ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 07:03
ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ދީބާޖާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ދީބާޖާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ދީބާޖާ މައްސަލަ
ދީބާޖާ އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށް ކަމަށް ނިންމައި ބަދަލުގެ މިންވަރާ މެދު އަލުން ގޮތެއް ނިންމުމަށް ހުކުމްކޮށްފި
 
ސުޕްރީމް ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރި މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމަން އަންގާފައި
 
ސަރުކާރުން ދީބާޖާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރީ 2013 ވަނަ އަހަރު

ދީބާޖާ އިންވެސްޓްމަންޓާއެކު ވެފައިވާ އެއްބަސްވުން 2013 ވަނަ އަހަރު ބާތިލު ކޮށްފައިވަނީ ގޯސްކޮށް ކަމަށް ނިންމައި އެ ކުންފުންޏަށް ބަދަލު ލިބެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ އާދީއްތަ ދުވަހުއެވެ. އެގޮތުން ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމުގައި ވަނީ، ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ނިންމަވާފައެވެ. އަދި ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކޮށްފައިވަނީ ވެސް ގޯސްކޮށް ކަމަށް ވަނީ ހުކުމުގައި ބަޔާންކުރައްވާފައެވެ.

އެ ހުކުމުގައި ވަނީ ދައުލަތުން ދީބާޖާއަށް ބަދަލުގެ ގޮތުގައި 348.9 މިލިއަން ރުފިޔާ ދޭން ގޯސްކޮށް ހުކުމް ކުރި ނަމަވެސް އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ސިވިލް ކޯޓުން ގޮތެއް ނިންމުމަށް ވަނީ އަންގާފައެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓާއި އިކޮނޮމިކް މިނިސްޓްރީއާ މެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ޚިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލުކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރުމުން، ދީބާޖާއިން ގެއްލުމުގެ ބަދަލު ހޯދުމަށް ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވަނީ، 2.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348.9 މިލިއަން ރުފިޔާ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ގާނޫނާއި، އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފު ކަމަށް ބުނެ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެއާއެކު 2015 ވަނަ އަހަރު ހައިކޯޓުން އެ ހުކުމް ބާތިލު ކުރިއެވެ. ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ، ދީބާޖާއިން ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އެއަށްފަހު ސުޕްރީމް ކޯޓުގެ އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް އަނެއްކާވެސް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ބާތިލުކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން