ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 19:00
ހިޔާ ފްލެޓުން އެއްކޮށްލި 2 އެޕާޓްމަންޓް
ހިޔާ ފްލެޓުން އެއްކޮށްލި 2 އެޕާޓްމަންޓް
ސޯޝަލްމީޑިއާ
ހިޔާގެ ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލަ
ބޮޑު ހަރަދާއެކު އެއްކޮށްލި ދެ އެޕާޓްމަންޓް އަނބުރައި އާބަންކޯއަށް
 
ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކުވެސް އެތަނުގައި ދިރިއުޅެނީ އާބަންކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން
 
ކޮންމެ އެޕާޓްމަންޓެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ
 
އެ ދެ އެޕާޓްމަންޓު ޖޫރިމަނާކޮށްފައިވަނީ 05 މެއި 2023ގައި

ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓެއްގެ އިންފާރު ތަޅާލައި އެއްކޮށްލުމުން، ކޮންމެ އެޕާޓްމެންޓެއް 14 ދުވަހުގެ ތެރޭގައި އާބަންކޯއާ ހަވާލުކުރުމަށް އަންގައިފިއެވެ.

އާބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލާގައި، އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދެފަރާތުން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުންވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. އަދި 10 ދުވަހުގެ ތެރޭގައި, އެޕާޓްމަންޓް ހަވާލު ކުރެވުނުއިރު ހުރި ގޮތަށް އިއާދަކުރުމަށްވެސް ވަނީ އަންގާފައެވެ. ނަމަވެސް މިކަން މި މުއްދަތުގައި ކޮށްފައިނުވާތީ، 14 ދުވަހުގެ ތެރޭގައި އެ ކޯޕަރޭޝަނަށް އެޕާޓްމަންޓް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު އާބަންކޯއިން ވެރިފަރާތަށް ވަނީ އަންގާފައެވެ.

މިމައްސަލަ ފާހަގަވުމާ ގުޅިގެން އެ ދެ އެޕާޓްމަންޓު ޖޫރިމަނާކޮށްފައިވަނީ 05 މެއި 2023ގައެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކުވެސް އެތަނުގައި ދިރިއުޅެނީ އާބަންކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ހިޔާގެ ފުލެޓުތައް ދޫކޮށްފައިވާ އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުމާއި، ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި, ސިނގިރޭޓު ބުއިން، އަދި އަޅި ކެނޑުމަކީވެސް މަނާކަމެކެވެ. އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ހައްގުވެސް އާބަންކޯއަށް ލިބިގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
11%
28%
8%
8%
3%
42%
ކޮމެންޓް
24 މެއި 2023 | ބުދަ 13:18
ދޮންބެ
ދެފަރާތުގެ ދެމެދުގަ އޮތް އެއްބަސްވުން ހިފައިގެން ކޯޓަށްގޮސް ކޯޓު މެދުވެރިކޮށް ތަން ހުސްކުރަން އެންގުން މާ ބުއްދިވެރި. އޭރުން ކޯޓު މަރުހަލާތަށް ނިމުމުން ދެންޖެހޭނީ ހަވާލުކުރަން. މިހާރު ތިކުޅެނީ ބަތްކައްކާ ކުޅި. ހުހެއްވެސް ނުކުރާނެ ނުވެސް ކުރުވޭނެ.
19 މެއި 2023 | ހުކުރު 11:50
މާލެ
މިކަމުނަ ސަރުކާރަށް ފައިދާ.މިތަން ސަރުކަރަށްނަގާ ބޮޑު އަގުގަ ކުށްޔަށް ދިނުން ރަނގަޅު އަދި އެމީހުން ނަށް އަލު ގަވައިދާ އެއްގޮތަށް އުޅެން ފުލެޓު ދޭން ވީ.މިހެން ހެދީމަ ވާނެ ގޮތް އެހެން މީހުނަށް ވެސް އެގޭނެ.އަތުން ފައިސާތަކެއް ބޭކަރު ވަނެ ކަން.މިކަހަލަ ކަންކަމުގަ ދެފަރާތަށް ގެއްލުން ނުވާގޮތަށް ނިންމަން ވީ.އެމީހުން ނަކީ ދިވެހިން އެހެންވީމަ އަދިވެސް ފުލެޓު ހައްގު ވާނެ.
19 މެއި 2023 | ހުކުރު 11:04
ޙަހަހހ
މި ހިޔާޔޫނިޔަން ހަދާގެން ސަމާލު ކުރި ކަމަކީ މީ.
19 މެއި 2023 | ހުކުރު 04:08
ސުހާ
ބަރާބަރު. ބައެއް މީހުން އުޅޭނީ ހިތުހުރިގޮތަކަށް. މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ. ގެދޮރު ހައްގު ރަނގަޅު ބަޔަކަށް ދޭތި
19 މެއި 2023 | ހުކުރު 00:30
ދިދަ ދަނޑި
ކުލި ނުދައްކާ މީހުންވެސް ނެރެ ތަން ހުސްކުރަންވީ..
18 މެއި 2023 | ބުރާސްފަތި 22:01
Az Aed
ގަވައިދުން ފީ ނުދައްކާ މީހުންނަށްވެސް ފިޔަވަޅު އަޅާބަލަ، ފޭސް1 އަދި ފޭސް2 ގަވެސް، ފްލެޓް ލިބި ލާރި ދައްކަން ޖެހެނީ ކިހާވަރެއްކަންވެސް އެނގި ސޮއިކޮށްފަ އޮންނާނީ