ކ. މާލެ
|
19 ޑިސެންބަރ 2021 | އާދީއްތަ 10:58
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭގެ މަސައްކަތް
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭގެ މަސައްކަތް
ޕްލޭނިންގ މިނިސްޓްރީ
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަބްކޮންޓްރެކްޓަރ ޖެނުއަރީ މަހު އަންނާނެ
 
މިހާރު ކުރިއަށްދަނީ މާލެ އަދި ގުޅީފަޅުގެ ސައިޓް ތައްޔާރުކުރުމާއި ސާރވޭގެ މަސައްކަތްތައް
 
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ޢުމްރާނީ ތަރައްގީގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު
 
ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި

ގްރޭޓަރ މާލެ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަބްކޮންޓްރެކްޓަރ ޖެނުއަރީ މަހު އަންނާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ޖިއޯޓެކްނިކަލް ސަބްކޮންޓްރެކްޓަރގެ ޓީމް ޖެނުއަރީ މަހު ސައިޓް މޮބިލައިޒް ކުރާނެ ކަމަށެވެ. އަކްރަމް ވިދާޅުވީ، ބްރިޖް މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މާލެ އަދި ގުޅީފަޅުގެ ސައިޓް ތައްޔާރުކުރުމާއި ސާރވޭގެ މަސައްކަތްތައް ކަމަށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީން ވަނީ ބުރާސްފަތި ދުވަހު ސައިޓަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ. މި ޓީމަކީ، ޕްލޭނިންގ މިނިސްޓްރީއާއި، އިންޑިއާ ސަރުކާރު ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭގެ މަސައްކަތް ކުރިއަށްދަނީ

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ. މި ޕްރޮޖެކްޓަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވައުދެކެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ޢުމްރާނީ ތަރައްގީގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަގްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާ ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރާސްޓްރަކްޗަރާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެ ކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އެޅިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ގާއިމް ކުރެވޭ 6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫއު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫއުގެ ތެރެއިން ގާއިމުވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
40%
0%
40%
0%
0%
ކޮމެންޓް
ގުޅުންހުރި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފި
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ