ކ. މާލެ
|
21 ޖެނުއަރީ 2024 | އާދީއްތަ 12:08
މެޗުން މޮޅުވުމުން މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުން މޮޅުވުމުން މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އުދިނޭޒީ އަތުން މިލާނަށް އުނދަގޫ މޮޅެއް
 
މެޗުން ލިބުނު ތިން ޕޮއިންޓާއެކު މިލާން އޮތީ ތިން ވަނައިގައި

އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާނަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އުދިނޭޒީގެ ދަނޑުގައި ކުޅުނު މެޗު މިލާނުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗު އެއްވަރުވާން ދަނިކޮށް، މިލާން މޮޅުވީ އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މިލާނުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ރުބެން ލޮފްޓަސް ޗީކް އެވެ. އޭނާ އެ ލަނޑު ޖެހީ ތިއޯ ހެނާންޑޭޒް ތަނަވަސްކޮށްދިންް ފުރުސަތެއްގަ އެވެ. ނަމަވެސް މެޗުގެ 42 ވަނަ މިނެޓުގައި އުދިނޭޒީ އިން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ލޮރެންޒޯ ލުކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލަޒާ ސަމަރްދްޒިޗް އެވެ.

ދެ ވަނަ ހާފުގައި ލީޑު ނެގީ ވެސް އުދިނޭޒީ އިންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފްލޯރިއަން ތޯވިން އެވެ. މިލާނުން ނަތީޖާ ހަމަހަމަ ކުރީ 82 ވަނަ މިނެޓުގައި ލޫކަ ޔޯވިޗް ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި މިލާން މޮޅުކޮށްދިން ލަނޑު ޖެހީ ނޯއާ އޮކަފޯ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮލީވިއޭ ޖިރޫޑް އެވެ.

މި މެޗުގައި މިލާންގެ ގޯލު ކީޕަރު މައިކް މައިގްނޯންއާ ވަނީ ނަސްލީ ގޮތުން ދިމާ ކޮށްލައިފަ އެވެ. މެޗުގެ ތެރެއިން އެތައް ފަހަރަކު އެކަން ހިނގައި ދިޔުމުން، މައިގްނޯން ވަނީ ޓީމުގެ ކުޅުންތެރިންނާއެކު ދަނޑު ވެސް ފައިބައިފަ އެވެ. ދަނޑުން ފޭބުމުގެ ކުރިން މެޗުގެ ރެފްރީގެ ސަމާލުކަމަށް ވެސް އެކަން ގެނަ އެވެ. މައިގްނޯން އަދި މިލާންގެ ކުޅުންތެރިން ދަނޑުން ފޭބުމުން، އިރުކޮޅަކަށް މެޗު މެދު ކަނޑާލުމަށްފަހު، އަލުން ފެށި އެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު މިލާން އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާާތަނަަށް ކުޅުނު 21 މެޗުން 45 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ މިލާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ޔުވެންޓަސް އެވެ. އެ ޓީމަށް ލިބެނީ 49 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް