ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 13:46
އަރުޝަދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރާއި ގުޅޭ މައްސަލަ
އަރުޝަދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރާއި ގުޅޭ މައްސަލަ
ރާއްޖެއެމްވީ
އަރުޝަދު ޚާލިދުގެ މައްސަލަ
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ދެ މައްސަލަ ވެސް އަރުޝަދާ އެއްކޮޅަށް
 
އަރުޝަދު ޚާލިދު ހައްޔަރު ކުރުމަށް ޤާނޫނުގައި ބަޔާންކުރާ ފަދަ ކޯޓު އަމުރެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވި
 
އޭނާއަކީ ދައުލަތަށް ފިލައިގެން އުޅޭ މީހެއްކަަމަށް ބުނިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް އަރުޝަދުގެ ވަކީލު ވިދާޅުވޭ
 
ކޯޓު އަމުރު ލިބި ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކު އަމުރަށް ނުކިޔަމަންތެރިވީކަމަށް ބެލެވިދާނެ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ, ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ދެ މައްސަލަވެސް އޭނާއާ އެއްކޮޅަށް ނިމިއްޖެއެވެ.

އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައިކޯޓުން މިދިޔަ ޖޫން މަހު ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، އަރުޝަދުގެ ފަރާތުން ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ 3 އޮކްޓޯބަރުގައި އަރުޝަދު ޚާލިދު މާލެ އައުމުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްޓަކައި ދެއްކި ކޯޓު އަމުރުގެ އިސްތިއުނާފީ މައްސަލައެކެވެ. އޭނާގެ ވަކީލު ވިދާޅުވި ގޮތުގައި އެއީ 7 ޖޫން 2022 ގައި ނެރެފައިވާ ކޯޓު އަމުރެކެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމަކީ މި ދެ މައްސަލައިގެވެސް ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ރައުޔު އިއްވަވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ކޯޓު އަމުރު ލިބި ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކު އަމުރަށް ނުކިޔަމަންތެރިވީކަމަށް ބަލައި، އެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށެވެ. ކޯޓު އަމުރު ބަލައިނުގަންނަ ޙާލަތަކީވެސް މީހަކު ބަންދު ކުރެވިދާނެ ޙާލަތެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، އަރުޝަދު ޚާލިދު ހައްޔަރު ކުރުމަށް ޤާނޫނުގައި ބަޔާންކުރާ ފަދަ ކޯޓު އަމުރެއް ނެތްކަމަށް މަހާޒް ވިދާޅުވިއެވެ.

އަރުޝަދު ހާޒިރުވުމަށް އެންގި އަމުރުގައި ކޯޓަށް ހާޒިރުކުރަންވީ ވަގުތާއި ތާރީޚު ހިމަނާފައެއް ނުވާކަން އޭނާގެ ވަކީލު ފާހަގަ ކުރައްވާފައިވެއެވެ. އެހެންނަމަވެސް ހަމައެކަނި އެ ސަބަބަކީ އަމުރު ސައްޙަ ނުވާނެ ސަބަބެއް ނޫންކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.  

ފަނޑިޔާރު ވިދާޅުވީ، އަރުޝަދު ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރަކީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދާއި، ހައިކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދާއި އެއްގޮތަށް ނެރެފައިވާ އަމުރެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. ވުމާއެކު، އެ އަމުރު ބާތިލުކަމަށް ކަނޑައެޅުއްވުމަށް ފަނޑިޔާރު ނިންމެވިއެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވާފައެވެ.

ދައުލަތުން ހުށައަޅާފައިވާ މައްސަލައަކީ ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އެދި ދައުލަތުން ހުށައެޅުމުން، ހައިކޯޓުން އެއަށް ގޮތެއް ނިންމަންޖެހޭނެކަމަށް ކަނޑައަޅައިދެއްވުމަށް އެދި ހުށައެޅި މައްސަލައެކެވެ.

ސަބަބެއްކަަމަށް ބުނެފައި ވަނީ، އަރުޝަދު ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން ހުށަހަޅާފައި ވަނިކޮށް އެ އަމުރުު ނެރެދީފައި ނުވާތީއާއި، އަމުރު ނެރެނުދޭ ސަބަބު ހާމަކޮށްފައި ނުވާތީކަމަށެވެ. އަދި އެފަދަ ނިންމުމެއް ނުނިންމާ ސަބަބު ހާމަކޮށްދޭން ވާނެ ކަމަށް ދައުލަތުން ދެކޭކަމަށް ވަނީ ބުނެފައެެވެ.

މީގެ އިތުރުން އަރުޝަދު ހައްޔަރުކޮށްފައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރަށް ފުލުހުން އަމަލުކޮށްފައި ނުވުމަކީ އެ ނިންމުމަށް ހުރަސްއެޅޭކަމެއް ކަމުގައި ނުދެކޭކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

ދިފާއީ ވަކީލު ވިދާޅުވެފައިވަނީ، މި މައްސަލައިގައި "އަރުޝަދުއަށްވާތީ" އޭނާ ބަންދުގައި ބަހައްޓަންޖެހޭކަމަށް ބުނާއިރު، އެކަމާގުޅޭ ގާނޫނީ ސަބަބެއް ދައުލަތަށް ނުދެއްކޭކަމަށެވެ.

އަދި އޭނާއަކީ ދައުލަތަށް ފިލައިގެން އުޅޭ މީހެއްކަަމަށް ބުނިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ދިފާއީ ވަކީލް ވަނީ ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު، އޭނާ ފުރުން މަނާކޮށް، މާލެއިން ބޭރަށް ދާނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ކަނޑައަޅާފައިވާކަމަށާއި އެ ހާލަތު ބަދަލުނުވާނަމަ އެކަމަށް ބަހުސް ކުރެވިދާނެކަަމަށް ގަބޫލުނުކުރާކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ހުށައެޅި މައްސަލައަށްވެސް މި އަޑުއެހުމުގައި ވަނީ ގޮތް ނިންމާފައެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދައުލަތުން ހުށައެޅި ހުށައެޅުމާ ގުޅޭގޮތުން ހައިކޯޓުން އޭރު ބޭއްވި އަޑުއެހުމުގައި ގޮތެއް ނިންމަންޖެހޭ ތަނެއް ނެތް ކަމަށެވެ. އެގޮތުން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ދައުލަތަށް ސަބަބެއް ދެއްކިފައިނުވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން