ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 17:35
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ރާއްޖެއެމްވީ
އައްމަޓީ މައްސަލަ
ސްޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރަން އައްމަޓީ ހުށަހަޅަނީ
 
މިނުކުތާތަކާމެދު ގޮތެއް ނިންމެވުމުގައި އަހުމަދު މޫސާ އަށް އެކަމުގެ މަންފާ ލިބެންޖެހޭ ކަމުގައި ދެކޭކަމަށް އަހުމަދު މޫސާ ބުނޭ
 
މި ދެ މާއްދާގައި ފުށުއެރުންތަކެއް ހުރިކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައި

ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ރ އާއި ފުށުއަރާ ފަދައަކުން އޮތް، ގާނޫނުގެ އިމުގެ ބޭރުން އޮތް މާއްދާއެއްކަމަށް ސްޕްރީމް ކޯޓުން ނިންމި ނިންމުމުގައި އަހުމަދު މޫސާއަށް އެކަމުގެ މަންފާ ލިބެންޖެހޭކަމުގައި ދެކޭތީ އެނުކުތާ އަހުމަދު މޫސާގެ ފަރާތުން ސްޕްރީމް ކޯޓުގައި މުރާޖާކުރުމަށް ނިންމައިފިއެވެ.

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް, ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމްކުުރުމުގެ އަޑުއެހުން ހޯމަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަޑުގެހުމުގައި މިއީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތަށް ކަނޑައަޅުއްވާފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތާއި ގުޅޭ މާއްދާ) ގެ (ހ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި، އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ބަޔާން ކުރައްވައެވެ.

ވީއިރު، މި ދެ މާއްދާގައި ފުށުއެރުންތަކެއް ހުރިކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރުކަން ބަޔާންކޮށް، ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައެވެ. ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އިސްތިއުނާފު ގަޑި ގުނާނީ ދަށު ކޯޓުގެ އަމުރު ނެރޭތާ ހުއްޓުމެއް ނެތި 48 ގަޑިއިރު ހަމަވާ ވަގުތަށެވެ.

އެ ނިންމުން އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހާ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަމަށެވެ.

ވީއިރު، މިމައްސަލައިގައި 20 މާރޗު 2022އަކީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސްކަމަށް ވުމުން، އެއީ ނުގުނާނެ ދުވަހެއްކަމަށް ދައުލަތުން ދެކެއެވެ. މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ބުނެފައިވަނީ ރަނގަޅަކަށް ނޫން ކަމަށާއި، އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބައޮތްކަމަށްވެސް ދައުލަތުން ބުނެއެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ 2022 މާރޗު 20 ވަނަ ދުވަހުގެ 16:00ގައި ކަމަށްވާއިރު، 48 ގަޑިއިރު ހަމަވާނީ މާރޗު 22 ވީ އަންގާރަ ދުވަހުގެ 15:59އާ ހަމައަށް ކަމަށް އަހުމަދު މޫސާގެ ވަކީލުން ދެކެވަޑައިގަންނަވައެވެ.

ދައުލަތުން އެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ މާރޗު 23 ވަނަ ދުވަހުގެ 12:12ގައެވެ. ދައުލަތުން ބުނާގޮތުގައި، ފުރަތަމަ މަރުހަލާއިން ކޯޓުން ނިންމާ ދުވަހާއި އިސްތިއުނާފު މުއްދަތު ހަމަވާ ދުވަސް ނުހިމަނައި މުއްދަތު ގުނާއިރު، 48 ގަޑިއިރު ހަމަވާނީ 23 މާރޗަށް ނަމަވެސް، އެއީ ގުނާނެ ދުވަހެއް ނޫނެވެ.

ސްޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން އަހުމަދު މޫސާގެ ފަރާތުން އަލުން މިމައްސަލަ ރިވިއުުރުމަށް ހުށަހަޅަމުން ބުނެފައިވަނީ އަހުމަދު މޫސާގެ ފަރާތުން ހުށަހެޅި ނުކުތާތައް އެގޮތުގައި ކާމިޔާބުކުރެވުނު ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ ގާނޫނާ ޚިލާފުކަމަށް ކަނޑައެޅިގެންދަނީ މިމައްސަލައިގެ ތެރެއިން ހޯމަ ދުވަހު ސްޕްރީމް ކޯޓުން ކަނޑައެޅި ކަނޑައެޅުމުންކަމަށްވާތީ، އެކަމުގެ މަންފާ ދައުލަތަށް ލިބިދޭގޮތަށް ސްޕްރީމް ކޯޓުން ނިންމާފައިވާކަމަށެވެ. މިއީ ޖިނާއީ މައްސަލައެއްކަމުގައި ވެފައި، ދައުލަތުން އަމަލުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅާފައިވާއިރު އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ގާނޫނާއި ޚިލާފު މާއްދާއެއްކަމަށް ފާހަގަކުރި ފަރާތަކީ އަހުމަދު މޫސާގެ ފަރާތުން ފާހަގަކުރި ނުކުތާތައް ކަމުގައިވާއިރު މިނުކުތާތަކާމެދު ގޮތެއް ނިންމެވުމުގައި އަހުމަދު މޫސާ އަށް އެކަމުގެ މަންފާ ލިބެންޖެހޭ ކަމުގައި ދެކޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން