ކ. މާލެ
|
16 ނޮވެންބަރ 2021 | އަންގާރަ 09:39
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ޓްވިޓަރ
ސީލައިފްގެ ވެރިޔާ އައްމަޓީ
ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި
 
އައްމަޓީ ދޫކޮށްލައިފިނަމަ ފިލައިގެން ދިއުމުގެ ބިރު އެބައޮތް
 
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުން ދެމިއޮންނާނެ
 
ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ހަސަން ސައީދު

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމިއްޖެއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އައްމަޓީ ދޫކޮށްލައިފިނަމަ ފިލައިގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށެވެ. ހައިކޯޓުން ވަނީ އައްމަޓީ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ހައިކޯޓުގެ ޙުކުމާއެކު އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުން އެގޮތުގައި ދެމިއޮންނާނެކަން ވަނީ ފާހަގަކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދައުލަތުން ވަނީ އައްމަޓީއަކީ މީގެ ކުރިން ވެސް ފިލުމުގެ ރިކޯޑް އޮތް މީހެއްކަން ފާހަގަކޮށް، އޭނާއަކީ މީގެ ކުރިން އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި ފިލައިގެން އުޅެފައިވާ ފަރާތެއްކަމަށް ވެސް ބުނެފައެވެ. އެގޮތުން އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އަދި ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި އޮތްކަމުގައި ވީނަމަވެސް، ވަލުދޮރޯށިން ނޫނީ އެހެން ގޮތަކުން ދައުލަތުގެ ނިޒާމަށް ނޭނގި ފިލައިގެން ދިއުމުގެ އިހްތިމާލް އެބައޮތްކަމަށް ހައިކޯޓުގައި ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު، ރާއްޖެއިން ބޭރަށް ގޮސް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށްދަނިކޮށް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ 20 އޮކްޓޯބަރު 2021 ގައެވެ. އޭނާ ދޫކޮށްލީ އޭނާގެ އަންހެން ކޮއްކޮ އަފީފާ މޫސާ އާއި ދައްތަ މަރިޔަމް ނައީމާ ޖާމިނުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި