ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 05:41
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
އޭސީ މިލާން ސަލާމަތްކޮށްދިނީ ޖޮވިޗް
 
މިނަތީޖާ އާއެކު އޭސީ މިލާން އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި

އިޓާލިއަން ލީގުގައި ސެލަނިޓާނާއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން އެއްވަރުވެއްޖެ އެވެ.

ލީގުގައި ސެލަނިޓާނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުން މޮޅުވެ، ދެ ވަނައިގައި އޮތް ޔުވެންޓަސްއާ ދެމެދު ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ވެސް އޭސީ މިލާނަށް އޮތެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އޭސީ މިލާނުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފިކާޔޯ ޓޮމޯރީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެލަނިޓާނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެޑެރިކޯ ފަޒިއޯ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެންޓޯނިއޯ ކަންޑްރެވާ އެވެ.

ދެ ވަނަ ހާފަށް ނިކުމެ ސެލަނިޓާނާ އިން ވަނީ މެޗުގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ވެސް ނަގައިފަ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކަންޑްރެވާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަަނަވަސްކޮށްދިނީ ގްރިގޯރިސް ކަސްޓާނޮސް އެވެ. މެޗުން އޭސީ މިލާން ބަލިވާން ދަނިކޮށް، މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމު ސަލާމަތްކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކާ ޖޮވިޗް އެވެ. އޭނާ އެ ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މިނަތީޖާ އާއެކު އޭސީ މިލާން އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު 17 މެޗުން 33 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ލީގުގައި އެ ޓީމު ވަނީ 10 މެޗުން މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ހަތަރު މެޗަކުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް