ކ. މާލެ
|
14 ޑިސެންބަރ 2023 | ބުރާސްފަތި 07:03
މެޗުން ބަލިވެ ފުރުޞަތު ގެއްލުމުން ނިއުކާސަލް ކުޅުންތެރިން ކަރުއެލިފަ
މެޗުން ބަލިވެ ފުރުޞަތު ގެއްލުމުން ނިއުކާސަލް ކުޅުންތެރިން ކަރުއެލިފަ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އޭސީ މިލާން އަތުން ބަލިވެ، ނިއުކާސަލް ޔުނައިޓެޑް ކަޓައިފި! ޔޫރޮޕާ ލީގުންވެސް ފުރުޞަތެއް ނެތް!
 
ގްރޫޕްގެ ތިންވަނަ ހޯދީ މިލާން

ގްރޫޕް ސްޓޭޖް ފަހު މެޗުގައި އޭސީ މިލާން އަތުން ބަލިވެ, ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން ނިއުކާސަލް ޔުނައިޓެޑް ކަޓައިފިއެވެ.

މެޗުން މޮޅުވެގެން ދެވަނަ ދިއުމުގެ ފުރުޞަތު އޮތަސް, ބަލިވުމުން ތިންވަނަ ވެސް ނުލިބި ދިޔައީ ގްރޫޕްގެ ފުލަށެވެ. އެހެންކަމުން ޔޫރޮޕާ ލީގުގައި ވާދަކުރަންވެސް ފުރުޞަތެއް ނުލިބުނެވެ. އަމިއްލަ ދަނޑުގައ އޭސީ މިލާން އަތުން ނިއުކާސަލް ބަލިވީ 2-1 ނެވެ. ޖޮއެލިންޓަންގެ ލަނޑުން ފުރަތަމަ ލީޑް ނެގީވެސް ނިއުކާސަލް ޔުނައިޓެޑެވެ. އެކަމަކު ފުރަތަމަ ހާފްގައި ނެގި ލީޑް ދެވަނަ ހާފްގެ ކުރީކޮޅު ގެއްލި, މެޗު އަތުން ދޫވިއެވެ. މިލާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕުލިސިޗް އެވެ. މެޗުން މިލާން މޮޅުކޮށްދިނީ ސަމުއަލް ޗުކުވެޒޭ އެވެ.

މިނަތީޖާއާއެކު މިލާނަށް ތިންވަނަ ލިބުނީ ދެވަނަ ހޯދި ޕީއެސްޖީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ހެޑް ޓު ހެޑަށް ބަލައިގެންނެވެ. ޕީއެސްޖީއާއި މިލާނަށްވެސް ހަ މެޗުން ހޯދުނީ 8 ޕޮއިންޓެވެ. ޕީއެސްޖީ ފަހު މެޗުގައި ޑޯޓްމަންޑާ ވާދަކޮށް ވީއެއްވަރެވެ. 11 ޕޮއިންޓާއެކު އެއްވަނަ ޓީމްގެ ގޮތުގައި މިގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑެވެ. ދެވަނަ ޕީއެސްޖީ އަށެވެ. އޭސީ މިލާނަށް ފުރުޞަތު ލިބޭނޫ ޔޫރޮޕާ ލީގުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް