާރު ބޭއްވުމުގެ ހުއްދައަށް އެދި ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭ
 
އުސޫލުގައި ކުރިން އޮންނަނީ، އެ ހުއްދަތައް ދޫކުރާނީ ކައުންސިލުތަކުންކަމަށް

މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދެން ދޫކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންކަމަށް ކަނޑައަޅައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން އެކުލަވާލާފައިވާ ފެއަރ، ނައިޓްމާރކެޓް، ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުސޫލުގައި ކުރިން އޮންނަނީ، އެ ހުއްދަތައް ދޫކުރާނީ ސިޓީ ކައުންސިލުތަކާއި ރަށްރަށުގެ ރަށު ކައުންސިލު މެދުވެރިކޮށް ކަމަށެވެ.

އަދި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމަށް އެދި ހުށަހަޅާ ފަރާތުން މިނިސްޓްރީން ކަނޑައަޅާ އޮންލައިން ފޯމު މެދުވެރިކޮށް އެކަމަށް އެދެންޖެހޭގޮތަށް ވަނީ އުސޫލު އިސްލާޙުކޮށްފައެވެ.

އޭގެ އިތުރުން، ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވުމުގެ ހުއްދައަށް އެދި ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި މިނިސްޓްރީން ނިންމި ގޮތް ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެކަމަށްވެސް އުސޫލުގައި ބުނެއެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ، އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށ،ް ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަންވާނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން ކަމަށެވެ.

އަދި ފެއަރ، ނައިޓްމާރކެޓެއް ނުވަތަ މަގުމަތީބާޒާރެއް ބާއްވާ ފަރާތަކުން މި އުސޫލުގައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ނުވަތަ އެފަދަ ބާޒާރެއް ހިންގުމުގައި މި އުސޫލާ ޚިލާފުވެއްޖެނަމަ، ހުއްދަ ދޫނުކުރުމުގެ ނުވަތަ ދޫކޮށްފައިވާ ހުއްދަ ބާޠިލު ކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
67%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި