ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 12:26
ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް
ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް
ރާއްޖެއެމްވީ
ތިލަމާލެ- ބްރިޖު
ތިލަމާލެ- ބްރިޖު - "ކޮލިޓީއާ މެދު ސުވާލު އުފައްދާ ޝަކުވާއެއް ލިބިފައެއް ނުވޭ"
 
މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް
 
ތިލަމާލެ ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތް ކުރަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތްކުރި ކުންފުނިން

މާލެއާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލުމަށް ގާއިމްކުރާ ތިލަމާލެ- ބްރިޖުގެ ކޮލިޓީއާމެދު ސުވާލު އުފައްދާ އެއްވެސް ކަންބޮޑުވުމެއް ލިބިފައި ނުވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރާއްޖޭގެ އިންޖިނިއަރުންނާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން އެފްކޮންސް އާއި ހަވާލުކޮށްގެން ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބްރިޖްގެ ކޮލިޓީއާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެެވެ. އަދި އެފްކޮންސް އިން އެހެން އިންޖިނިއަރިން ކުންފުންޏަކާއި މަސައްކަތް ހަވާލުކުރުމަށް މަޝްވަރާކުރަމުންދާކަން އެނގިވަޑައިގެންފައިވޭތޯ ސައީދު ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެފްކޮންސް އިން ކުރާ މަސައްކަތާމެދު އިންޖިނިއަރުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވިދާޅުވި ވާހަކައިގެ ހެތްކެއް ނެތި އެ ވާހަކަ މަޖިލީހުގައި ދެއްކިގެންވާނެ ކަަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. މިނިސްޓަރާއި ހިސާބަށް އެއްވެސް އިންޖިނިއަރަކު އެފަދަ ކަންބޮޑުވުމެއް ގެނެސްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާާއްޖެއިން ބޭރުގެ ބަޔަކު ވެސް އެފަދަ ކަމެއް ހިއްސާކުރައްވާފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ބޮޑު ވާހަކައެއް ދައްކަންވާނީ ހެކި ހުރެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެފްކޮންނުން ކުރާ މަސައްކަތުގެ ކޮލިޓީގައި މައްސަލައެއް އުޅޭ ކަމަށް ދިވެހިރާއްޖޭގެ އިންޖިނިއަރުންތަކެއް އެބަ ބުނާ ކަމަށް ވިދާޅުވާ ވިދާޅުވުން ސަބްސްޓެންޝިއޭޓްކޮށްފަ ނޫނިއްޔާ އަޅުގަނޑު ގަބޫލެއް ނުކުރަން މިތަނުގައި އެ ވާހަކަ ދެއްކޭނެ ކަމަކަށް،
މިނިސްޓަރު އަސްލަމް

އެފްކޮންސްގެ ހިއްސާ އެހެން ކުންފުންޏަކުން ގަތުމަކީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރާނެ ކަމެއް ނޫންކަމަށް ދިވެހި ސަރުކާރުން ވެސް ވަނީ ބުނެފައެވެ. ސަރުކާރުން ބުނީ ބްރިޖުގެ މަސައްކަތް ވެސް ނުހުއްޓޭ ކަމަށާއި، އެކި ހިސާބުތަކުގައި ޖަހަންޖެހޭ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމުގައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ތެރެއިން މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުގެ މަސައްކަތް ވެސް ކުރަމުންދަނީ އެފްކޮންސްއިންނެވެ. އެފްކޮންސްގެ ހިއްސާ އެހެން ކުންފުންޏަކުން ގަންނާތީ އިދިކޮޅު ފަރާތްތަކުން ދަނީ އެ މަސައްކަތް ހުއްޓިދާނެކަމުގެ ބިރު އޮތް ކަމަށް ބުނަމުންނެވެ. ނަމަވެސް އެފްކޮންސް އިން ވަނީ އެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތަށް ނިމޭނެ ކަމަށް ބުނެފައެވެ.

ތިލަމާލެ ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތް ކުރަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތްކުރި ކުންފުނިންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް