ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 19:13
އިންޓަރ މިލާން މޮޅުވި ލަނޑު ޖެހުމަށްފަހު ފްރަޓޭސީ
އިންޓަރ މިލާން މޮޅުވި ލަނޑު ޖެހުމަށްފަހު ފްރަޓޭސީ
ރޮއިޓާސް
އިޓާލިއަން ސެރީ އޭ
އިތުރު ވަގުތުގެ ލަނޑުން މޮޅުވެ، އެއްވަނައިގައި އިންޓަރ މިލާނުން ލީޑް ފުޅާކޮށްފި
 
މެޗު އިންޓަރ މިލާން ކާމިޔާބުކުރީ 2-1 ން

މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުން މޮޅުވެ, އިޓާލިއަން ސެރީ އޭ ތާވަލްގެ އެއްވަނައިގައި އިންޓަރ މިލާނުން ލީޑް ފުޅާކޮށްފިއެވެ.

އިންޓަރ މިލާނުން ލީޑް ފުޅާކުރީ 2-1 ން ވެރޯނާ ބަލިކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-1 ން އެއްވަރުވާން ދަނިކޮށް, އިންޓަރ މިލާން މޮޅުކޮށްދިނީ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ފްރަޓޭސީ އެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ އިންޓަރ މިލާނަށް ލީޑް ހޯދައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. އެކަމަކު 74 ވަނަ މިނިޓްގައި ތޯމަސް ހެންރީ ލަނޑު ޖަހާ ވެރޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އިތުރު ވަގުތުގެ 11 ވަނަ މިނިޓްގައި ތޯމަސް ހެންރީ އަށް ލިބުނު ރަނުގެ ފުރުޞަތު ބޭނުމެއް ނުކުރެވުނެވެ. ލިބުނު ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. އެއީ މަޓެއޯ ޑާމިއަން ކުރި ފައުލަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީގެ ކުރިން ވެރޯނާގެ ޑާކޯ ލަޒޮވިޗް އަށް ރަތްކާޑް ދެއްކިއެވެ.

މިމޮޅާއެކު އިންޓަރ މިލާން އެއްވަނައިގައި އޮތީ 19 މެޗުން 48 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޔުވެންޓަސް އޮތީ 18 މެޗުން 43 ޕޮއިންޓާ އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް