ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 10:38
މެޗުގައި ލަނޑު ޖެހުމަށްފަހު ބޮލޮގްނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބޮލޮގްނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ފަހު ވަގުތު ބޮލޮގްނާ އިން މިލާން ހިފަހައްޓައިފި
 
ނަތީޖާ އާއެކު މިލާން އޮތީ ތިން ވަނައިގައި

އިޓާލިއަން ލީގުގައި ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އޭސީ މިލާން އެއްވަރުވެއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ، މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ބޮލޮގްނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ރިކާޑޯ ކެލަފިއޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޔޫޝުއާ ޒިރްކްޒީ އެވެ. އޭގެ ފަހުން މެޗުގެ 42 ވަނަ މިނެޓުގައި މިލާނަށް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ލިބިފަ އެވެ. މިލާނަށް ލިބުނު ޕެނަލްޓީ، އޮލީވިއޭ ޖިރޫޑް ފޮނުވާލި ބޯޅަ ކާމިޔާބެއް ނުކުރެވުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރުބެން ލޮފްޓުސް ޗީކް އެވެ.

ދެ ވަނަ ހާފުގައި މިލާނަށް ދެ ވަނަ ޕެނަލްޓީ އެއް ވެސް ލިބުނެވެ. 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ތިއޯ ހެނާންޑޭޒް އަށް ވެސް ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ފަހުން 83 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަަގައިދިނީ ލޮފްޓުސް ޗީކް އެވެ. މެޗުން މިލާން މޮޅުވާން ދަނިކޮށް، ބޮލޮގްނާ އިން ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ. ބޮލޮގްނާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ރިކާޑޯ އޯސޮލިނޯ އެވެ.

ނަތީޖާ އާއެކު މިލާން އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 22 މެޗުން 46 ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް