ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 18:21
 ތުވާލޫ އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރުން
ތުވާލޫ އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރުން
ތުވާލޫ މީހުނަށް އޮސްޓްރޭލިޔާއިން ޙިމާޔަތް ދެނީ
މޫސުމީ ކާރިސާ ތަކުގެ ސަބަބުން ހިޖްރަ ކުރަންޖެހޭ ތުވާލޫގެ ރައްޔިތުންނަށް އޮސްޓްރޭލިޔާއިން ހިމާޔަތް ދޭނެކަމަށް ބުނެފި
 
މޫސުމީ ކާރިސާތަކުން ސަލާމަތްވުމަށާ ރައްކާތެރިކަން ހޯދުމަށްވެސް އޮސްޓްރޭލިޔާއިން ތުވާލޫ އަށް އެހީ ވުމަށް ހަމަޖެހިފައި ވެއެވެ

ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލު ތަކުގެ ސަބަބުން ވަރަށް ބޮޑަށް މޫސުމީ ކާރިސާތައް ކުރިމަތިވާ ބިންތިރި ޖަޒީރާ ރަށް ތަކެއްކަމަށްވާ ތުވާލޫގެ ރައްޔިތުންނަށް އޮސްޓްރޭލިޔާއިން މޫސުމީ ހިމާޔަށް ދިނުމަށް އެގައުމުން އެއްބަސްވެއްޖެއެވެ. މިއީ ވަރަށް ވެސް ތާރީޚީ މުހިންމު އެއްބަސް ވުމެއްކަމަށް ބެލެވެއެވެ.

ތުވާލޫ އަކީ ޕެސިފިކް ސަރަހައްދުގައި އޮންނަ ވަރަށް ވެސް ބިންތިރި ޖަޒީރާ ތަކަކަށް ވާއިރު އެގައުމުގެ އާބާދީ އަކީ 11،200 އެވެ.

ހުކުރު ދުވަހު ވެވުނު އެއްބަސްވުމާއި ގުޅިގެން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސީ ވެސް ވަނީ ކަމުގެ މުހިންމުކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ތުވާލޫގެ ބޮޑުވަޒީރު ކައުސިއާ ނާތަނޫ ވަނީ މިއެއްބަސްވުމަކީ އުންމީދުގެ ދަންމަރެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމާއި ތަރައްގީ އަދި ތަނަވަސްކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު ފިޔަވަޅެއް އެކަނި ނޫންކަމަށާ "ފުންމާލުމެއް" ކަމަށް ވިދާޅުވެފައެވެ.

އަލަށް ވެވުނު އެއްބަސް ވުމުގެ ދަށުން އަހަރަކު ތުވާލޫގެ 280 މީހުންނަށް އޮސްޓްރޭލިޔާގަ ދިރިއުޅެ ވަޒީފާއަދާކޮށް އަދި ތައުލީމު ހާސިލް ކުރުމަށް ވިސާދެވޭނެއެވެ.

މިއީ މޫސުމީ ސަބަބު ތަކަށް ޓަކައި އޮސްޓްރޭލިޔާއަށް ހިޖްރަ ކުރުމަށް ހުއްދަދެވޭ ފުރަތަމަ ފަހަރުކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މިއަދަކީ އޮސްޓްރޭލިޔާއަކީ ޕެސިފިކް "އާއިލާގައި" ހިމެނޭ ގައުމެއްކަމަށް އޮސްޓްރޭލިޔާއިން ގަބޫލުކޮށް އެއާއެކުއެކީ އަންނަ ޒިންމާ ނެގުމުގެ ބަޔާވެސް ހަވާލުވި ދުވަސް ކަމަށް އަލްބަނީސީ ހުކުރު ދުވަހު ނޫސް ވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެއެވެ.

އޮސްޓްރޭލިޔާއާއި ތުވާލޫ އާއި ދެމެދު މިހާތަނަށް ވެވުނު މިފަދަ އެންމެ މުހިންމު އެއްބަސްވުމުގެ ދަށުން މޫސުމީ ކާރިސާތަކުން ސަލާމަތްވުމަށާ ރައްކާތެރިކަން ހޯދުމަށްވެސް އޮސްޓްރޭލިޔާއިން ތުވާލޫ އަށް އެހީ ވުމަށް ހަމަޖެހިފައި ވެއެވެ. މިގޮތުން ތުވާލޫގެ މައި ޖަޒީރާގެ ބިންހިއްކާ ހިމާޔަތްތެރިކަން އިތުރު ކުރުމަށް އޮސްޓްރޭލިޔާއިން10.7 މިލިއަން ޑޮލަރު ދިނުމަށް އެއްބަސް ވެފައި ވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް