ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 08:06
އިޓަލީގައި އަސްކަރީ ޖެޓެއް ވެއްޓުނު ހާދިސާގައި ޖެޓު ވެއްޓި ގޮވުމުގެ ސަބަބުން ރޯވެފައި
އިޓަލީގައި އަސްކަރީ ޖެޓެއް ވެއްޓުނު ހާދިސާގައި ޖެޓު ވެއްޓި ގޮވުމުގެ ސަބަބުން ރޯވެފައި
ދަ ސަން
އިޓަލީގައި ޖެޓެއް ވެއްޓި ކުއްޖަކު މަރުވުން
އިޓަލީގެ އަސްކަރީ ޖެޓެއް ވެއްޓި ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ
 
ކުއްޖާގެ ބޭބެއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައި

އެކްރޮބެޓިކް ތަމްރީނެއްގައި ބައިވެރިވަމުންދިޔަ އިޓަލީގެ އަސްކަރީ ޖެޓެއް ވެއްޓި އެ ޤައުމުގެ ޓޫރިން ސިޓީގައި ފަސް އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގިއިރު އެ ކުއްޖާ އިނީ އާއިލާއާއެކު ޓޫރިން އެއަރޕޯޓުގައި ކާރެއްގެ ތެރޭގައެވެ. އިޓަލީގެ އަސްކަރީ ޖެޓު ވެއްޓުނީ އެ ކާރު ކައިރިއަށެވެ. ވެއްޓުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖެޓު ގޮވައި ވަރުގަދަ އަލިފާންގަނޑެއް އުފެދިގެންދާ މަންޒަރު އާއްމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

މި ހާދިސާ ހިނގިއިރު އެ ކުއްޖާއާއެކު އޭނާގެ މަންމައާއި ބައްޕަ އަދި ނުވަ އަހަރުގެ ބޭބެ ވެސް ކާރުގައި ތިއްބެވެ. ބޭބެއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އެކުދިންގެ މަންމައާއި ބައްޕައަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ޓޫރިންގެ މައި އެއާޕޯޓް ކައިރީގައި ނަގާފައިވާ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ނުވަ އަސްކަރީ ޖެޓު އެކްރޮބެޓިކް ތަމްރީނުތައް ކުރިއަށްގެންދިޔައިރު އޭގެ ތެރެއިން އެއް ޖެޓު ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. މި ޖެޓު ވެއްޓެން ފެށުމުން އޭގައި އިން ޕައިލެޓް ޕެރެޝޫޓުގެ އެހީގައި ޖެޓުން ފުންމާލާ މަންޒަރު ފެނިގެންދާއިރު ޖެޓު ވެއްޓި ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރު ވެސް ފެނެއެވެ.

އިޓަލީގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ތަހުގީގުގެ ފުރަތަމަ މަރުހަލާއިން ދައްކާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އުދުހެމުން ދިޔަ ދޫނިތަކެއްގެ ތެރެއަށް ޖެޓަށް ވަދެވި އޭގެ ތެރެއިން ދޫންޏެއް އިންޖީނުގެ ތެރެއަށް ވަނުމުގެ ސަބަބުން އިންޖީނު ފެއިލްވެގެންނެވެ.

މި ޖެޓަކީ އިޓަލީގެ އެއަރފޯސްގެ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އާދީއްތަ ދުވަހު ބާއްވާ ހަރަކާތެއްގައި ބައިވެރިވާން ތަމްރީން ހަދަމުން ދިޔަ ޖެޓެކެވެ. ނަމަވެސް މި ހިތާމަވެރި ހާދިސާއަށްފަހު އެ ހަރަކާތްތައް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް