ކ. މާލެ
|
3 މާރޗް 2021 | ބުދަ 11:30
މަތިންދާބޯޓަށް ބުޅާ އެރިގޮތް އަދިވެސް ދަނީ ބަލަމުން
މަތިންދާބޯޓަށް ބުޅާ އެރިގޮތް އަދިވެސް ދަނީ ބަލަމުން
ބުޅަލެއް ޕައިލެޓަކަށް ހަމަލަދިނުން
ގޮތްނޭގޭ ބުޅަލެއް މަތިންދާބޯޓަކަށް އަރައި ޕައިލެޓަށް ހަމަލަދީފި
 
ޓާރކޯ އެއަރލައިނުގެ ބޯޓު ތެރެއިން ބުޅާ ފެނުނީ ގަތަރަށް ދަތުރުކުރަނިކޮށް
 
ފަޅުވެރިން އުޅެއުޅެވެސް ބުޅާ އަތުލައިގަނެވޭ ގޮތެއް ނުވި
 
ދަތުރު ކުރުކޮށްފައި ޕައިލެޓްވަނީ އިމަޖެންސީކޮށް ޚަރުތޫމަށް ޖައްސާފައި

ސޫދާނުގެ ވެރިރަށް ޚަރުތޫމުން ފުރައިގެން ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކުރި މަތިންދާބޯޓެއްގެ ޕައިލެޓަށް ބުޅަލެއް ހަމަލާދިނުމުގެ ސަބަބުން ބޯޓު އަނބުރައި ޚަރުތޫމަށް އިމަޖެންސީކޮށް ޖައްސައިފިއެވެ.

ޓާރކޯ އެއަރލައިނުގެ މި ބޯޓު ސަތޭކައަށްވުރެ ގިނަ ޕެސިންޖަރުންނާއެކު އަނބުރައިލީ ހަތަރު ގަޑިއިރުގެ މި ދަތުރު ފެށިތާ ބައިގަޑި ވީފަހުންނެވެ. ބޯޓަށް ބުޅާ އެރިކަމަށް ބެލެވެނީ ޚަރުތޫމު އެއަރޕޯޓުގައި ދަތުރަށް ތައްޔާރު ކުރުމުގެ ތެރޭގައެވެ. ކޮކްޕިޓް ތެރެޔަށް ބުޅާ ވަނީ ޕައިލެޓުންނަށް ރިފްރެޝްމަންޓް ހިފައިގެން ފަޅުވެރިޔަކު ކޮކްޕިޓަށް ވަންނަން ދޮރު ހުޅުވި ވަގުތުއެވެ.

މަތިންދާބޯޓު ނައްޓައިލިއިރު ބުޅާ އޮތް ކަމަށްވަނީ ނިދިފައެވެ. އެސޮރު ފެނުނީ ހޭލައިގެން ކޮޅުކޮޅަށް ދުވާން ފެށުމުންނެވެ. ހުރިހާ ފަޅުވެރިން މަސައްކަތް ކޮށްގެންވެސް ބުޅާ އަތުލެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން ޕައިލެޓުގެ ގަޔަށް ފުންމައިގެން އަރައި ވަކިވެސް އެޅީއެވެ. ބުޅަލުގެ ކަންތައް ހުރިގޮތުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެތީ ޕައިލެޓް ނިންމީ އަނބުރައި ޚަރުތޫމަށް ޖެއްސުމަށެވެ.

މަތިންދާބޯޓަށް ބުޅާ އެރުމަކީ މީގެ ކުރިންވެސް ހިނގާފައިވާ ކަމެކެވެ. ބެލްޖިއަމްގެ އެއަރލައިނެއް ކަމަށްވާ ބްރަޒެލްސް އެއަރގެ މަތިންދާބޯޓެއް 2004 ވަނަ އަހަރު ބްރަޒެލްސްއިން ފުރައިގެން އޮސްޓްރިޔާގެ ވިއެނާއަށް ދަތުރުކުރަނިކޮށް ހަމަ މިގޮތަށް ބުޅަލެއް ކޮކްޕިޓްގެ ތެރެއަށް ވަދެ ޕައިލެޓަށް ހަމަލާދީފައިވެއެވެ. އެފަހަރު މަތިންދާބޯޓަށް ބުޅާ އެރީ ކޮންޓޭނަރެއްގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
44%
7%
4%
11%
30%
4%
ކޮމެންޓް