ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 15:30
 ޝުކުރިއްޔާ އިޓަލީ - ޖިއޯޖިއާ މެލޯނީ
ޝުކުރިއްޔާ އިޓަލީ - ޖިއޯޖިއާ މެލޯނީ
ރޮއިޓާސް
އިޓަލީގެ އިންތިޚާބު
އިޓަލީގައި ފުރަތަމަފަހަރަށް އަންހެން ބޮޑުވަޒީރެއް
 
. ޗެމްބަރއަށް 400 މެމްބަރުން ހޮވާ
 
އިންތިޚާބުގައި ވޯޓުލާން ފަށާފައިވަނީ އާދިއްތަ ދުވަހު

އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ފާ-ރައިޓް، ބްރަދަރސް އޮފް އިޓަލީ ޕާޓީގެ ލީޑަރު ޖިއޯޖިއާ މެލޯނީ ހޮވިވަޑައިގެންފިއެވެ.

އިންތިޚާބް ކާމިޔާބް ކުރެއްވިއްޖެ ކަން އިއުލާން ކުރައްވަމުން ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މެލޯނީ ވިދާޅުވީ އޭނާގެ ބްރަދާސް އޮފް އިޓަލީ ޕާޓީ އަކީ ފާ-ރައިޓް ވިސްނުމުގެ ޕާޓީ އެއް ނަމަވެސް އެޕާޓީ އިން ވެރިކަން ކުރާނީ ރައްޔިތުން ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަކޮށް ކަމަށާ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު އެގޮތުގައި ދަމަހައްޓަވާނެ ކަމުގައެވެ.

ފުރަތަމަ ނަތީޖާ ތަކަށް ބަލާއިރު މެލޯނީގެ ޕާޓީ އަށް ވޯޓުގެ 26 އިންސައްތަ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. އަދި ހެދިފައިވާ އެލަޔަންސް ގެ ތެރެއިން ވޯޓުގެ 44 އިންސައްތަ ކާމިޔާބް ކުރާނެ ކަމަށް ބެލެވެއެވެ.

އިޓަލީގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދެ ގެއަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލާން ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. އެއީ ޗެމްބަރ އަދި ސެނެޓްއެވެ. ޗެމްބަރއަށް 400 މެމްބަރުން ހޮވާއިރު، ސެނެޓަށް ހޮވަނީ 200 މެމްބަރުންނެވެ.

މެލޯނީގެ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވުން ވެގެންގޮސްފައިވަނީ ދެވަނަ ބޮޑުހަނގުރާމައަށްފަހު، އެންމެ ބޮޑަށް ކަނާތު ފިޔައަށް ޖެހިފައިވާ ޕާޓީއަކަށް އިޓަލީގެ ވެރިކަން ލިބުނު ފަހަރަށެވެ.

މެލޯނީ މިހާރުވެސް ވަނީ ކަނާތުފިޔައިގެ ދެ ޕާޓީކަމަށްވާ، ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެލެސްކޯނީގެ ޕާޓީއާއި އަދި މަޓިއޯ ސަލްވީނީގެ ލީގް ޕާޓީއާއެކު އެލަޔަންސެއް ހައްދަވާފައެވެ.

އިޓަލީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 51 މިލިއަނެއްހާ މީހުން ތިބިއިރު، އާދީއްތަ ދުވަހުގެ ރޭ އެގައުމުގެ ގަޑިން 11 ޖަހަންދެން (ޖީ.އެމްޓީ ގަޑިން 9 ޖަހަންދެން) ވޯޓުލުން ކުރިޔަށް ދިޔައެވެ. މި އިންތިޚާބުގައި އަލަށް ވޯޓުލާ 2.6 މިލިއަން މީހުން ތިބިއިރު، ވޯޓުލާ އާބާދީގެ 4.7 މިލިއަން މީހުން ގައުމުންބޭރުގައި އެބަތިއްބެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް