ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 08:31
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާގެ
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާގެ
މުހައްމަދު ޝަރުހާން
އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެހީވުން
ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ 700ށްވުރެ ގިނަ ފާރާތްތަކަށް ފައިސާ ދޫކޮށްފި
 
މައުލޫމާތާއި ލިޔެކިޔުންތައް 26 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުށަހަޅަންޖެހޭ
 
މައުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ހުށަހެޅުމަށް ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ވަނީ އެދިފައި
 
ބައެއް ފޯމްތައް ވަނީ ޕްރޮސެސް ކުރެވެމުން

ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން، އަމިއްލަ މަސައްކަތް ކުރާ 700 އަށްވުރެ ގިނަ ފާރާތްތަކަށް ފައިސާ ދޫކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން 700 އަށްވުރެ ގިނަ ފާރާތްތަކަށް މިހާރު ފައިސާ ދޫކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި އެޕްލިކޭޝަންތައް ދަނީ ޕްރޮސެސް ކުރެވެމުން ކަމަށާއިި، މީގެ ތެރެއިން އިތުރަށް މައުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ހުށަހެޅުމަށް ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އެދިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެދިފައިވާ މައުލޫމާތާއި ލިޔެކިޔުންތައް 26 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި މައުލޫމާތު ހުށަހަޅާނީ ޖޮބް ސެންޓަރ ޕޯޓަލް (https://jobcenter.mv/en/jobseeker/program-applications)މެދުވެރިކޮށް އޮންލައިން ކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ 1500 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެވުމަށް އެދޭ ކަމަށެވެ. ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ހޯއްދުމަށް މިނިސްޓްރީގެ ޖޮބް ސެންޓަރ (https://jobcenter.mv/) އަށް ޒިޔާރަތް ކުރުމަށް އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި