ކ. މާލެ
|
5 ސެޕްޓެންބަރ 2021 | އާދީއްތަ 07:46
އިތުރު 9 މިލިއަން ޑޯޒް ބްރެޒިލަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވޭ
އިތުރު 9 މިލިއަން ޑޯޒް ބްރެޒިލަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވޭ
ރޮއިޓަރސް
ސިނޮވެކް ވެކްސިން
ބްރެޒިލްގައި ޗައިނާގެ ސިނޮވެކް ވެކްސިން ނުދޭން ނިންމައިފި
 
ވެކްސިން އުފެއްދާފައިވަނީ ހުއްދަ ދިފައި ނުވާ ސިނޮވެކްގެ ގޮތްޕަކުން ކަމަށް
 
މިހާރު 90 ދުވަހަށް އެ ވެކްސިން ނުދޭން ނިންމާފައިވާއިރު ބްރެޒިލްގެ ސިއްޙީ އިދާރާއިން ވެކްސިން ބަންދުކުރާ ބުޓާނަން އިންސްޓިޓިއުޓްގައި ވެކްސިން ބަންދު ކުރަމުން އަންނަ ގޮތުގެ ދިރާސާއެއް ހަދާނެ

ބްރެޒިލްގައި ޗައިނާގެ ސިނޮވެކް ވެކްސިން ނުދޭން ނިންމައިފިއެވެ.

ބްރެޒިލްގެ ސިއްޙަތާބެހޭ ކަންކަން ބަލަހައްޓާ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގައި މިހާރު ހުރި ސިނޮވެކްގެ 12 މިލިއަން ޑޯޒް ނުދޭން ނިންމާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ވެކްސިން އުފެއްދާފައިވަނީ ހުއްދަ ދީފައި ނުވާ ސިނޮވެކްގެ ގޮތްޕަކުން ކަމަށް ވާތީއެވެ. މިކަން ސަމާލުކަމަށް އައިސްފައިވަނީ ހުކުރުދުވަހު ކަމަށެވެ. ބްރެޒިލްއަށް ފޮނުވާފައިވާ 12.1 މިލިއަން ޑޯޒަކީ ބުޓާނަން އިންސްޓިޓިއުޓްގައި ބަންދުކޮށްފައިވާ ޑޯޒްތަކެއް ކަމުން ވެކްސިން ނުދޭން ނިންމީ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވެކްސިން ބަންދުކުރި ސިނޮވެކްގެ އެ ގޮތްޕަކީ ބްރެޒިލުން ޗެކް ކޮށްފައިވާ ތަނެއް ނޫން ކަމަށާއި، އެހެންކަމުން ގައުމުގެ ރައްޔިތުން ނުރައްކަލަކަށް ވައްޓާލަން ބޭނުން ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބުޓާނަން އިންސްޓިޓިއުޓުންވަނީ އަދި އިތުރު 9 މިލިއަން ޑޯޒް ބްރެޒިލަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް ބުނެފައެވެ. މިހާރު 90 ދުވަހަށް އެ ވެކްސިން ނުދޭން ނިންމާފައިވާއިރު ބްރެޒިލްގެ ސިއްޙީ އިދާރާއިން ވެކްސިން ބަންދުކުރާ ބުޓާނަން އިންސްޓިޓިއުޓްގައި ވެކްސިން ބަންދު ކުރަމުން އަންނަ ގޮތުގެ ދިރާސާއެއް ހަދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރުގެ ކުރީކޮޅު ވެކްސިން ދޭން ފެށިއިރު ބްރެޒިލްގައި އެންމެ ގިނަ އަދަަދަކަށް ޖަހާފައިވަނީ ސިނޮވެކް ވެކްސިނެވެ.

ހޮނިހިރު ދުވަހު ބްރެޒިލްގައި 21،804 ކޮވިޑް ކޭސް ރިޕޯޓު ކޮށްފައިވެއެވެ. އަދި ބަލީގައި 692 މީހުންވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް