ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 12:19
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް، ޖަލްސާގައި ވާހަކަ ދައްކަވަނީ
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް، ޖަލްސާގައި ވާހަކަ ދައްކަވަނީ
އެމްޑީޕީ
މާލެ ސިޓީ ކައުންސިލް
ކަމެއް ނުނިމިގެން އާންމުން ސިޓީ ކައުންސިލުގެ ދޮރުގައި ޓަކިޖަހާކަށް ނުޖެހޭނެ: އާޒިމް
 
އާންމުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ކައުންސިލުން އަބަދުވެސް އިސްކަންދޭނެ
 
އެއްވެސް މީހަކާމެދު ސިޓީ ކައުންސިލުން ފަރުވާކުޑައެއް ނުކުރާނެ

ކަމެއް ނުނިމިގެން އާންމުން ސިޓީ ކައުންސިލުގެ ދޮރުގައި ޓަކިޖަހާކަށް ނުޖެހޭނެކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ، އެއްވެސް މީހަކާމެދު ސިޓީ ކައުންސިލުން ފަރުވާކުޑައެއް ނުކުރާނެ ކަމަށާއި އާންމުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ކައުންސިލުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

ކަމެއް ނުނިމިގެން އާންމުން ސިޓީ ކައުންސިލުގެ ދޮރުގައި ޓަކިޖަހާކަށް ނުޖެހޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

ދެނެއް މީހުން ސިޓީތަކަށް ޖަވާބު ނުލިބިގެން، ކަމެއް ނުނިމިގެން ސިޓީ ކައުންސިލު ދޮރުގައި ޓަކި ޖަހާކަށް ނުޖެހޭނެ
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް އާޒިމް ސަރުކާރަށް ގޮވާލައްވާފައިވެއެވެ.

ބަދަލު ކުރަން ނިންމި މަޝްރޫޢުތަކުގެ ތެރޭގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަަޝްރޫއު ހިމެނެއެވެ.

ރައީސް އޮފީހުގެ ބައެއް ބޭފުޅުން ސިޓީ ކައުންސިލަށް ވަންނަވާ އެތަނުގެ ލިއެކިއުންތައް ނެގުމާއި، ބެލުން ފަދަ ކަންކަން ކުރަމުން ދާތީ ބައެއް ކައުންސިލަރުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ރައީސްކަމަށް ހަވާލުވެވަޑައިގަތުމާއި ގުޅިގެން ކުރިން ސިޓީ ކައުންސިލުގައި ވަޒީފާ އަދާކުރަމުންދިޔަ ގިނަ ބަޔަކަށް ރައީސް އޮފީހާއި އެހެން މުއައްސަސާތަކުން ވަނީ ވަޒީފާތައް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް