އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
މާފުށީ ޖަލު

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު ވައްދަން އުޅުނު ދެމީހުން ހައްޔަރުކޮށްފި

  • އްޔަރު ކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް
  • 62 ޗާރޖަރާއި، 39 ޔޫއެސްބީ ޑްރއިވާއި، 30 ނޮކިއާ ފޯން ހިމެނޭ
  • މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން

ކ. މާލެ | 22 ސެޕްޓެންބަރ 2019 | އާދީއްތަ 13:44 | 8,317

މާފުށީ ޖަލަށް ވައްދަން އުޅުނު ބައެއް ސާމާނު - ޕޮލިސް

ކ މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނުތަކެއް ވައްދަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ކ މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނުތަކެއް ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ހޮނިހިރު ދުވަހުގެރޭ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ހިންގި އޮޕަރޭޝަނެއްގެ ދަށުން ދެ މީހަކު އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި ދެ މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހިމެނޭއިރު، އޭގެ ތެރޭގައި 62 ޗާރޖަރާއި، 39 ޔޫއެސްބީ ޑްރއިވާއި، 30 ނޮކިއާ ފޯނާއި، 41 ސްމާރޓް ފޯނާއި، 22 ހެޑްސެޓާއި 5 އެޑެޕްޓަރުގެ އިތުރުން 7 ދިރާގު ސިމްކާޑު ހިމެނެއެވެ.

އޭގެ އިތުރުންވެސް ގިނަ ސާމާނުތަކެއް ހިމެނޭއިރު، 5 ކަތުރާއި، 3 ވަޅިއާއި، 2 ކަޓަރު ތިލަ ފޮށި ފަދަ އިތުރު ސާމާނުތަކެއްވެސް ހިނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ވަނީ 10 ދުވަސް ޖަހާފައެވެ. އަދި 26 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.