ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 07:22
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް،
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް،
ރޮއިޓަރސް
ޔޫޓިއުބުން ޓްރަމްޕް ޗެނަލް ސަސްޕެންޑް ކުރުން
ޔޫޓިއުބުން ޓްރަމްޕްގެ ޗެނަލް ސަސްޕެންޑް ކުރި މައްސަލަ ކޯޓަށް ހުށަހަޅަނީ!
 
ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑް ކޮށްފައިވަނީ ޔޫނިޓިއުބްގެ ގައިޑްލައިންތަކާއި ހިލާފަށް
 
ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑްކޮށްފައިވަނީ އެކި ދިމަދިމާލުން ނުފޫޒު ފޯރުވައިގެން
 
އަލުން ޔޫޓިއުބް ޗެނަލް ރީ-އޯޕަން ކުރާނެ ބެލެވޭ

ގޫގުލް ކުންފުނީގެ ދަށުން ހިންގާ ވީޑިއޯ ސްޓްރީމިންގ ޕްލެޓް ފޯމެއްކަމަށްވާ ޔޫޓިއުބުން ޓްރަމްޕްގެ ޗެނަލް ސަސްޕެންޑް ކުރި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑް ކުރި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި، އަދި އަލުން ޔޫޓިއުބް ޗެނަލް ރީ-އޯޕަން ކުރާނެ ބެލެވޭ ކަމަށެވެ.

ޓްރަމްޕްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ޔޫޓިއުބް ޗެނަލް ރިއޯޕަން ކޮށްދިނުމަށް ގޫގަލްގެ މައްޗަށް އަމުރު ނެރެދިނުމަށް ވެސް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑް ކޮށްފައިވަނީ ޔޫނިޓިއުބްގެ ގައިޑްލައިންތަކާ ޚިލާފަށްކަން ފާހަގަކޮށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑްކޮށްފައިވަނީ އެކި ފަރާތްތަކުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.

ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑް ކުރި މައްސަލަ ހުށަހަޅަން ތައްޔާރުވަމުންދާއިރު، ޓްވިޓަރ އާއި ފޭސްބުކް އެކައުންޓް ސަސްޕެންޑްކުރި މައްސަލަ ވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޔޫޓިއުބުން ޓްރަމްޕްގެ ޗެނަލް ސަސްޕެންޑްކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޗެނަލް ސަސްޕެންޑް ކުރީ ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުލިބޭ ގޮތަށް އާންމުކޮށްފައިވާ ވީޑިއޯއާ ގުޅިގެން ކަމަށެވެ. އަދި އެ ވީޑިއޯ ޔޫޓިއުބްގެ މިންގަނޑުތަކާ ފުށުއަރާތީ ކަމަށް ޔޫޓިއުބުން ބުނެފައިވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭރު ޓްރަމްޕް ދެއްކެވި ވާހަކަތަކާ ގުޅިގެން ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ކެޕިޓޯލް ތެރެއަށް ވަދެ ބޮޑެތި ހަމަނުޖެހުންތައް ވެސް ހިންގާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީސްކުރާ އިމާރާތް ހުންނަ ކެޕިޓޮލްގައި ހިނގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވާ މޭރުމަކުން ޓްރަމްޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން އެދުވަހު ޕޯސްޓްކުރެއްވުމުން އެޕްލެޓްފޯރމްތަކުން ވަނީ ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް