ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 12:24
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ
މާލޭގައި ވެހިކަލް ދުއްވޭނެ އަދަދުތަކެއް ކުރިއަށް އޮތް 6 މަސް ދުވަސްތެރޭގައި ކަނޑައަޅާނަން: އާޒިމް
 
މިކަމާ ގުޅިގެން ގުޅުންހުރި އިދާރާތަކާއެކު މިހާރުވެސް މަޝްވަރާތައް ކުރަމުންދޭ
 
މާލެއަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު

މާލޭގައި ވެހިކަލް ދުއްވޭނެ އަދަދުތަކެއް ކުރިއަށް އޮތް 6 މަސް ދުވަސް ތެރޭގައި ކަނޑައަޅުއްވާނެކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގައި ވެހިކަލް ދުއްވޭނެ އަދަދުތަކެއް ކުރިއަށް އޮތް 6 މަސް ދުވަސް ތެރޭގައި ކަނޑައަޅުއްވާނެ ކަމަށާއި، މި ކަމާއި ގުޅިގެން ގުޅުންހުރި އިދާރާތަކާއިއެކު މިހާރުވެސް މަޝްވަރާތައް ކުރަމުންދާކަމަށެވެ.

އާޒިމް ވިދާޅުވީ، މާލޭގެ މަގުތައް ހެދުމާއި، މާލެއަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

އެކަމަށްޓަކައި ގުޅުންހުރި އިދާރާތަކާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރައްވާނެކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް