ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 19:51
މުހައްމަދު އާރިފް
މުހައްމަދު އާރިފް
ރާއްޖެއެމްވީ
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް
މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ 54 ޓަވަރެއްގެ މަސައްކަތް ކުރިއަށް އެބަދޭ: އާރިފް
 
ދައުރު ނިމުމުގެ ކުރިން އެތަންތަނަށް މީހުންނަށް ވަދެވޭނެ
 
ކޮންމެ ޓަވަރެއްގައި 100 އަށްވުރެ ގިނަ ޔުނިޓު ހިމެނޭ

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިވަގުތު ބޯހިޔާވަހިކަމުގެ 54 ޓަވަރެއްގެ މަސަައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ފަރާތުން ވަނީ އަންގާރަ ދުވަހު ނޫސްވެރިންނަށް ދައްކާލާފައެވެ. މިގޮތުން އެޗްޑީސީން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެކި ފަންތިތަކުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި، ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގެ މަސައްކަތްތަކާބެހޭ ފަހުގެ މައުލޫމާތުތައް މިނިސްޓްރީން ވަނީ ތަފްސީލުކޮށްދީފައެވެ.

މި މައުލޫމާތުތައް ހިއްސާކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާރިފް ވިދާޅުވީ 54 ޓަވަރުގެ މަސައްކަތް ސަރުކާރުން އެވޯޑުކޯށްގެން ކުރިއަށްގެންދާއިރު މިއިން ކޮންމެ ޓަވަރެއްގައި 100 އަށްވުރެ ގިނަ ހައުސިން ޔުނިޓު ހުންނަ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭ ފެންވަރުގެ ތަންތަން ގާއިމުކުރުން ކަމަށް އާރިފް ވިދާޅުވިއެވެ. އެގޮތުން ބައެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކަކީ އެ މަޝްރޫއުތަކުގެ އަގު ކޮންޓްރޯލްކޮށް ފުރަތަމަ ފަހަރަށް ގެ ގަންނަން ބޭނުންވާ ފަރާތްތަަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ކަމަށެވެ.

މީގެ ތެރޭގައި އެސްޖޭ، ސާސޭ އަދި ވަން ސެންޓްރަލް ފަދަ ތަންތަން ހިމެނޭ.
މުޙައްމަދު އާރިފް

އާރިފް ވިދާޅުވީ މާލެ ސަރަހައްދުގައި ނޫނަސް އަތޮޅުތެރޭގައިވެސް މި ސަރުކާރުން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށެވެ. އަދި މިހާތަނަށް މި ސަރުކާރުން ހިންގާފައިވާ ގިނަ މަޝްރޫއުތަކެއް ނިމި އެތަންތަނުގައި މީހުން ދިރިއުޅެންވެސް ފަށާަފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި މަޝްރޫއުތަކަކީވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ބައެއް ޓަވަރުތަކުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަންނަ އަހަރުގެ މެއި މަހާ ހަމައަށް ދާއިރު ބައެއް ޓަވަރުތަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދީފައިވާކަމަށެވެ. އަދި 2024 ގެ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ކޮންޓްރެކްޓަރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
9%
18%
0%
36%
9%
27%
ކޮމެންޓް
ގުޅުންހުރި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގިރާވަރު ފަޅުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ ވާހަކަ ރައީސް ދެއްކެވި އިރު އެކަން އޮތީ ޕްލޭން ކޮށްފައި - އަކްރަމް
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފި