ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން

  • ވ. ކެޔޮދޫގައި އޭލެވަލް ފަށާކަމަށްވާނަމަ މަދުވެގެން 15 ކުދިން ބޭނުންވޭ: އެޑިއުކޭޝަން މިނިސްޓަރ
  • ވ. އަތޮޅުގެ ހޮސްޕިޓަލްތަކަކީ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތް ލިބޭނެ ތަންތަނަށް ހަދައިދޭނަން: ހެލްތް މިނިސްޓަރ
  • މި ސަރުކާރުން ވ. އަތޮޅަށް އަހަމިއްޔަތުކަން ދިން
 
Writer Profile Picture
ސިމާހާ ނަސީމް
ވ. ކެޔޮދޫގައި އޭލެވަލް ފަށާކަމަށްވާނަމަ މަދުވެގެން 15 ކުދިން ބޭނުންވޭ: އެޑިއުކޭޝަން މިނިސްޓަރ

ވ. ކެޔޮދޫގައި އޭލެވަލް ފަށާކަމަށްވާނަމަ މަދުވެގެން 15 ކުދިން ބޭނުންވޭ.

ވ. ރަކީދޫ، ވ. ތިނަދޫގައި ކުދިން ހާޒިރުވެގެން ފިލާވަޅުތައް ނަގައިދޭނެ އިންތިޒާމް ހަމަޖައްސައިދޭނެ. މިކަންތައްތައް ކުރިއަށްދާނީ ރިމޯޓްކޮށް، ޕޭރެންޓް ސްކޫލަކާއި އެޓޭޗް ކުރެވިފައިވާނީ. އިތުރު ތަފްސީލް އޮގަސްޓް މަހުގައި ހާމަކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވި.

6 މާރޗް 2021 | ހޮނިހިރު 22:20
Writer Profile Picture
ސިމާހާ ނަސީމް
ވ. އަތޮޅުގެ ހޮސްޕިޓަލްތަކަކީ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތް ލިބޭނެ ތަންތަނަށް ހަދައިދޭނަން: ހެލްތް މިނިސްޓަރ

ވަރަށް ބޮޑު ޕްރޮގްރާމެއް މި މަހުގެ 15 ވަނަ ދުވަހު ފެށޭނެ. އެއީ ޕަބްލިކް ހެލްތް ޕްރޮގްރާމެއް. ވ. އަތޮޅުގެ ހޮސްޕިޓަލްތަކުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތް ލިބޭނެ ތަންތަނަށް ހަދައިދޭނެ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވި.

6 މާރޗް 2021 | ހޮނިހިރު 22:14
Writer Profile Picture
ސިމާހާ ނަސީމް
މި ސަރުކާރުން ވ. އަތޮޅަށް އަހަމިއްޔަތުކަން ދިން

ވ. އަތޮޅުގައި ފާއިތުވި އަހަރު ވަރަށް ބޮޑަށް ބާކިވެފައިވާ އަތޮޅެއްގެ ގޮތުގައި ސިފަވެގެންދިޔަ ކަމަށާއި އެހެންނަމަވެސް މި ސަރުކާރުގައި އެ އަތޮޅަށް ވެސް މުހިންމުކަން ދީފައިވާ ކަަމަށް އެ އަތޮޅު ކައުންސިލް ރައީސް ކެންޑިޑޭޓް ސުޖާއު އަލީ ވިދާޅުވި. އަތޮޅުގައި މަތީ ސާނަވީ ތައުލީމުގެ ހިދުމަތާއި ސިއްހީ ހިދުމަތްތައް ރަނގަޅު ފެންވަރެއްގެ ބޭނުންވޭ.

6 މާރޗް 2021 | ހޮނިހިރު 22:12
Writer Profile Picture
ސިމާހާ ނަސީމް
ކުދި ކުދި ރަށްތަކުގައި ސެޓެލައިޓް ކްލާސްރޫމްތައް ހިންގުމަށް ޕްލޭން ކުރަމުންދޭ: ރައީސް ސާލިހް

ވ. ރަކީދޫގެ ސްކޫލަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް އެރަށުން ބުނުމުން ރައީސް ސާލިހް ވިދާޅުވީ ކުދި ކުދި ރަށްތަކުގައި ސެޓެލައިޓް ކްލާސްރޫމްތައް ހިންގުމަށް ޕްލޭން ކުރަމުންދޭ. ތަފްސީލް އެޑިއުކޭޝަން މިނިސްޓަރ ދެއްވާނެ

ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވޭ

ކުނީގެ މައްސަލަ ހައްލުކުރުުމަށް ވެސް ނިންމާފައިވޭ

ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ ޓެންޑަރ ކޮށްފައި

6 މާރޗް 2021 | ހޮނިހިރު 22:09
Writer Profile Picture
ސިމާހާ ނަސީމް
ވ. ފެލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ މަޝްރޫއުގައި ކުރިއަތް އޮތް ހަފްތާގައި ސޮއިކުރެވޭނެ

ވ. ފެލިދޫގެ ބަނދަރުގެ މަސައްކަތް ނިންމާލެވިފައިވޭ

ފެނާއި ނަރުދަމާގެ މަސައްކަތުގެ މަޝްރޫއުގައި ކުރިއަތް އޮތް ހަފްތާގައި ސޮއިކުރެވޭނެ

މިއަހަރުގެ ކުއާޓަރގައި އެކެއްގައި ވޮލީކޯޓް އަޅާނެ

ކުނި ނައްތާލުމުގެ މަޝްރޫއު ވެސް މިއަހަރު ކުރިއަށްދާނެ

6 މާރޗް 2021 | ހޮނިހިރު 22:05
Writer Profile Picture
ސިމާހާ ނަސީމް
ވ. ކެޔޮދޫގައި މިއަހަރުގެ އޭޕްރިލް މަހު ސޯލާ ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރެވޭނެ: ރައީސް

ޕީއެސްއައިޕީގެ ދަށުން 34 މިލިއަން ރުފިޔާގެ މަސައްކަތް ކުރެވިފައިވޭ

އިންކަމް ސަޕޯޓް އެލަވަންސް 25 މީހަކަށް ދެވިފައިވޭ

މިއަހަރުގެ އޭޕްރިލް މަހު ސޯލާ ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރެވޭނެ

6 މާރޗް 2021 | ހޮނިހިރު 22:01
Writer Profile Picture
ސިމާހާ ނަސީމް
ވ. ތިނަދޫގެ ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ އީއައިއޭ މަސައްކަތް ކުރިއަށްދަނީ: ރައީސް ސާލިހް

ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ އީއައިއޭ މަސައްކަތް ކުރިއަށްދަނީ

ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ

މިއަހަރު ރަށުގައި ސިއްހީ ހިދުމަތް ރަށުގައި ދިނުމުގެ މަސައްކަތް ދަނީ ކުރިއަށް

6 މާރޗް 2021 | ހޮނިހިރު 21:57
Writer Profile Picture
ސިމާހާ ނަސީމް
ލ. އަތޮޅުގައި ސިއްހީ ހިދުމަތް ކުރިއަރައިގެން ދިޔަ: އަތޮޅު ކައުންސިލް ރައީސް

ލ. އަތޮޅުގައި ސިއްހީ ހިދުމަތް ކުރިއަރައިގެން ދިޔަ ކަމަށް އެ އަތޮޅު ކައުންސިލް ރައީސް ވިދާޅުވި. މި ސަރުކާރުން ލ. އަތޮޅަށް ގިނަ މަސައްކަތްތައް ކޮށްދެއްވި ކަަމަށް ފާހަގަކުރެއްވި.

6 މާރޗް 2021 | ހޮނިހިރު 21:30
Writer Profile Picture
ސިމާހާ ނަސީމް
ލ. ފޮނަދޫ މިލިޓަރީ އެއަރޕޯޓް ރީޖަނަލް އެއަރޕޯޓަކަށް ބަދަލު ކުރުމަށް ވާހަކަ ދައްކާފައިވޭ

ލ. ފޮނަދޫ މިލިޓަރީ އެއަރޕޯޓް ރީޖަނަލް އެއަރޕޯޓަކަށް ބަދަލު ކުރުމަށް ވާހަކަ ދައްކާފައިވޭ އެހެންނަމަވެސް އަމަލީ ސިފައެއް މިއަހަރު ނާންނާނެ ކަމަށް ރައީސް ވިދާޅުވި.

ފެނާއި ނަރުދަމާއަށް ބޭނުންވާ ސާމާނު ރަށަށް ފޮނުވިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި.

6 މާރޗް 2021 | ހޮނިހިރު 21:21
Writer Profile Picture
ސިމާހާ ނަސީމް
ލ. މާވަށުގައި ބިން ހިއްކުމުގެ ޑިޒައިން މަސައްކަތް ދަނީ ކުރިއަށް

ލ. މާވަށުގައި ސީ އެމްބިއުލާންސް ގެނައުމަށް ބަޖެޓް ދީފައިވާނެ، ސްކޫލްގެ ނުވަ ކްލާސްރޫމްގެ އިމާރާތް ޓެންޑަރ ކުރުމަށް ވަނީ ދޫކުރެވިފައި. ބިން ހިއްކުމުގެ ޑިޒައިން މަސައްކަތް ދަނީ ކުރިއަށް. އައިސްޕްލާންޓްއެއް ޤާއިމުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި.

6 މާރޗް 2021 | ހޮނިހިރު 21:16
Writer Profile Picture
ސިމާހާ ނަސީމް
ގަމުގައި އެމްއެންޔޫ ބިލްޑިންގ އެއް އެޅުމަށް އަދި ބިން ހަމަނުޖެހޭ ކަމަށް މައުލޫމާތު ލިބޭ: ރައީސް ސާލިހް

ލ. ގަމުގައި އެމްއެންޔޫ ބިލްޑިންގ އެއް އެޅުމަށް އަދި ބިން ހަމަނުޖެހޭ ކަމަށް މައުލޫމާތު ލިބޭ

ލ. ގަމުގައި ކެންސަރ ހޮސްޕިޓަލް އެޅުމަށް ވެސް އަދި ޓާޝިއަރީ ހޮސްޕިޓަލެއް ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި

6 މާރޗް 2021 | ހޮނިހިރު 21:10
Writer Profile Picture
ސިމާހާ ނަސީމް
ޖޫންމަހުގެ ތެރޭގައި ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައިދޭނެ

ލ. މުންދޫއަށް ޖޫންމަހުގެ ތެރޭގައި ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައިދޭނެ ކަމަށާއި އެމްބިއުލާންސްއެއް ވަރަށް އަވަހަށް ފޮނުވާނެ.

މިއަހަރުގެ ހަތަރު ވަނަ ކުއަރޓާގައި ބަނދަރުގެ މަސައްކަތް ޕްލޭން ކުރެވިފައިވަނީ

މިއަހަރުގެ ދެވަނަ ކުއަރޓާގައި ޕާކެއް އަޅުމަށް ނިންމާފައިވޭ - ރައީސް ސާލިހް

6 މާރޗް 2021 | ހޮނިހިރު 21:06
Writer Profile Picture
ސިމާހާ ނަސީމް
މާބައިދޫއަށް އެމްބިއުލާންސްއެއް އޭޕްރިލް މަސް ނިމެންވާއިރަށް ލިބޭނެ

ލ. މާބައިދޫއަށް އެމްބިއުލާންސްއެއް އޭޕްރިލް މަސް ނިމެންވާއިރަށް ލިބޭނެ ކަމަށާއި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެއްޓުމަށްޓަކައި މި މަސް ތެރޭގައި ބަޔަކާ ހަވާލު ކުރާނެ ކަމަށް ރައީސް ސާލިހް ވިދާޅުވި. 50 ޓަނުގައި އައިސްޕްލާންޓަކާއި 50 ޓަނުގެ ސްޓޯރެޖެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން - ރާއްޖެއެމްވީ
6 މާރޗް 2021 | ހޮނިހިރު 21:03
Writer Profile Picture
ސިމާހާ ނަސީމް
ޕޮލިސް ސްޓޭޝަން އަޅާ ރަށްތައް ފައިނަލް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި

ލ. ހިތަދޫގެ މަގުތަކަށް އަދިވެސް ދާއިމީ ހައްލެއް ލިބިފައެއް ނުވޭ. އެ ރަށަށް މާބޮޑު މަސައްކަތްތަކެއް ނެތް ކުރެވިފައި. ސްކޫލަށް އިމާރާތަކާއި ހަތަރު ކްލާސްރޫމް ވަރަށް އަވަހަށް އެޅުމަށް އިއުލާން ކުރެވިގެންދާނެ. ފެނާއި ނަރުދަމާގެ މަސައްކަތަށް ހުޅުވާލާފައި. ޕޮލިސް ސްޓޭޝަން އަޅާ ރަށްތައް ފައިނަލް ކުރަމުންދަނީ.

6 މާރޗް 2021 | ހޮނިހިރު 20:58
Writer Profile Picture
ސިމާހާ ނަސީމް
ލ. ދަނބިދޫ ގޯތި ދޫކުރުމުގައި މިންގަނޑުތަކަށް ފެތުމުގައި މައްސަލަތައް އެބަހުރި: ރައީސް ސާލިހް

ގޯތި ދޫކުރުމަށް ބިން ހަމަޖެއްސުމަށް ކައުންސިލްއާ ހަވާލުކޮށްފައިވާނެ

ތިން ފަހަރެއްގެ މަތިން އެ ރަށުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް އިއުލާން ކޮށްގެން ވެސް އަދި ރަނގަޅު ބަޔަކު ނުލިބޭ. އެމްޑަބްލިޔުއެއްސީއެއް އެކަންތައް ކުރިއަށް ގެންދާނެ

އިންކަމް ސަޕޯޓް އެލަވަންސް 19 ފަރާތަކަށް ދިފައިވޭ

6 މާރޗް 2021 | ހޮނިހިރު 20:54
Writer Profile Picture
ސިމާހާ ނަސީމް
ލ. ދަނބިދޫގެ ޒުވާނުންނަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ ބައެއް

ލ. ދަނބިދޫއަށް ފުޓްސަލް ދަނޑެއް އެބަ ބޭނުންވޭ

ނަރުދަމާ ނިޒާމުގެ ހާލަތު ވަރަށް ގޯސް. މިކަންތައް ހައްލުވެގެންދާނީ ކޮންއިރަކުންތޯ؟

ސްކޫލަށް ލައިބްރަރީއެއް ވެސް އެބަ ބޭނުންވޭ

ގޯތި ދޫކުރުމުގެ ކަންތައްތަކުގެ ތަފްސީލް ބޭނުންވޭ

6 މާރޗް 2021 | ހޮނިހިރު 20:51
Writer Profile Picture
ސިމާހާ ނަސީމް
ކުނަހަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެބްރުއަރީ 12 ވަނަ ދުވަހު ބިޑް ކުރެވިފައިވޭ: ރައީސް

ލ. ކުނަހަންދޫގެ ތިން ކްލާސްރޫމްގެ މަސައްކަތް މާރޗް މަހު ޓެންޑަރ ކުރެވޭނެ.

ފުޓްސަލް ދަނޑުގެ މަސައްކަތް އެ ރަށުގައި ކުރިއަށް ނުދޭ. ޔޫތް މިނިސްޓަރ އެކަމަށް އެއްޗެއް ވިދާޅުވާނެ.

ކޯޒްވޭގެ ޑިޒައިންގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ.

ފެނާއި ނަރުދަމާގެ މަސައްކަތް ފެބްރުއަރީ 12 ވަނަ ދުވަހު ބިޑް ކުރެވިފައިވޭ

6 މާރޗް 2021 | ހޮނިހިރު 20:44
Writer Profile Picture
ސިމާހާ ނަސީމް
ލ. ކުނަހަންދޫ

ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ރައްޔިތުން ބޭނުންވޭ، ސްކޫލްގެ ޖައިގައިގެ ދަތިކަން ވެސް އެބަހުރި އެހެންކަމުން ރައްޔިތުން އެކަަމަށް ވެސް ހައްލު ބޭނުންވޭ.

6 މާރޗް 2021 | ހޮނިހިރު 20:42
Writer Profile Picture
ސިމާހާ ނަސީމް
ވަރަށް އަވަހަށް ބަޖެޓް ކުރާނެ އިސްދޫގެ މަގު ހެދުމަށް: ރައީސް ސާލިހް

މިއަހަރަށް އިސްދޫގެ މަގު ހެދުމަށް ބަޖެޓް ކުރެވިފައި ނެތް އެހެންނަމަވެސް ވަރަށް އަވަހަށް ބަޖެޓް ކުރާނެ ކަމަށާއި މިއަހަރު އޭޓީއެމްއެއް ޤާއިމުކުރާނެ ކަމަށް ރައީސް ސާލިހް ވިދާޅުވި.

6 މާރޗް 2021 | ހޮނިހިރު 20:39
Writer Profile Picture
ސިމާހާ ނަސީމް
ލ. އިސްދޫ

އިސްދޫގެ ބަނދަރު ބޮޑުވި، ސްކޫލަށް ވެސް ކުރިއެރުންތައް މި ސަރުކާރުގައި ލިބިގެންދިޔަ. އިސްދޫ ކަޅައިދޫގެ މަގުގައި ތާރު އެޅުމާއި އޭޓީއެމް އެއް ހުރުމަށް ރައްޔިތުން އެދޭ. އެކަށީގެންވާ ސިއްހީ ރަނގަޅު ހިދުމަތެއް ވެސް ރައްޔިތުން ބޭނުންވޭ.

6 މާރޗް 2021 | ހޮނިހިރު 20:38