ކ. މާލެ
|
2 ނޮވެންބަރ 2021 | އަންގާރަ 11:28
ސުޕްރީމް ކޯޓް- އަންގާރަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން އިސްތިއުނާފީ ނުކުތާތަަކަށް ޖަވާބު ދިނުމުގެ ބައި
ސުޕްރީމް ކޯޓް- އަންގާރަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން އިސްތިއުނާފީ ނުކުތާތަަކަށް ޖަވާބު ދިނުމުގެ ބައި
ރާއްޖެއެމްވީ
ދީބާޖާއަށް ބަދަލު ދިނުން
ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްދިނުމަށް ދައުލަތުން އެދިއްޖެ
 
ދައުލަތުން އިސްތިއުނާފީ ނުކުތާތަަކަށް ވަނީ ޖަވާބު ދީފައި
 
ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެދިފައިވޭ
 
ދެން މި މައްސަލައިގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުން

ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ އެ ކޯޓުން ބޭރުކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަކީ ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ޙުކުމް އެ ކޯޓުން 7 އޭޕްރީލްގައި ބާޠިލުކުރުމުން، ދީބާޖާއިން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފު ކުރުމުން، އެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދީބާޖާގެ ވަކީލް މުޙައްމަދު ޙަލީމް ވަނީ އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި މީގެ ކުރިން ފާހަގަ ކޮށްފައިނުވާ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.

އިސްތިއުނާފީ ގިނަ ނުކުތާތައް ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓަށް ދައުލަތުން ހުށަހެޅީ ގާނޫނުގައި އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވާތީ, އެކަމާ ގުޅުވައިގެންނެވެ. ވަކީލު ވިދާޅުވީ މުއްދަތު ލަސްވިކަމަށް ދައުލަތުން ބުނާ ހާލަތަކީ ދައުލަތަށް ބާރު ފޯރުވޭނެ ހާލަތެއް ކަމަށާއި، އެ ހާލަތު ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެ ނުކުތާތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދައުލަތަށް ދިނުމަށްފަހުއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން އިސްތިއުނާފީ ނުކުތާތަަކަށް ޖަވާބު ދިނުމުގެ ބައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ހައިކޯޓުގެ ނިންމުން ގޯސްވަނީ ކޮން ގޮތަކުންކަން ދީބާޖާ ކުންފުންޏަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ދީބާޖާއިން އިސްތިއުނާފް ކޮށްފައިވާ ނުކުތާތަކަކީ މީގެ ކުރިން ސުޕްރީމް ކޯޓުން ގޮތް ނިންމާފައިވާ ނުކުތާތަކެއް ކަމަށާއި، އެ ނުކުތާތައް ބަލައި ނުގަތުމަށް ވެސް ދައުލަތުން އެދުނެވެ.

މި މައްސަލައިގައި ދެފަރާތުން ވެސް އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދައްކާފައިވާއިރު، ދެން މި މައްސަލައިގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ޚިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލުކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާޠިލުކުރުމުން ދީބާޖާއިން ގެއްލުމުގެ ބަދަލު ހޯދުމަށް ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވަނީ، 2،410،343،580ރ (ދެ ބިލިއަން ހަތަރުސަތޭކަ ދިހަ މިލިއަން ތިންލައްކަ ސާޅީސްތިންހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ) އެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348،995،154ރ (ތިންސަތޭކަ ސާޅީސްއަށް މިލިއަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ އެހުކުމް ކުރި ތާރީޚް ކަމަށްވާ 5 ފެބްރުއަރީ 2015 ވަނަ ވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން