ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 12:22
އުދައަރައި ބްރިޖު މައްޗަށް ގަލާއި ވެލި ދަނީ އަރަމުން
އުދައަރައި ބްރިޖު މައްޗަށް ގަލާއި ވެލި ދަނީ އަރަމުން
ޕޮލިސް
އުދައެރުން
އުދައަރައި ބްރިޖު މައްޗަށް ގަލާއި ވެލި އަރަމުންދާތީ ސަމާލުވާން އެދިއްޖެ
 
ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން، އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް ގަލާއި ވެލި ދަނީ އަރަމުން
 
އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފައި

އުދައަރައި ސިނަމާލެ ބްރިޖު މައްޗަށް ގަލާއި ވެލި އަރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާ ކަމަށެވެ.

ވުމާއެކު އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމަށްވުމާއެކު، އޮއިވަރު ބޮޑުވާ ބައެއް ގަޑިތަކުގައި ބައެއް ސަރަޙައްދުތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް