ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 17:23
ސިނަމާލެ ބްރިޖަށް ރާޅު އަރާފައި
ސިނަމާލެ ބްރިޖަށް ރާޅު އަރާފައި
އަމްނާ އިމާދު
އުދައެރުން
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރޭ: ފުލުހުން
 
ޒަރޫރީ ދަތުރުތައްވެސް ކުރާއިރު، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ޚިދުމަތް ހިޔާރުކުރަން ޖެހޭ
 
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދޭން ޖެހޭ

އާދިއްތަ ދުވަހު މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހު ވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތި، މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މި ވަގުތުތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރާއިރު، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ޚިދުމަތް ހިޔާރުކުރަން ޖެހޭ ކަމަށެވެ.

ދިމާވާ ހާލަތެއްގެ ސަބަބުން، އެހީތެރިވެދީ، ޓްރެފިކް ޑައިވަރޓް ކުރަންޖެހިއްޖެ ނަމަ އެކަން ކުރުމަށްޓަކައި އޮފިސަރުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

އާދިއްތަ ދުވަހު މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު، ހޮނިހިރު ދުވަހު ބްރިޖަށް އުދައިގެ ވަރުގަދަ ރާޅެއް އެރުމާއެކު، ދަތުރުކުރަމުން ދިޔަ ގިނަ އަދަދެއްގެ ސައިކަލުތަކުގައި ތިބި މީހުން ރާޅާއެކު ކަހާލައިގެން ބިންމައްޗަށް ވެއްޓެއެވެ. މިހާދިސާގައި 6 މީހަކަށް އަނިޔާވެ، ސެނެހިޔާގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ވެލި ހުރުމުގެ ސަބަބުން ވެސް ސައިކަލު ކަހާލައި ބައެއް އެކްސިސެންޓްތައް ހިނގަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް