ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 15:49
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ޝުއައިބް މުހައްމަދު އިގްބާލް
ހުޅުމާލޭގައި ކްލިނިކް ހެދުމަށް ބިޑްކުރުމުގެ މައްސަ
"މީހެއްގެ ނިވާފަތްގަނޑަށް ވަދެ އޮޅުވާލައިގެން ވިޔަފާރިއެއް ނުކުރާނަން، ކުރާނީ ހާމަކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު"
 
މެޑިކުއިޕަށް ބިޑް ކާމިޔާބުވެއްޖެނަމަ ސަރުކާރަށް 5.5 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ވިދާޅުވި
 
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އެއްވެސް ބައިވެރިވުމެއް ބިޑްގެ ކަންކަމުގައި ނެތް
 
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވިޔަފާރިއެއް ކުރުމަށް ޤާނޫނީގޮތުން އެއްވެސް ހުރަހެއް ނޯވޭ
 
ދެން ބިޑް ހުށަހެޅި މެޑިކުއިޕްގެ ހިއްސާދާރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އަނބިކަނބަލުންނާއި ބޭބެއެއް

މީހަކު ނިވާފަތްގަނޑަކަށް ހަދައިގެން އޮޅުވާލައިގެން ވިޔަފާރިއެއް ނުކުރާނެކަމަށާއި، ކުރާނީ ހާމަކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް، ކްލިނިކެއް ހިންގަން ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވާފައި ވަނިކޮށެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވިޔަފާރި ކުރުމަށް ގާނޫނީގޮތުން އެއްވެސް ހުރަހެއް ނޯންނަކަމަށް ވެސް ވިދާޅުވެފައެވެ.

ހުޅުމާލޭގައި ކްލިނިކެއް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް އެޗްޑީސީއިން ހުޅުވާލި ފުރުސަތުގައި އެކަމަށް ހުށައެޅި ބިޑް ޑޮކިއުމެންޓް ރޮޒައިނާ ވަނީ، ރާއްޖެ އެމްވީއާއި ހިއްސާ ކުރައްވާފައެވެ. ރޮޒައިނާގެ އާއިލީ ކުންފުންޏެއްގެ ހިއްސާ ޑރ. އައިމިނަތު ނަޒީރާއި ރޮޒައިނާއާއި ދެބޭފުޅުން ވަނީ ބައްލަވައިގެންފައެވެ. އެހެންކަމުން، ކްލިނިކެއް ހަދަން ހުއްދަ ދިންކަމަށް ބުނާ ބުނުމާއި، މިކަމަށް ކުއްލިއަކަށް ކުންފުންޏެއް އުފެއްދީކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ޑީވައެމް ޕްރައިވެޓް ލިމިޓެޑަކީ 2016 ޖޫން 27 ވަނަ ދުވަހު އުފައްދާފައިވާ ކުންފުންޏެއްކަން ލިޔެކިޔުމުން ފެންނަން އެބައޮތެވެ. ރޮޒައިނާ ވިދާޅުވީ، ހެލްތް އެންޑް ވެލްނަސް ސެންޓަރާއި އެ ސެންޓަރުގެ 3 ވަނަ ފަންގިފިލާގައި ތަރައްގީ ކުރާ ހެލްތް އެންޑް ވެލްނެސް ކްލިނިކަކީ ހުށަހެޅުއްވި ބިޑްގައި ތަރައްގީކުރުމަށް ނިންމާފައިވާ ތަންތަންކަމަށާއި، ބިޑް ކާމިޔާބުވެއްޖެނަމަ އެ ނަން ބޭނުންކުރަން ބޭނުންވާތީ ވިޔަފާރި ނަމެއްގެ ގޮތުގައި ޓްރޭޑް މިނިިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާނެކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިއިން އެއްވެސް ކަމަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ގުޅުން ހުރި ކަމެއް ނޫންކަމަށެވެ. ޑީވައިއެމް ކުންފުނީގައި ރޮޒައިނާގެ 50 އިންސައްތަ ހިއްސާ އޮތްކަން ހާމައަށް އެނގެން އޮތްއިރު، މިކަން ބޮޑު ސިޔާސީ ކަމަކަށް ހަދައިގެން ވާހަކަދައްކާއިރު، ދެން ބިޑް ހުށަހެޅި މެޑިކުއިޕްގެ ހިއްސާދާރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އަނބިކަނބަލުންނާއި ބޭބެއެއްކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވަނީ މީހެއްގެ ނިވާފަތްގަނޑަށް ވަދެ އޮޅުވާލައިގެން ވިޔަފާރިއެއް ނުކުރާނެކަމަށާއި، ކުރާނީ ހާމަކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަން ބޭނުންކޮށްގެން އެއްވެސްކަމެއް ހާސިލުކުރަން ބޭނުންނުވާކަމަށް ވިދާޅުވިއެވެ. މިހާރު ކްލިނިކް ހެދުމަށް ހުށަހެޅިފައިވާ ބިޑްތަކުގެ ތެރެއިން އެންމެ ބޮޑު ކުއްޔެއް ހުށަހަޅާފައިވަނީ ޑީވައިއެމުން ކަމަށްވީ ހިނދު، އިވަލުއޭޝަނުން 50 އިންސައްތަ އެވަނީ ކާމިޔާބު ކުރެވިފަކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

މީގައި އެއްވެސް މީހަކު ނުފޫޒު ފޯރުވަންޖެހޭ ކަމެއް އޮތްކަމަށް ނުދެކޭކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. ގާތްގަނޑަކަށް 13 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރެވިފައިވާއިރު، މިހާތަނަށް ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ނުކުރުއްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ. މެޑިކުއިޕަށް ބިޑް ކާމިޔާބުވެއްޖެނަމަ ސަރުކާރަށް 5.5 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް، ކްލިނިކެއް ހިންގަން ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނުފޫޒުން ކަމަށް ޚަބަރުތައް ފެތުރިފައިމިވަނީ، މިނިސްޓަރު ފައްުޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އުޅޭކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. މިނިސްޓަރު ފައްުޔާޒާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވަން ރައީސް ނަޝީދު މީގެ ކުރިންވެސް މަސައްކަތްޕުޅު ކުރެއްވިކަމަށް ވާހަކަ ފެތުރުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
40%
50%
0%
10%
0%
0%
ކޮމެންޓް
8 މާރޗް 2021 | ހޯމަ 19:44
ފައިޒާ
އެމްއެމްޕީއާރުސީ ފައިސާއިން ގެސްޓްހައުސް ހެދީ ކިހާ ފާޅެއްވެގެންބާ
8 މާރޗް 2021 | ހޯމަ 09:23
Ahmed
ހަހަހާ.. ކ.ހުރާގެ އެއްކޮޅު (އުތުރު ކޮޅު ތުނޑިއާ އެއްކޮށް) ވިޔަފާރި ކުރަން ނަގައިގެން އެތާ ކުޑަ ރިސޯޓެއް ހަދައިގެން ތި އުޅުއްވަނީ، އެކަން ކުރެއްވީ ކ.ހުރާގެ ޕީ.ޕީ.އެމް ކައުންސިލް މެންބަރުންގެ ކެމްޕޭނަށް ޚަރަދުކޮށްގެން ނޫންބާ؟ ރަށުގެ އުތުރުކޮޅު ބީޗުވެސް ހުރާ ރައްޔިތުންނަށް ބޭނުން ނުކުރެވޭ. ހާމަކަން ބޮޑުކޮށް ކުރައްވާ ވިޔަފާރިއެއްތޯ އެއީ.
7 މާރޗް 2021 | އާދީއްތަ 17:50
ލޭޒީ ގާގާ
ނަޝީދު އެއުޅުއްވަނީ ފައްޔާޒް އާއި ޒާތީ ގޮތުން ޖައްސާލައިގެން
7 މާރޗް 2021 | އާދީއްތަ 16:07
ފަރުހާން
އަންނި އަކީ ވަރަށް ބޮޑަށް މީހުންނާ ޒާތީވާ މީހެއް އަދި ވަކި ބަޔަކަށް ވަރަށް ބޮަޑަށް ފޭވަރ ކުރާމީހެއް. ހުރިހާ ކަމެއްވެސް ވާންޖެހެނީ އަންނި ބޭނުންވާ އަންނި ބުނާގޮތަށް ވަރަށް ހުދުމުހުތާރު
7 މާރޗް 2021 | އާދީއްތަ 16:00
ގޮވައިފި
މިއޮތީ ކޮންމެވެސް ބޭފުޅެއްގެ އަތްޕުޅަށް ގޮވާފަ.