ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 18:07
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން
ބޯހިޔާވަހިކަން
ކުރީ ސަރުކާރުން ގޯތި ލިބޭނެ ކަމަށް ބުނެ ދިން ލިޔުން މިނިސްޓްރީއަށް ހުށަހަޅާ! މިސަރުކާރުން ގޮތެއް ހޯދައިދޭނަން: އަކްރަމް
 
ވިނަރެސްއިން ދޫކުރި އެޕާޓްމަންޓްތައް ލިބޭ މީހުންގެ ތެރޭގައި ކުރީގެ ސަރުކާރުން ކަންކޮށްފައިވާ ގޮތުން މަގުމަތިވެފައިވާ މީހުން ހިމެނޭ
 
ކުރިއަށް އޮތް ހަފުތާ ތެރޭގައި ލިޔުން ހުށަހަޅަންޖެހޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެފަހު ވަގުތު ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ބުނެ ލިޔުން ހަވާލުކުރި ފަރާތްތަކަށް ގޮތްތަކެއް ހޯދައިނުމަށް މަސައްކަތްކުރައްވާ ކަމަށާއި، ހަވާލުކޮށްފައިވާ ލިޔުން މިނިސްޓްރީއަށް ކުރިއަށް އޮތް ހަފުތާ ތެރޭގައި ހުށަހެޅުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ވިނަރެސް އެޕާޓުމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވީ، ކުރީގެ ސަރުކާރުން އެންމެ ފަހުން ދޫކުރި ލިޔުން ލިބުނު ފަރާތްތަކަށް ގޮތެއް ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިސަރުކާރުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމާއެކު ވަރަށް ގިނަ މީހުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ލިޔުންތައް ހިފައިގެން މިނިސްޓްރީއަށް އަންނަމުން ދާކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަ ހައްލުކޮށްދިނުމަށް މިސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ލިޔުން ލިބުނު މީހުން ކުރިއަށް އޮތް ހަފުތާ ތެރޭގައި އެލިޔުން މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭކަމަށެވެ.

ކުރީގެ ސަރުކާރުން އެންމެ ފަހުން ދޫކުރި ލިޔުން ލިބުނު ފަރާތްތަކަށް ގޮތެއް ހޯދައިދިނުމަށް މިސަރުކާރުން މިހާރުވެސް މިދަނީ ވިސްނަމުން. އެގޮތުން އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާން ކުރާނަން. މިހާރު އަޅުގަނޑުމެންގެ ފްލެޓްތަކާ މި ގޯތި ދޫކުރަން ފެށުމުން ވަރަށް ގިނަ ފަރާތްތަކުން އެބަ އާދޭ އެކިއެކި ލިޔުން ހިފައިގެން. އެކަމަކު އޭގެ އެއްވެސް ރިކޯޑެއް ނެތް މިނިސްޓްރީގައެއް. ގޯތި ދޭނެކަމަށް ވައުދުވެ ދީފައިވާ ލިޔުން. ސެޓްފިކެޓް ގޮތަށް އެބަހުރި ގޯތި ލިބޭނޭ. ފުށިދިއްގަރު ފަޅުންވެސް ގޯތި ދޭ ވާހަކަ އެބައޮތް ލިޔެފަ. އެހެންވީމަ އަޅުގަނޑުމެން މި އިއުލާންކުރަނީ، އެފަދަ ފަރާތްތަކުން ހުރި ލިޔުންތައް މިނިސްޓްރީއަށް އެއް ހަފުތާ ތެރޭގައި ހުށަހަޅުއްވާ! ދެން އޭގެ ސައްހަކަމަށް ބަލާ އެބޭފުޅުންނަށް ގޮތެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން

ވިނަރެސް ފްލެޓްތަކަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ، ހަވާލުކުރެވޭ އެޕާޓްމަންޓްތަކުގައި ކުރީގެ ސަރުކާރުން ކަންކޮށްފައިވާ ގޮތުން މަގުމަތިވެފައިވާ މީހުން ހިމެނޭ ކަމަށެވެ. އެއީ ގުޅީފަޅުގެ އަދި ސީލައިފް ފްލެޓް ގަނެފައިވާ މީހުންކަން އަކްރަމް ފާހަގަކުރެއްވިއެވެ.

ގުޅީފަޅުން ފްލެޓް ވިއްކުމަށް ހުޅުވާލުމާ ގުޅިގެން 158 ފަރާތުން 184 ފްލެޓް ގަތުމަށް ފައިސާ ދައްކަން އޭރު ފަށާފަވޭ. 2017ގަ ހުޅުމާލޭގަ އޭރު އިމާރާތްކޮށްފަވާ 604 ފްލެޓުގެ ތެރެއިން އޭރު ގުޅީފަޅުން ބޭރުކުރި މީހުންގެ ތެރޭން 18 ފްލެޓެއް ހަވާލުކުރި. އެކަމަކު އެ ހަވާލުކުރީ ކޮން އުސޫލަކުން ކޮން ގޮތަކަށް ކަމެއް ނޭނގެ. ދެން މި ދެންނެވިހެން ބާކީވި ބޭފުޅުންނަށް މިސަރުކާރުން ގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން މިދަނީ. އެގޮތުން 148 ފަރާތަކަށް ވަނީ ހިޔާ މަޝްރޫއު އަދި މިއަދު ހަވާލުކުރެވޭ ވިނަރެސް ފްލެޓް ގަތުމުގެ ފުރުސަތު ދީފަ. 148 ފަރާތަކަށް ތަޅުގަނޑި ހަވާލުނުކުރެވި ދިޔަ މުއްދަތުގަ ކޮންމެ މަހަކު 12،000 ރުފިޔާގެ ރޭޓުން ވަނީ ސަރުކާރުން ބަދަލު ހަމަޖައްސައިދީފަ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން

ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ. ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާހާނަ އަދި ބެލްކަނި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
67%
0%
33%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާތީ އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ބާތިލު
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގިރާވަރު ފަޅުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ ވާހަކަ ރައީސް ދެއްކެވި އިރު އެކަން އޮތީ ޕްލޭން ކޮށްފައި - އަކްރަމް
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
މި ސަރުކާރުން މަސައްކަތްކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް ގޯތިތައް ދިނުމަށް: އަކްރަމް