އަންހެނުންގެ ރޫހުގެ ހާއްސަ ރެލީ

  • ރައީސް ނަޝީދު ކުރެއްވި ޓުވީޓް
  • ސަފާތު
  • ފައްޔާޒް އިސްމާއިލް
 
Writer Profile Picture
ރިޒްނާ ޒަރީރު
ރައީސް ނަޝީދު ކުރެއްވި ޓުވީޓް

 

8 މާރޗް 2017 | ބުދަ 03:55
Writer Profile Picture
ރިޒްނާ ޒަރީރު
ސަފާތު

ކަނބަލުންނަށް ދޭން ޖެހޭ އިޚްތިރާމެއް ނުދެވޭ މިސަރުކާރުން. މިނިވަންކަން ލިބިގެން ހުރިހާ ކަމެއް ހައްލު ނުވޭ. ރަށްރަށުގައި އަންހެނުންނަށް އޮތް ފުރުޞަތު ވަރަށް ދަށް. އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތް މިންވަރު ވަރަށް ދަށްވެއްޖެ. އަބަދުވެސް ދާނީ ކުރިއަށް.

8 މާރޗް 2017 | ބުދަ 03:38
Writer Profile Picture
ރިޒްނާ ޒަރީރު
ފައްޔާޒް އިސްމާއިލް

ދުނިޔޭގެ ޑިމޮކްރަޓިކް އިންސާފުން ކަންކުރާ ގޮތަކަށް ނޫން މިސަރުކާރުން ކުރަމުންދަނީ. އަންހެން ކަނބަލުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު އަންހެން ބޭފުޅުންގެ ހައްގު ހޯދުމަށް މިސަރުކާރުން އެއްވެސް ކަމެއް ނުކުރޭ. މި އަނިޔާވެރި ވެރިކަން ހުއްޓުވުމަށްވެސް މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

8 މާރޗް 2017 | ބުދަ 03:18
Writer Profile Picture
ރިޒްނާ ޒަރީރު
މާރިޔާ އަހްމަދު ދީދީ

މިހިސާބަށް ވެސް ނުވަތަ ޕާޓީއަށް ވެސް ވެރިކަމަށް އާދެވުނީ އަންހެނުންގެ ބައިވެރިވުމާއި އެކު. އަންހެނުން ނުކުތް ސަރުކާރު ޒިންމާދާރުކުރުވަން. ރާއްޖޭގެ ކޮރަޕްޝަން އިންތިހާއަށް މިވަނީ ގޮސްފައި. އެންމެ ފުރަތަމަ ޕާޓީއެއްގެ އަންހެން ޗެއަރޕާސަންގެ މަޤާމުގައި ހުރީވެސް އެމްޑީޕީގެ އަންހެން ކަނބަލެއެއް. އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުވެސް އަދި 2018 ވަނަ އަހަރުގެ އިންތިހާބުވެސް ކަމިޔާބުކުރާނެ

8 މާރޗް 2017 | ބުދަ 03:12
Writer Profile Picture
ރިޒްނާ ޒަރީރު
ހަސަން ލަތީފް

މި ޕާޓީއަށް އޮތް ލޯތްބަކީ ފާއިސާއެއް އޮތް އެއްޗެއް ނޫން ކަން މިއަދު އެބަ އިނގޭ. އެމްޑީޕީ އުފެދުނު މައިގަނޑު ބޭނުމަކީ ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތް ކުރަމުން. އެމްޑީޕީން ދަތުރެއް ކުރަން އުޅުނަސް އެކަމެއް ނުކުރެވޭ. މިސަރުކާރުން މިދަނީ ބިރުދައްކަމުން.  

8 މާރޗް 2017 | ބުދަ 02:59
Writer Profile Picture
ރިޒްނާ ޒަރީރު
ޝިފާ މުހައްމަދު

ރާއްޖެއަށް ބަދަލު ގެންނަން އެބަޖެހޭ. ވެރިކަްނ ބަދަލު ކުރަން އެބަޖެހޭ. ރައިސް ޔާމިން ވަނީ އެކަނިވެރިވެފައި. ސިޔާސީ ކަންކަމަށް ޝައުގުވެރިވާ ގާބިލް ކިތަންމެ އަންހެނުންނެއް އެބަ ތިބި ކަމަށާއި އެފަދަ ކަނބަލުން ވާދަކުރަން ޖެހިލުން ވަނީ ކެމްޕޭނުކުރުމުގައި ހުރި ބައެއް ދަތިތަކުގެ ސަބަބުން. މިސަރުކާރަށް ނޫނެކޭ ބުނަން އެބަޖެހޭ.

8 މާރޗް 2017 | ބުދަ 02:48
Writer Profile Picture
ރިޒްނާ ޒަރީރު
ޝިފާ މުހައްމަދު

އެމްޑީޕީ ދިދަ ހިއްލުމާއި އެކު މިވަނީ ރާއްޖޭގެ ރައްޖޭގެ ރައްޔިތުންނަށް މިނިވަންކަން ލިބިގެންދިޔަ. ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެން ބޭފުޅުންނަށް ކެމްޕޭނު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތްކޮށްދީ، މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ

8 މާރޗް 2017 | ބުދަ 02:43
Writer Profile Picture
ރިޒްނާ ޒަރީރު
އަންހެނުންގެ ރޫހުގެ ހާއްސަ ރެލީ

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން ބާއްވާ ޙާއްސަ ރެލީ

8 މާރޗް 2017 | ބުދަ 02:41