ކ. މާލެ
|
24 ފެބްރުއަރީ 2022 | ބުރާސްފަތި 23:19
ސިވިލް ސަރވަންޓުންގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ބައިވެރިން، އިންޑިއާ ހައިކޮމިޝަނަރާއެކު
ސިވިލް ސަރވަންޓުންގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ބައިވެރިން، އިންޑިއާ ހައިކޮމިޝަނަރާއެކު
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސަރވަންޓުންގެ ކެޕޭސިޓީ
ދިވެހި ސިވިލް ސަރވަންޓުންގެ ކެޕޭސިޓީ ބިލްޑިންގއަށް އިންޑިޔާއިން އެއްބާރުލުން ދެނީ
 
މި އެމް.އޯ.ޔޫ.ގެ ދަށުން މިހާތަނަށް 220 ސިވިލް ސަރވަންޓުންގެ 8 ބެޗަކަށް ވަނީ ތަމްރީނު ދެވިފައި

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަށް ސިވިލް ސަރވިސްގެ 56 ސަރވެންޓުން އިންޑިއާއަށް ދިއުމަށް ނިންމައިފިއެވެ.

މިކަމާގުޅޭ ގޮތުން ސިވިލް ސަރވިސްއިން, ބުނީ 24 ފެބްރުވަރީ 2022އިން 11 މާރިޗު 2022އަށް, އެން.ސީ.ޖީ.ޖީގެ ކަސްޓަމައިޒްޑް "ކެޕޭސިޓީ ބިލްޑިންގ ފީލްޑް އޮފް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް"ގައި ބައިވެރިވުމަށްޓަކައި, ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ)ގެ 9 ވަނަ ބެޗަށް ނިއުދިއްލީ އަދި މުސޫރީއަށް އެ ކޮމިޝަންގެ ފަރާތުން ޒިޔާރަތްކޮށް, 56 ދިވެހި ސިވިލް ސަރވަންޓުން ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަކީ ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީއާ ދެމެދު، ސިވިލް ސަރވިސްއާ ގުޅޭ އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއީ 2019 ވަނަ އަހަރުގެ ޖޫން މަހު ބޮޑުވަޒީރު ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގައި ސޮއިކުރެއްވި އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރާއި, ސީއެސްސީގެ ރައީސާއި, އަދި އެހެން ބައެއް މެންބަރުންނާއި ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކައިގައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ސަރުކާރު ހިންގުމުގެ އީޖާދީ ވިސްނުން ގެންގުޅުއްވާ ހީވާގި މުވައްޒަފުންތަކެއްކަން ކަށަވަރުކުރެއްވުމަށް, މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން އިންޑިއާގެ ސިވިލް ސަރވަންޓުންނާ ތަޖުރިބާ ހިއްސާކޮށްގެން ދަސްކުރުމަށް ބައިވެރިންނަށް ހިތްވަރު ދެއްވިއެވެ.

ހައިކޮމިޝަނަރ ވަނީ އިންޑިއާއާ ރާއްޖޭގެ ޕާޓްނަރޝިޕްގެ މައިގަނޑު އެއް ތަނބުގެ ގޮތުގައި, ތަމްރީނުތަކާއި ކެޕޭސިޓީ ބިލްޑިންގގެ ވާހަކަ ފާހަގަކުރައްވާފައެވެ. އަދި އެކި ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކާއި، ސިއްހީ އަދި ތައުލީމީ މުއައްސަސާތަކާއި، އަންހެނުންގެ ބައިވެރިވުން ވަރަށް ރަނގަޅަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ. އަދި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް، ކައުންސިލްތަކުގެ ބައިވެރިވުން ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.

މި އެމް.އޯ.ޔޫ.ގެ ދަށުން މިހާތަނަށް 220 ސިވިލް ސަރވަންޓުންގެ 8 ބެޗަކަށް ވަނީ ތަމްރީނު ދެވިފައެވެ. މި 9 ވަނަ ބެޗާއެކު ބައިވެރިންގެ އަދަދު 300އާ ގާތްކުރާއަދަދަކަށް އަރާނެއެވެ. އެމް.އޯ.ޔޫގެ 5 އަހަރުގެ ދައުރުގައި ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންގެ ކެޕޭސިޓީ ބިލްޑިންގެ އަމާޒަށް ވާސިލުވުމަށްޓަކައި 2022-2023 ވަނަ އަހަރު އެން.ސީ.ޖީ.ޖީއިން މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރާވާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފިޒިކަލް ޓްރެއިނިންތަކަށް ގިނަ ދުވަސްތަކެއް ވަންދެން އަސަރުކޮށްފާނެ ނަމަވެސް, އުނގެނުމުގެ މަރުހަލާއަށް އަސަރު ނުކުރާނެ ސަބަބަކީ, ދިވެހި ސިވިލް ސާވަންޓުން ވަނީ އެންސީޖީޖީގެ އެކި ދުވަސްވަރު ހިންގި ވަރޗުއަލް ޓްރެއިނިންތަކުގައި ބައިވެރިވެފައިކަމަށްވާތީއެވެ. 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެން.ސީ.ޖީ.ޖީން ވަނީ "އިންޑިއާ-މޯލްޑިވްސް ވަރޗުއަލް ވާރކްޝޮޕް އޮން ގުޑް ގަވަރނަންސް ޕްރެކްޓިސަސް އިން އަ ޕެންޑެމިކް"ގެ ނަމުގައި 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް