ކ. މާލެ
|
4 ޑިސެންބަރ 2023 | ހޯމަ 05:46
މެޗުގައި ލަނޑު ޖެހުމަށްފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
އިޓާލިއަން ލީގު
މޮޅާއެކު އޭސީ މިލާން ތިން ވަނައިގައި
 
މޮޅާއެކު މިލާން ތިން ވަަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި ފްރޮސިނޯންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާން ތިން ވަަނައިގައި ދެމި އޮވެއްޖެ އެވެ.

ލީގުގައި އޭސީ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އޭސީ މިލާނަށް ލީޑު ނަގައިދިނީ ލޫކާ ޖޮވިޗް އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. އޭސީ މިލާންގެ ތިން ވަނަ ލަނޑު 74 ވަނަ މިނެޓުގައި ޖެހީ ފިކާޔޯ ޓޮމޯރީ އެވެ. އޭނާ އެ ލަނޑު ޖެހީ ޖޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ފްރޮސިނޯންގެ ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި މާކޯ ބްރެސިއާނިނީ އެވެ.

މޮޅާއެކު މިލާން ތިން ވަަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓު ހޯދައިގެންނެވެ. އޭސީ މިލާނަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އިންޓަ މިލާނަށް ލިބެނީ 32 ޕޮއިންޓެވެ. އެއް ވަނައިގައި 33 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ވެސް 14 މެޗު ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް