އަންގާރަ 29 ސެޕްޓެންބަރ 2020
09 އަތަ
1442 ސަފަރު 11
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:01
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
މީޑިއާނެޓު

އެނުއަލް ގްރެމީ އެވޯޑުސް މީޑިއާނެޓުން ވަގުތުން ދައްކާނެ

  • ވަގުތުން ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު

ކ. މާލެ | 24 ޖެނުއަރީ 2020 | ހުކުރު 17:16 | 5,290

މީޑިއާނެޓުގެ އޮފީސް - ރާއްޖެއެމްވީ

62 ވަނަ އެނުއަލް ގްރެމީ އެވޯޑުސް މީޑިއާނެޓުން ވަގުތުން ދައްކާނެކަމަށް މީޑިއާނެޓުގެ މަރކެޓިންގ ޑިޕާޓްމެންޓުން ބުނެފިއެވެ.

މީޑިއާނެޓުގެ ޕީއާރު އެންޑް މަރކެޓިންގ އެގްޒެކެޓިވް ޝުވޭކާ ޝަރީފް ވިދާޅުވީ މި އެވޯޑު ހަފުލާ ވަގުތުން ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ފަތިހު 06:00 ޖަހާއިރު ކަމަށެވެ. އަދި މި އެވޯޑު ހަފުލާގެ ރިޕީޓް، ހަމަ އެ ދުވަހުގެ ހަވީރު 17:00 ޖަހާއިރު ދައްކާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި އެވޯޑު ހަފުލާ ފެނިގެންދާނީ ޗެނަލް ނަންބަރު 810 އިންނެވެ. އެއީ ފޮކްސް ލައިފް އެޗްޑީ ޗެނަލެވެ.

މި އެވޯޑު ހަފުލާ ހުށަހަޅާނީ 15 ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އެލީޝާ ކީސްއެވެ.

ގްރެމީ އެވޯޑަކީ މިއުޒިކް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑަށްވާއިރު، މި އަހަރުގެ ހަފްލާގައި 84 ކެޓަގަރީއަކަށް އިނާމް ދެވޭނެއެވެ.

ޝުވޭކާ ވިދާޅުވީ މީޑިއާނެޓްގެ ފެމެލީ ޕްލަސް ޕެކޭޖުގެ ދަށުން މި އެވޯޑު ހަފްލާ އެޗްޑީ ކޮލެޓީގައި ބެލޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.