ކ. މާލެ
|
14 ސެޕްޓެންބަރ 2021 | އަންގާރަ 13:40
ސުޕްރީމް ކޯޓު- ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29ށް
ސުޕްރީމް ކޯޓު- ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29ށް
މުހައްމަދު ފަޒީން
ދީބާޖާއަށް ބަދަލު ދިނުން
ދީބާޖާ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި
 
މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29ށް
 
ސުޕްރީމް ކޯޓުން ވަނީ 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށްފައި
 
ކުރިން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 348 މިލިއަން ރުފިޔާ ދީބާޖާއަށް ދެއްކުމަށް

ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާޠިލް ކުރުމާ ގުޅިގެން ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 އަށެވެ.

މައްސަލައިގެ ޚުލާސާއެއް:

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ޚިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލު ކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރުމުން ދީބާޖާ އިން ގެއްލުމުގެ ބަދަލު ހޯދުމަށް ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ އޭރު ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިންމީ ދައުލަތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ ދީބާޖާ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް ދައުލަތުން ބުނީ އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ޚިލާފުވެފައިވާތީ ކަމަށެވެ. އަދި ސިވިލް ކޯޓުން، އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމުމުން ދައުލަތުގެ ފަރާތުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް ދައުލަތާ އެއްކޮޅަށް ހުކުމް ކުރިއެވެ.

ނަމަވެސް ދީބާޖާ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ދިފާއުގައި ބުނީ، އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހައިކޯޓަށް ހުށަނޭޅުނީ ސިވިލް ކޯޓުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުގެ ސަބަބުންނާއި، އެ މައްސަލައާ ހަވާލުވި އެޓާރނީ ޖެނަރަލްގެ އޮފީހުގެ ވަކީލުންގެ އިހުމާލުގެ ސަބަބުން ކަމަށެވެ. 

މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާއި، އަދި ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ އުސޫލުތަކާއި، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަަމަށެވެ. އެގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދީބާޖާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348.10 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމް ކޮށްފައެވެ. 

ސުޕްރީމް ކޯޓުގަައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. 

އެހެންނަމަވެސް، ޙުކުމް މުރާޖަޢާ ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އަލުން ހުށައެޅުމުން، ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ޙުކުމް އެ ކޯޓުން 7 އޭޕްރީލްގައި އަނެއްކާވެސް ބާތިލު ކުރީއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރާލްދާ ޒާހިރު އަދި ޑރ. މުޙައްމަދު އިބްރާހީމްއެވެ.

މި މައްސަލަ ރިވިއު ކުރުމަށްފަހު އޭރު ސުޕްރީމް ކޯޓުން ވަނީ 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި 15 ދުވަސް ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ފުރުސަތު ލިބިގެންވާކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. އެއާއެލު އަނެއްކާވެސް މި މައްސަލައިގެ އަޑުއެހުންތައް މިވަނީ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް