ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 13:01
"ވިނަރެސް" އިން އެޕާޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި
"ވިނަރެސް" އިން އެޕާޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި
އެންވަރަންމަންޓް މިނިސްޓްރީ
"ވިނަރެސް"ގެ އެޕާޓްމެންޓް ވިއްކުން
ސީލައިފް އެޕާޓްމެންޓަށް ފައިސާދެއްކި ފަރާތްތަކުން "ވިނަރެސް" އެޕާޓްމެންޓް ގަތުމަށް މުއްދަތު އިތުރުކޮށްފި
 
ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް
 
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 6 ޑިސެމްބަރ 2021

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް "ވިނަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އޮކްޓޫބަރ ބަހުގެ 20 ވަނަ ދުވަހު ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ އެޕާޓްމަންޓް ގަތުމަށް ސީލައިފްއާއެކު އެއްބަސްވުން ހަދާފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެ ދަށުން އެކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެތެރެއިން އެކޯޕަރޭޝަނަށް ލިޔުން ހުށަހަޅައި، އެ ކޯޕަރޭޝަންގެ ފަރާތުން އެފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ "ވިނަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން، މި ފަރާތްތަކުގެ ތެރެއިން ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް 28 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:30ގެ ކުރިން ފޯމު ހުށަހެޅުމަށް އޭރު އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅަން ބޭނުންވާ ގިނަ ފަރާތްތަކަކަށް ފޯމު ހުށަހެޅިފައި ނުވާތީ އެޗްޑީސީން މިހާރު ވަނީ މިފަރާތްތަކުން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން އެޕާޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކުން ޑިސެމްބަރ ހައެއް ވާ ހޯމާ ދުވަހުގެ މެންދުރުފަހު 15:30ގެ ކުރިން https://bit.ly/3lmvjFM މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ނުކުރުމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ހައިކޯޓުން އަމުރެއް ނެރެފި
މައިބަދައިގެ އޮޕަރޭޝަނަކަށް އައްމަޓީއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފި
އައްމަޓީއަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް
އައްމަޓީއަށް ކުރާ ދައުވާ: ހެއްކާ ގުޅޭގޮތުން އާ ކަމެއް ހުށަހަޅަން އޮތްނަަމަ، އެ ފުރުސަތު ދޭނެ