ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 20:29
ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އޭވިއަޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ދަނީ
 
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުވައްޒަފުންނަށް، އިންޑިއާއަށް ދިއުމުގެ ފުރުސަތު ލިބޭނެ

މަސައްކަތު ތަޖުރިބާހޯދުމުގެ ދަތުރެއްގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުވައްޒަފުން އިންޑިއާއަށް ދިއުމުގެ ފުރުސަތު، އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފިއެވެ.

މި ދަތުރުގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓިކެޓް ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ފަރާތުން ޓިކެޓާ ހަވާލުވެވަޑައިގެންނެވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޑައިރެކްޓަރ އޮފް އޭވިއޭޝަން ސެކިއުރިޓީ އަލީ އަސްގަރުއެވެ.

މި ރަސްމިއްޔާތުގައި މުނޫ މަހާވަރު ވިދާޅުވީ، މި ސްޓަޑީ ޓުއަރއަކީ މި ބާވަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ފުރަތަމަ ފުރުސަތުކަމަށާއި، މިއީ މިފަދަ އެތައް ޕްރޮގްރާމް ތަކެއްގެ ފެށުންކަމަށެވެ. މީގެ ކުރިންވެސް އިންޑިއާ ސަރުކާރުން ވަނީ އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ކޯސްތަކެއް ރާއްޖެއަށް ހޯދައިދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލު ވަނީ، ޕްރޮގްރާމްގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ ބައިވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ދަތުރަކީ އިންޑިއާއާ ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމުގެ ގޮތުން، އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެގޮތުން އިންޑިއާ ސަރުކާރުން ފަންޑުކޮށް ހަމަޖައްސައިދީފައިވާ ދަތުރެކެވެ. މި ދަތުރަކީ 5 ދުވަހުގެ ދަތުރެކެވެ. މި ދަތުރުގެ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް