ކ. މާލެ
|
12 ފެބްރުއަރީ 2024 | ހޯމަ 10:45
މެޗުގައި ލަނޑު ޖެހުމަށްފަހު ތިއޯ ހެނާންޑޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ތިއޯ ހެނާންޑޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އޭސީ މިލާނުން ނަޕޯލީ ބަލިކޮށްފި
 
މޮޅާއެކު މިލާން ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 24 މެޗުން 52 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން މޮޅުވެއްޖެ އެވެ.

ލީގުގައި މިލާންގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މި ސީޒަންގައި ނަޕޯލީގެ ނަތީޖާތައް ދަށްވެފައިވާއިރު، މިއީ އެ ޓީމުގެ އަށް ވަނަ ބައްޔެވެ. އަނެއްކޮޅުން މިލާނުން އަންނަނީ ނަތީޖާ ރަނގަޅުކޮށް، ލީގު ތާވަލްގައި މަގާމު ހިފަހައްޓަމުންނެވެ.

މެޗުން މިލާން މޮޅުވީ ފުރަތަމަ ހާފުގައި ޖެހި ލަނޑުންނެވެ، ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ފްރާންސްގެ ތިއޯ ހެނާންޑޭޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރަފައެލް ލިއާއޯ އެވެ. އޭގެ ފަހުން ވެސް މިލާނަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިފަ އެވެ.

މޮޅާއެކު މިލާން ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 24 މެޗުން 52 ޕޮއިންޓު ހޯދައިގެންނެވެ. މިލާނާއި، ދެ ވަނައިގައި އޮތް ޔުވެންޓަސްއާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ. ނަމަވެސް، ޔުވެންޓަސް ވަނީ މިލާނަށް ވުރެ އެއް މެޗު މަދުން ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް