ކ. މާލެ
|
11 މެއި 2022 | ބުދަ 13:38
ހޯރަފުށީގައި ގެސްޓްހައުސް ހެދުމުގެ މަސައްކަތް ފަށަން ބިންގާ އަޅަނީ
ހޯރަފުށީގައި ގެސްޓްހައުސް ހެދުމުގެ މަސައްކަތް ފަށަން ބިންގާ އަޅަނީ
ފޭސްބުކް
ހޯރަފުށީގައި 3 ގެސްޓްހައުސް ހަދަނީ
ހޯރަފުށީގައި ތިން ގެސްޓްހައުސްއެއް ހަދަން ފަށައިފި
 
މީގެ ސަބަބުން 43 ވަޒީފާގެ ފުރުސަތު ހުޅުވޭނެ
 
މިއަހަރު ނިމޭއިރު ގެސްޓްހައުސް ނިމޭނެ ކަމަށް ލަފާ ކުރޭ
 
ގެސްޓްހައުސް ހަދަން ހަވާލު ކުރީ ސިންގަލް ޕްރައިވެޓް ލިމިޓެޑާއި

ހއ. ހޯރަފުށީގައި ގެސްޓުހައުސް ހަދަން ދޫކުރި ބިންތަކުގެ ތެރެއިން ތިން ބިމެއްގައި މަސައްކަތް ފަށައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވުމުގެ ގޮތުން ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަޙުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށި ކައުންސިލް މެމްބަރުންނާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޕްރޮޖެކްް ހިންގާ ކުންފުނީގެ އިސް ބޭފުޅުން ވެސް ބައިވެެރިވެވަޑައިގެންނެވިއެވެ.

ހޯރަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ތިން ގެސްޓްހައުސް ވެސް ހަދަން ހަވާލު ކުރީ އެއް ކުންފުންޏަކަށެވެ. އެއީ ސިންގަލް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން ހަދާ ގެސްޓްހައުސް ހަދަނީ "ސިންގިއުލާ ވެލްނަސް ރިޓްރީޓް" ގެ ނަމުގައެވެ.

އެ ތިން ގެސްޓްހައުސްގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ނިންމައި ތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ސިންގަލް ޕްރައިވެޓް ލިމިޓެޑުން ވަނީ ލަފާކޮށްފައެވެ.

މި ގެސްޓްހައުސްތަކާއެކު ހޯރަފުށީ ޒުވާނުންނަށް އިތުރު 43 ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. އަދި މީގެ ސަބަބުން ރަށް ތަރައްގީވެ ފަތުރުވެރިކަމުގެ ދާއިރާއިން ރަށް ކުރިއަރައިގެންދާނެ ކަމަށް ވެސް ކައުންސިލުން ގަބޫލު ކުރެއެވެ.

ހޯރަފުށި ތަރައްގީ ކުރުމަށް ސަރުކާރާއި އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްވާ އެއްބާރުލެއްވުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހޯރަފުށީގައި މިހާރު ވެސް ތިން ގެސްޓްހައުސްއެއް ހިންގައެވެ. އަލަށް ހަދާ ތިން ގެސްޓްހައުސްއާއެކު މިއަހަރު ނިމޭއިރު އެ ރަށުގައި ހަ ގެސްޓްހައުސްއަކުން ހިދުމަތް ދޭނެއެވެ. އިތުރު ގެސްޓްހައުސްތައް ހަދަން ބިން ދޫކުރުމަށް ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް