ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ވަގުތުން

ކޮވިޑް-19: އެންމެ ފަހުގެ

953,553

ޚުލާސާ

 • އިގިރޭސި ވިލާތުން ވެސް ކޮރޯނާވައިރަސް ފެނިއްޖެ
 • އެންމެ ފަހުގެ ކްރައިޓީރިއާއިން ކޮރޯނާއަށް ޝައްކު ކުރާ މިންގަނޑުތައް
 • 2021 އަށް ކޮރޯނާވައިރަސް ވެކްސިން އުފެއްދިދާނެކަމުގެ އުންމީދު ބޮޑު: ޕެސްޓަރ އިންސްޓިޓިއުޓް

28 ޖެނުއަރީ 2020 | އަންގާރަ 12:15

13:09

ޒިހްނަތު ހަސަން

އިގިރޭސި ވިލާތުން ވެސް ކޮރޯނާވައިރަސް ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ ދެމީހުން އިނގިރޭސިވިލާތުން ފެނިފައިވާކަމަށް އެޤައުމުން ކަށަވަރުކޮށްދީފިއެވެ.

މިދެމީހުންނަކީ، ޔޯކްގެ ސްޓެއި ސިޓި އެޕަރޓްމަންޓް ހޮޓަލުގައި ތިބި ޗައިނާގެ އެއްއާއިލާއަކަށް ނިޞްބަތްވާ ދެމީހުންކަމަށް އޮފިޝަލުން ބުނެއެވެ. އެދެމީހުން ތިބި އެޕާޓްމަންޓް ބަންދު ކުރިނަމަވެސް އާދައިގެ މަތިން ހޮޓަލުގެ އޮޕަރޭޝަންސްތައް ކުރިޔަށްގެންދާ ކަމަށް ޚަބަރު ލިބެއެވެ. ކަމާބެހޭ މާހިރުންގެ އެހީގައި މިދެމީހުންނަށް ފަރުވާދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 13:09

12:59

ލައިޝާ އަހްމަދު

އެންމެ ފަހުގެ ކްރައިޓީރިއާއިން ކޮރޯނާއަށް ޝައްކު ކުރާ މިންގަނޑުތައް

 1. އެޑްމިޓް ކުރަންޖެހޭ ޙާލަތުގައި ހުރި ނޭވާލާ ނިޒާމުގެ ބައްޔެއް ހުރި މީހަކު ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާއަށް ގޮސްފައިވުން
 2. އެމީހަކީ ހެލްތު ކެއަރ ވޯކަރަކަށް ވެފައި ނުވަތަ ނުރައްކާތެރި ބަލިތަކަށް ފަރުވާދޭ ތަނެއްގައި އުޅޭ މީހަކަށްވެފައި ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާއަށް ގޮސް، އެޑްމިޓް ކުރާ ޙާލުގައި އޭނާގެ ބަލި ޙާލަތު ހުރުން
 3. އެޑްމިޓް ކުރަން ނުޖެހޭ ޙާލަތުގައި ހުރި ނަމަވެސް ބަލީގެ އަލާމަތްތައް ހުރުން، އެފަދަ މީހަކު ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާގެ މަސް ވިއްކާ ތަނަކަށް ގޮސްފައިވުން، ނުވަތަ އޭނާއަށް އެނގިގެން ކޮރޯނާ ވައިރަސް ހުރި މީހަކާ 3 ފޫޓް ކައިރިއަށް ގޮސްފައިވުން،
 4. ކޮރޯނާއަށް ކަށަވަރު ކުރެވޭ މީހަކަށް ފަރުވާ ދެވުނު ހޮސްޕިޓަލަކަށް ޥޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ގޮސްފައިވުން، އަދި ބަލީގެ އަލާމަތްތައް ފެނުން،
 5. ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާގެ ހޫބޭއަށް ގޮސްފައިވުން ، މި ކްރައިޓީރިއާގައި އަލާމާތެއް ހުރިތޯވެސް ނުބަލާނެ، މި ކްރައިޓީރިއާއަށް ފެތޭނަމަ ޓެސްޓް ކުރާނެ،

1 ފެބްރުއަރީ 2020 | ހޮނިހިރު 12:59

12:53

ޒިހްނަތު ހަސަން

2021 އަށް ކޮރޯނާވައިރަސް ވެކްސިން އުފެއްދިދާނެކަމުގެ އުންމީދު ބޮޑު: ޕެސްޓަރ އިންސްޓިޓިއުޓް

ކޮރޯނާވައިރަސްއަށް ވެކްސިންއެއް އުފެއްދުމަށް، އެކަމަށް ބޭނުންވާ ޚާއްޞަ ޓާސްފޯރސްއެއް އެކުލަވާލާފައިވާ ކަމަށް ފްރާންސްގެ ޕެސްޓަރ އިންސްޓިޓިއުޓުން ބުނެފިއެވެ. އެތާނގެ ސައިންޓެފިކް ޑައިރެކްޓަރ ކްރިސްޓޮފަރ ޑެ'އެންފަރޓް ވިދާޅުވީ، 20 މަސް ދުވަހުގެ ތެރޭގައި މި ވެކްސިން އުފައްދާ ބާޒާރަށް ނެރެވޭވަރުވާނެކަމަށެެވެ. އަދި މިހާރު ރޭވިފައިވާ ގޮތައް ކަންކަން ކުރިޔަށްދާނަމަ، އަންނަ އޯގަސްޓްމަހުގެ ތެރޭގައި އަޖުމަ ބެލުމުގެ މަސައްކަތް ފެށޭވަރުވާނެކަމަށެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:53

12:44

ޒިހްނަތު ހަސަން

އިންޑިއާއިން މާސްކް އެކްސްޕޯޓް ކުރުން ހުއްޓާލައިފި

ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި އިންޑިއާއިން އެހެން ޤައުމުތަކަށް މާސްކް ވިއްކުން ހުއްޓާލައިފިއެވެ. ރައްކާތެރިވުމަށް ބޭނުންކުރާ "ފޭޝަލް މާސްކް" އާއި އެ އުފައްދަން ބޭނުންކުރާ ފޮތި އެކްސްޕޯޓްކުރުން ހުއްޓާލިކަން އިންޑިއާއިން އިޢުލާން ކުރީ އިއްޔެއެވެ. އެހެންނަމަވެސް ހުއްޓާލީ ކޮން ސަބަބަކާހުރެކަމަށް އެޤައުމުން ހާމަަކޮށްފައެއްނުވެއެވެ. އިންޑިއާއިންވެސް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ އެކަކު ފެނިފައެވެ. އޭނާއަކީ ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޫހާން ސިޓީގެ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލު ކުރަމުން އައި ދަރިވަރެކެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:44

12:44

ލައިޝާ އަހްމަދު

ސީޑީސީ އެމެރިކަން ގައިޑްލައިނުން ބުނާ ގޮތުންނަމަ، މާސްކް އަޅަން ޖެހޭ ފަރާތްތައް

 1. ބަލިމީހުން
 2. ބަލީގެ އަލާމާތެއް ފެނުމުން
 3. ބަލި މީހުންގެ ކައިރީގައި އުޅޭ މީހުން
 4. ބަލި މީހުންނަށް ފަރުވާދޭ ޞިއްޙީ އެހީތެރިން (ސްޕެސިފިކް މާސްކެެއް)
 5. ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުން، އެހެން މީހުންގެ ތެރެއަށް ދާއިރު

1 ފެބްރުއަރީ 2020 | ހޮނިހިރު 12:47

12:37

ލައިޝާ އަހްމަދު

ކޮރޯނާ ވައިރަސް ދެނެގަތުމުގައި ރާއްޖެއިން އަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް

ކޮރޯނާ ވައިރަސް ދެނެގަތުމުގައި ރާއްޖެއިން އަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް، އެހެން ޤައުމަކަށް ދަތުރުކޮށްފައި ވުން އަދި ޑަބްލިއުއެޗްއޯ ގެ ކްރައިޓީރިއާގައި ހިމަނާފައެއް ނުވޭ، ހިމަނާފައިވަނީ ހަމަ އެކަނި ޗައިނާއަށް ދަތުރުކޮށްފައިވުން، އެހެން ޤައުމެއް ކްރައިޓީރިއާގައި ހިމަނައިފިނަމަ ރާއްޖެއިންވެސް އެގޮތަށް އަމަލު ކުރާނެ- ޑރ މުހައްމަދު އަލީ

1 ފެބްރުއަރީ 2020 | ހޮނިހިރު 12:37

12:35

ޒިހްނަތު ހަސަން

ކޯރޯނާވައިރަސް އަށް ފަރުވާދޭ "ފީލްޑް ހޮސްޕިޓަލް" އެއް ޗައިނާއަށް ދޭން ބޭނުންވާކަން ޕާކިސްތާނުން ހާމަކޮަށްފި

ޗައިނާ ރައްޔިތުން މިހާރު ތަޙައްމަލުކުރަމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް އެހީތެރިވެދިނުމުގެ ގޮތުން "ފީލްޑް ހޮސްޕިޓަލް" އެއްގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީއަށް ފޯނުން ގުޅުއްވާ، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވީ، ފީލްޑް ހޮސްޕިޓަލް އެއްގެ އެހީތެރިކަން ދޭން ޕާކިސްތާނު ސަރުކާރުން ބޭނުންވާކަމަށެވެ. އަދި ކޮރޯނާވައިރަސްއަށް ފަރުވާސޭ ޓީމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުގެ ޑޮކްޓަރުންގެ ގުރޫޕެއްވެސް ފޮނުވާނެކަމުގެ ޔަޤީންކަން ޤުރައިޝީ ދެއްވިއެވެ. ޤުރައިޝީ ވިދާޅުވީ ޕާކިސްތާނުގައި ތިބި ޗައިނާގެ ދަރިވަރުންނަށް މިދަނޑިވަޅުގައި ދެވެން އޮތް ހުރިހައި އެހީތެރިކަމެއް ވެދެއްވާނެކަމަށެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:35

12:32

ލައިޝާ އަހްމަދު

ވަރަށް އާދައިގެ ކަންކަމުން ކޮރޯނާ ވައިރަސްއިން ދުރުހެލި ވެވިދާނެ

ޑރ މުހައްމަދު އަލީ ވިދާޅުވީ ރޯގާއެއް ޖެހި ކެއްސަން ފެށުމުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް، އެ ބޭނުންކުރާ ޓިޝޫއެއް ވަގުތުން އެއްލާލުމަށް ނުވަތަ "ޑިސްޕޯސްކުރުމަށް"ވެސް ޑޮކްޓަރ ވަނީ އިލްތިމާސްކޮށްފަ، ޑރ ވިދާޅުވީ މިގޮތަށް އަމަލު ބެހެއްޓުމަށްފަހު އާދައިގެ ސައިބޯނިން އަތް ދޮވެލުމުންވެސް ވައިރަސް އިން ރައްކާތެރި ވާނެކަމަށް

1 ފެބްރުއަރީ 2020 | ހޮނިހިރު 12:32

12:24

ލައިޝާ އަހްމަދު

ރާއްޖޭގައި ކޮރޯނާގެ ކޮންފާރމްޑް ކޭސް އެއްވެސް އަދި ސީރިއަސް ކޭސް އެއްވެސް ނެތް

ރާއްޖޭގައި ކޮރޯނާ ވައިރަސްގެ ކޮންފާރމްޑް ކޭސް އެއްވެސް އަދި ސީރިއަސް ކޭސް އެއްވެސް ނެތް، އެފަދަ ކޭސް އެއް އޮންނަމަ ފަސޭހައިން ފެތުރިގެން ހިނގައިދާނެ، މައިލްޑް ސިމްޕްޓޮމްސް އަދި ސީރިއަސް ސިމްޕްޓޮމްސްގައި ބަލި ފެތުރޭނެ މިންވަރު ވަރަށް ބޮޑަށް ތަފާތުވޭ، މިހާރު ހުރީ ހަމައެކަނި ކޮރޯނާ ވައިރަސްއަށް ޝައްކުވާ ކޭސްއެއް، ކޮންޓެކްޓް ޓްރޭސިންގ ގައިޑްލައިންއަކަށްވެސް ނުފެތޭ މި ކޭސްއެއް، ނަަމަވެސް ކޮންފާރމް ވެއްޖެ ނަމަ ހަމަ އިންނަ ޕްރޮޓޮކޯލްގެ ދަށުން ކުރިއަށްދާނެ،- ޑރ މޫސާ ހުސައިން

1 ފެބްރުއަރީ 2020 | ހޮނިހިރު 12:24

12:19

ލައިޝާ އަހްމަދު

ކޮރޯނާ ވައިރަސްއަށް ވަކި ޚާއްސަ ފަރުވާއެެއް އަދި ނެތް

ކޮރޯނާ ވައިރަސްއަށް ވަކި ޚާއްސަ (ސްޕެސިފިކް ޓްރީޓްމަންޓް) އެއް ނެތް، ނަމަވެސް ސަޕޯޓިވް ޓްރީޓްމަންޓް ދީގެން މީހުން ރަނގަޅުވޭ، އެހެންވީމާ އެއް ގައިޑްލައިންއެއް ފޮލޯ ކޮށްގެން މި ޓްރީޓް ކުރަނީ، މިސާލަކަށް ނިއުމޯނިއާ ކަހަލަ ބައްޔެއް ނަމަވެސް ހަމަ އިންފުލުއެންޒާގަ މެނޭޖް ކުރާ ގޮތަށް މެނޭޖް ކުރާނީ، ރާއްޖޭގައިވެސް މި ބައްޔަށް ދޭ ފަރުވައަކީ ޗައިނާގައިވެސް އެހެން ޤައުމުތަކުގައިވެސް ބަލި ދެނެގަނެ ދޭ ފަރުވާ - ޑރ މޫސާ ހުސައިން

1 ފެބްރުއަރީ 2020 | ހޮނިހިރު 12:19

12:14

ޒިހްނަތު ހަސަން

ޗައިނާއިން 200 މިލިއަން މާސްކް ތުރުކީން ގަންނަނީ

ޗައިނާއިން، ތުރުކީވިލާތައް މާސްކް އޯޑަރުކުރީ 10 ދުވަހުގެތެރޭގައި ފޯރުކޮށްދޭން އެއްބަސްވެގެންނެވެ.

ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން މާސްކް އުފައްދާ އެއްޤައުމެވެ. ޗައިނާއިން ތުުރުކީގެ ކުންފުންޏަކަށް 200 މިލިއަން މާސްކް ގަންނަން އޯޑަރު ދިނުމުން އެކުންފުނިން ވަނީ އެކަމާއި ހައިރާންވާކަމަށް ބުނެފައެވެ. ތުރުކީ ވިލާތުން އަހަރެއްގެ މައްޗަށް އުފައްދަނީވެސް އެންމެ 150 މިލިއަން މާސްކެވެ. 10 ދުވަހުގެ ތެރޭގައި 200 މިލިއަން އުފައްދާ ޗައިނާއަށް ފޯރުކޮށްދޭނެގޮތަކާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެހެންނަމަވެސް ޗައިނާގެ އޯޑަރު ނެގި ކުންފުނިން އެކަން ނުވާނެކަމަކަށް އަދި ބުނެފައެއް ނުވެއެވެ. އެކުންފުނިން ބުނެފައިވަނީ ޗައިނާގެ މި ޑިމާންޑް ފުރިހަމަކޮށްދިނުމަށް ކުންފުނީގެ ހުރިހައި ވަޞީލަތެއް ބެނުންކޮށްގެން 24 ގަޑިއިރު މަސައްކަތް ކުރާނެކަމަށެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:14

12:04

ޒިހްނަތު ހަސަން

އަރިދަފުސް ރޯގާ ޖެހިފައިވަ ކޮންމެ މިހަކީ ކޮރޯނާވައިރަސް ޖެހިފައިވާ މީހެއް ނޫން: ޑރ މުހައްމަދު އަލީ

ކޮރޯނާވައިރަސްއަށް ރާއްޖެއިން ތައްޔާރުވެފައި އޮތް މިންވަރު ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހާކަ ދައްކަވަމުން ޑޮކްޓަރ ވިދާޅުވީ، ކޮރޯނާވައިރަސްގައި ފެންނަ އަލާމާތްތަކަކީ އަދައިގެ ރޯގާއެއްގައި ފެންނަ އަލާމާތްތަކެއްކަމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ލުއި ކަންތައްތަކެއް އެބަހުރިކަމަށެވެ. ޑޮކްޓަރ ވިދާޅުވީ، ރޯގާއެއް ޖެހިފައިވާ ކޮންމެ މީހަކީ ކޮރޯނާވައިރަސްގެ ބަލި ޖެހިފައިވާ މީހެއް ނޫންކަމަށާއި، ވައިރަސް އަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ބެލެވޭނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހެއްކަމަށެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:04

12:02

ޒިހްނަތު ހަސަން

ސައިޕްރަސްގައި ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކަށް ފަރުވާދޭން ފަށައިފި

ސައިޕްރަސްގެ ވެރިރަށް ނިކޯސިއާގައި ނޮވެލް ކޮރޯނާ ވައިރަސް ހުރި ކަމަށް ޝައްކު ކުރެވިގެން ފަރުވާދެމުންދަނީ ޗައިނާގެ ރައްޔިތަކަށް ކަމަށް ޚަބަރު ލިބެއެވެ. އެޤައުމުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބައިނަލްއޤުވާމީ މީޑީއާތަކުން ރިޕޯޓުކުރާގޮތުގައި، މިމީހާއަކީ ސައިޕްރަސްގައި ދިރިއުޅުޅޭ ޗައިނާ މީހެއްކަމަށާއި، ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން އޭނާ ޗައިނާ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ގައިން ކޮރޯނާގެ އަލާމާތްތައް ފެންނާތީ ޓެސްޓު ކުރި އިރު "އިންފލުއެންޒާ-އޭ" އަށް ޕޮޒިޓިވް ވި ކަމަށެެވެ. އަދި ފަރުވާއަށް ފަހުވެސް ރަނގަޅުނުވާތީއާއި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭތީ ޞިއްޙީ އޮފިޝަލުންގެ ބެލުމުގެ ދަށުން އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ. އޭނާ ކޮރޯނާވައިރަސްއަށް ޓެސްޓުކޮށް،ސީދާ އެކަން ކަށަވަރުވަންދެން، އޭނާއަށް ހޮސްޕިޓަކުގައި ފަރުވާދެމުންދާނެކަމަށް ސައިޕްރަސްގެ ޞިއްހަތާއި ބެހޭ ޚާއްޞަ ޓާސްފޯރސްއިން ބުނެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:02

12:01

ލައިޝާ އަހްމަދު

ކޮރޯނާވައިރަސްގެ ބިރު އޮންނާނީ ބަލިޖެހިފައިވާ މީހާއާ 3 ފޫޓު ކައިރީގައި އުޅޭނަމަ

ކޮރޮނާ ވައިރަސް ޖެހުމުގެ ބިރު އޮންނާނީ ބަލިޖެހިފައިވާ މީހާއާ 3 ފޫޓު ކައިރީގައި އުޅޭ މީހުންނަށް ކަމަށް އެޕިޑޮމިލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ.

" އޭނަގެ ވަށައިގެން 3 ފޫޓުގެ ދުރުމިނެއްގައި ބަލި ފެތުރުމުގެ ފުރުސަތު މި އިންނަނީ، ބައެއް ކަހަލަ ބަލިތައް ހުންނާނެ ވައިގެ ތެރޭގައި ޖަރާސީމު ހިފާފައި ވައިގެ ތެރޭގައި ފްލޯޓު ވާ ކަހަލަ ބަލިތައް، އެކަމަކު މީ އޭގެ ބައްޔެއް ނޫން، މިބަލީގައި މި ހުންނަނީ ބަލި ޖެހޭ މީހާ ކެއްސާ ކިނބިހި އަޅާއިރު ބުރައިގެންދާ ތިކިތައް ނޫނީ ޖަރާސީމު ދާނެ، ސްޕްރެޑް ވާނެ ކަމަށް އަޅުގަނޑުމެންނަށް ކަށަވަރުވާ ދާއިރާއަކީ 3 ފޫޓް، އެހެންވީމާ 3 ފޫޓާ ހަމައަށް ގާތް ނުވާނަމަ އެއްވެސް އެހެން މީހަކަށް އޭގެ ދުރުގަ ތިބޭ އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ"

~ ޑރ އިބްރާހިމް އަފްޒަލް

1 ފެބްރުއަރީ 2020 | ހޮނިހިރު 12:14

11:56

ޒިހްނަތު ހަސަން

ވޫހާން ސިޓީން އެމެރިކާއަށް އަނބުރާ ގެނައި އެޤައުމުގެ ރައްޔިތުން ކަރަންޓީން ކުރަނީ

ޗައިނާގެ ވޫހާން ސީޓީން އަނބުރާ އެމެރިކާއަށް ގެނައި އެޤައުމުގެ 195 ރައްޔިތުން 14 ދުވަސްވަންދެން ކަރަންޓީން ކޮށްފައި ބޭތިއްބުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ވޫހާން ސިޓީގައި ތިބި މި މީހުން ގެނައި ފްލައިޓް ޖެއްސީ ކެލިފޯރނިއާގައި ހުންނަ އެޤައުމުގެ އަސްކަރިއްޔާގެ މަރުކަޒެއްގައެވެ. އެމެރިކާގެ ސެންޓަރ ޑީޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ ވޫހާން އިން ގެނައި މީހުން 14 ދުވަސްވަންދެން ކަރަންޓީން ކުރަން ސަރުކާރުން ނިންމީ އެޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި މި ކަރަންޓިން ކުރި މީހުންނަށް ޞިއްޙީ މާހިރުންގެ ބެލުމުގެ ދަށުން އެކަށީގެންވާ ކުއްލި ފަރުވާ ދެމުން އަންނަ ކަމަށެވެ. މިމީހުން ކަރަންޓީންކުރާ ކަން ހާމަކުރި ނަމަވެސް، މިއިން އެއްވެސް މީހަކު ނޮވެލް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވިކަމެއް އަދި ހާމަކޮށްްފައެއް ނުވެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 11:56

11:47

ޒިހްނަތު ހަސަން

ޗައިނާގެ ވުހާން ސިޓީގައި ތިބި އެމެރިކާ ރައްޔިތުން ގެންނަން އިތުރު ފްލައިޓްތައް ފޮނުވަނީ

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ބުނެފައިވަނީ، ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި އެމެރިކާ ރައްޔިތުން އެތަނުން ބޭރުކުރުމަށް އިތުރު ފްލައިޓުތައް ޗައިނާގައި ޖެއްސުމުގެ ހުއްދައަށް އެދިފައިވާކަމަށެވެ. އަދި މިކަމާއި ބެހޭ މަޝްވަރާތައް ޗައިނާގެ ކަމާއިގުޅޭ އޭޖެންސީތަކާއެކު ކުރަމުން އަންނަކަމަށެވެ. އެމެރިކާ ރައްޔިތުން ބޭލުމަށް ހަމަޖެހިފައިވަނީ ވޫހާންގެ ޓިއާންހޭ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އަދި ގެންދިއުމަށް ހަމަޖެހިފައިނީ ސީދާ އެމެރިކާގެ ނިއުޔޯކަށެވެ. ވޫހާން އިން ބާލާ ފްލައިޓަށް އެރުވުމުގެ ކުރިން މިއިން އެއްވެސް މީހެއްގެ ހަށިގަނޑުގައި ކޮރޯނާގެ އަލާމާތެއް ހުރިތޯ ބެލުމަށް ސްކްރީންކުރާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ބުނެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 11:47

11:42

ޒިހްނަތު ހަސަން

ޗައިނާއިން އަންނަ އެއްވެސް ފަތުރުވެރިއަކު އިރާޤަށް ނުވައްދަން އިރާޤު ސަރުކާރުން ނިންމައިފި

މިކަން ހާމަކޮށް އިރާޤު ސަރުކާރުން ބުނެފައިވަނީ، އިރާޤުގެ މައި ވައިގެ ބަނދަރުކަމަށްވާ "ބަޞްރާ އިންޓަރނޭޝަނަލް އެއަރޕޯރޓް" އަށް ޗައިނާއިން އަންނަ ސީދާ ފްލައިޓުތައްވެސް، އަދި ޓްރާންސިޓްކޮށްފައި އަންނަ ފްލައިޓުތައްވެސް ޖެއްސުމުގެ ހުއްދަ ނުދޭނެކަމަށެވެ. އަދި އެހެން ފްލައިޓުތަކުން އަންނަ ފަސިންޖަރުންގެތެރެއިން، ޗައިނާގެ ރައްޔިތުންނާއި، އަދި އެކި ބޭނުންތަކަށް ޗައިނާއަށް ދަތުރުކޮށްފައިވާ މީހުންވެސް އިރާޤަށް އެތެރެ ނުކުރާނެކަމަށެވެ. އެހެން ޤައުމުތަކުން އަންނަ މީހުންގެ "ޓްރެވެލް ހިސްޓްރީ" ބެލުމުގެ އިންތިޒާމު ހަމަޖައްސާ ޤަވާއިދުން މިހާރު އެކަން ކުރަމުން އަންނަ ކަމަށް އިރާޤުގެ ދައުލަތުގެ މީޑީއާއިން ބުނެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 11:42

11:34

ޒިހްނަތު ހަސަން

އެއްވެސް ބޭނުމެއް ޗައިނާއަށް ދަތުރު ނުކުރުމަށް ސައުދީ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި

އެއްވެސް ޙާލަތެއްގައި ޗައިނާގެ އެއްވެސް ޞަރޙައްދަކަށް ދަތުރު ނުކުރުމަށް ސައުދީ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ، ޗައިނާގައި ނޮވެލްކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާތީއެވެ. ދުނިޔޭގެ ހުރިހައި ޤައުމަކަށްވެސް ކޮރޯނާ ވައިރަސް ފެތުރެމުގެ ފުރުޞަތު އެބައޮތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކޮށްފައިވާތީ ސައުދީން ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. އަދި މިފަދައިން ނިންމީ މިދުވަސްވަރަކީ ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާއަށް ގިނަ ޢަދަދެއްގެ މުސްލިމުން ދަތުރުކުރަމުންދާތީކަމަށް ޚަބަރުލިބެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 11:34

11:30

ޒިހްނަތު ހަސަން

އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށްދާ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތް: ސައުދީ ހެލްތު މިނިސްޓަރ

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ޤައުމުތަކުން އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ ޢަރަބިއްޔާއަާށް ދަތުރުކުރަމުންދާ ދުވަސް ވަރަކަށް ވާތީ ސައުދީ ސަރުކާރުން ދަނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އަދި ސައުދީ ރައްޔިތުންނެކޭ އެއްފަދައިން އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަށް މިދުވަސްވަރު ދަތުރުކުރާ ފަރާތްތަކަށްވެސް ފަސޭހައިން މާސްކާއި، ބޭސް ލިބޭނެ ފަދަ އިންތިޒާމު ސައުދީ ސަރުކާރުން ހަމަޖައްސާފައިވާކަމަށް އެޤައުމުގެ ހެލްތު މިނިސްޓަރ ތައުފީޤް އަލް-ރާބިއާ ވަނީ ވިދާޅުވެފައެވެ.

އަދި އުމުރާއަށްދާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސައުދީގެ ޑިޒީސް ކޮންޓްރޯލް ޔުނިޓުން ޚާއްޞަ ސަމާލުކަމެއް ދީގެން ކަންކަން ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 11:30

11:28

ޒިހްނަތު ހަސަން

ސައުދީ އަރަބިއްޔާގައި އަދި ކޮރޯނާވައިރަސް ރެކޯޑުކުރެވިފައެއް ނެތް: ހެލްތު މިނިސްޓަރ

އެޤައުމުގެ ހެލްތު މިނިސްޓަރ ތައުފީޤް އަލް-ރާބިއާ ވިދާޅުވެފައިވަނީ، ޗައިނާއިން ސައުދީއަރަބިއްޔާގެ ވައިގެ ބަނދަރުތަކަށް ޖައްސާ ފްލައިޓުތަކުން އަންނަ ހުރިހައި ފަސިންޖަރުން ސަވައިލެންސް ޕްރޮގުރާމެއްގެ ދަށުން ސްކްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ 14 ދުވަހުގެ ތެރޭގައި ކުރިޔަށް ގެންދިޔަ ސްކްރީނިންގް ޕްރޮގުރާމުގެތެރެއިން، އެއްވެސް މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައި ނުވާކަމަށް ތައުފީޤް ވިދާޅުވިއެވެ. ޗައިނާއިން ސީދާ އަދި އެޤައުމުގައި ޓްރާންސިޓްކޮށްފައި އަންނަ ފްލައިޓްތަކުން ސައުދީއަށް އެތެރެވާ ފަސިންޖަރުން ސްކްރީން ކުރުމަށްފަހު، ޑޮކްޓަރެއްގެ އިރުޝާދުގެ މަތިން ނޫނީ އެތެރެއަށް ވަނުމުގެ ސައުދީން ސަރުކާރުން ހުއްދައެއް ނުދެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 11:28

11:25

ޒިހްނަތު ހަސަން

ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު 258 އަށް އަރައިފި

ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކާއި ޙަވަލާދީ ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިއްޔެ އެކަނިވެސް ނޮވެލް ކޮރޯނާވައިރަސްގައި 45 މީހުން ވަނީ މަރުވެފައެވެ. މި 45 މީހުންވެސް ނިޞްބަތް ވަނީ ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ހުބެއި ޕްރޮވިންސަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ޗައިނާގެ ޕްރޮވިންސިއަލް ކޮމިޝަނުން ހާމަކުރާގޮތުގައި، ހުބެއި ޕްރޮވިންސްގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރިނަމަވެސް، ކޮންޓްރޯލްވުމެއް ނެތި ނޮވެލް ކޮރޯނާވައިރަސް ދަނީ ފެތުރެމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް އެޕްރޮވިންސުން 1،347 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 11:25

00:15

އަމަން ހަލީމް

ޓެސްޓުގެ ނަތީޖާ އާދިއްތަ ދުވަހު ލިބޭނެ

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާގެ ޓެސްޓުގެ ނަތީޖާ އާދިއްތަ ދުވަހު ލިބޭނެއެވެ. ޓެސްޓް ކުރަނީ ޕޫނޭއިންނެވެ. ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސާމްޕަލް ލެބޯޓަރީއަށް ދާނެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 00:15

00:09

އަމަން ހަލީމް

ޝައްކުކުރެވޭ މީހާ ގެއަށް ދިޔައީ ކާރެއްގައި

ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން އައިސޮލޭޓް ކޮށްފައި ހުރި ޒުވާނާ، އެއަރޕޯޓުން ގެޔަށް ދިޔައީ ކާރެއްގައި ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގގެ ދަށުން އޭނާ ދިޔަ ހުރިހާ ތަނަކާއި ދަތުރުކުރި ހުރިހާ ފަރާތެއް މޮނީޓަރ ކުރެވި ބައްޔަށް ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭތޯ ބަލާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

އޭނާއަކީ ހެލްތް ޕްރޮފެޝަނަލްއެއް ކަމަށާއި، ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔައީ ހިނގާފައި ސެނަހިޔާ ހޮސްޕިޓަލަށެވެ. އާއިލާގެ އެންމެން ތިބީ ބަލާ މިންގަނޑުގެ ތެރޭގައި ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 00:12

00:07

އަމަން ހަލީމް

އައިސޮލޭޝަންގައި ހުރި ޒުވާނާގެ ޓެސްޓް ނަތީޖާ ލިބޭނީ ދެތިން ދުވަސް ފަހުން

ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން މިހާރު އައިސޮލޭޝަންގައި ހުރި ޒުވާނާގެ ޓެސްޓުގެ ނަތީޖާ ދެތިން ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ. ޑޮކްޓަރުންގެ ޓީމަކުން ޕޭޝަންޓުގެ ހާލަތު މޮނީޓަރ ކުރަމުންދާ ކަމަށާއި، އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 00:07

00:04

އަމަން ހަލީމް

އާންމުން އަދި މާސްކް އަޅާ ހިސާބަކަށް ނުދޭ

އާންމު ރައްޔިތުން އަދި މާސްކު އަޅާ ހިސާބަކަށް ނުދާކަމަށް ކޮރޯނާވައިރަސް ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވެއްޖެއެވެ. މިހާރު ހޮސްޕިޓަލުތަކުގައިވެސް، މާސްކު އަޅަމުން ގެންދަނީ ގިނަ ޕޭޝަންޓުންނާ މުއާމަލާތްކުރަންޖެހޭ ތަންތަނުގައި އެކަނިކަމަށް އަލީ ލަތީފް ވިދާޅުވިއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 00:04

23:55

އަމަން ހަލީމް

ޝައްކުކުރެވޭ މީހަކު ނެތަސް، އިތުރު ދެ މީހަކު މޮނިޓަރ ކުރަމުން އެބަދޭ

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ނެތަސް، ބަލީގެ އަލާމާތެއް ފެނޭތޯ އިތުރު ދެ މީހަކު މޮނީޓަރ ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ. އަދި އެއީ އަމިއްލައަށް ހޮސްޕިޓަލަށް އައި ދެ މީހުން ކަމަށާއި، އެ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.

31 ޖެނުއަރީ 2020 | ހުކުރު 23:55

23:52

އަމަން ހަލީމް

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާގެ ފުށުން ކްލިނިކަލް ފަރުވާދޭ ވަރުގެ ކަމެއް ނުފެނޭ

ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން މިހާރު އައިސޮލޭޓް ކޮށްފައި ހުރި 20 އަަހަރުގެ ޒުވާނާއަށް، ކްލިނިކަލް ފަރުވާ ދޭން ޖެހޭ ވަރުގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ، އޭނާގެ ހާލު ރަނގަޅުކަމަށާއި، ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން އޭނާއަށް ދޭންޖެހޭ ފަރުވާ ދޭނެކަމަށް މައުލޫމާތު ދެއްވާފައެވެ.

31 ޖެނުއަރީ 2020 | ހުކުރު 23:52

23:48

އަމަން ހަލީމް

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ރާއްޖެއިން ނުފެނޭ

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ނުފެންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވަނީ، އިތުރު ކޭސްއެއް މިހާތަނަށް ފެނިފައިނުވާ ކަމަށާއި، އިތުރު މީހަކަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް ފެނިއްޖެނަމަ އެ މައުލޫމާތު އާންމުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 23:48

20:57

އާއިޝަތު ޝިއުރާ

ޓޯކިޔޯގައި މިއަހަރު ބާއްވާ އޮލިމްޕިކްސް ގޭމްސް ކެންސަލް ނުކުރާކަމަށް އެގައުމުން ބުނެފި

ޓޯކިޔޯގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް ކެންސަލް ނުކުރާކަމަށް އެގައުމުން ބުނެފި އެވެ.

އޮލިމްޕިކްސް ގޭމް ނުބާއްވާވާހަކަތަކަށް ރައްދު ދެއްމުން މިގޭމްސް އޯގަނައިޒް ކުރާ ފަރާތްތަކުން ބުނީ ގޭމް ކެންސަލް ކުރުމާމެދު މަޝްވަރާ ނުކުރާކަމަށެވެ. އަދި އޮލިމްޕިކް ގޭމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް އެމީހުން ވަނީ ބުނެފަ އެވެ.

އޮލިމްޕިކް ގޭމްސް ކުރިޔަށްދާނީ މިއަހަރުގެ ޖުލައި 24 ން އޮގަސްޓް 9 އަކަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 23:45

20:49

އާއިޝަތު ޝިއުރާ

ކުރިޔަށް އޮތް މަސްތަކުގައި ކޮރޯނާވައިރަސް އަށް ވެކްސިން އެއް އުފެއްދޭނެ ކަމަށް ޖަރމަނީން ބުނެފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި ވެކްސިން އެއް އުފެއްދޭނެކަމަށް ޖަރމަނީގެ ރިސަރޗް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ރިސަރޗް މިނިސްޓާރ ވިދާޅުވީ މިވައިރަސް އަށް ވީ އެންމެ އަވަހަށް ވެކްސިން އެއް އުފެެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 20:49

20:45

އާއިޝަތު ޝިއުރާ

ޗައިނާއިން އަންނަ ސީދާ ފްލައިޓްތައް ޕާކިސްތާނުން މެދުކަނޑާލައިފި

ޗައިނާއިން ޕާކިސްތާނަށް ސީދާ އަންނަ ފްލައިޓްތައް ޕާކިސްތާނުން މެދުކަނޑާލައިފި އެވެ.

ފެބްރުއަރީ 2 އާ ހަމައަށް މިފްލައިޓްތައް މެދުކަނޑާލާފައިވާކަމަށް ޕާކިސްތާނުން ބުނެ އެވެ. އެގޮތުން ޗައިނާއަށް ދާ ފްލައިޓްތަކާއި ޗައިނާއިން އަންނަ ފްލައިޓްތަކުގެ ދަތުރުތައް މެދުކަނޑާލާފައިވާކަމަށް އެގައުމުން ބުނެއެވެ. ފްލައިޓްތައް މެދުކަނޑާލި ސަބަބެއް އަދި ފެބްރުއަރީ މަހުގެ 2 ން ފެށިގެން ފްލައިޓްތައް އަލުން ފަށާނެކަމެއް ޕާކިސްތާނުން ހާމައެއް ނުކުރެއެެވެ.

31 ޖެނުއަރީ 2020 | ހުކުރު 20:45

20:40

އާއިޝަތު ޝިއުރާ

ޗައިނާގައި ތިބި ރަޝިޔާގެ ރައްޔިތުން އެގައުމަށް ގެނައުމުގެ މަސައްކަތް ރަޝިޔާއިން ފަށައިފި

ޗައިނާގައި ތިބި ރަޝިޔާގެ މީހުން އަނބުރާ ރަޝިޔާއަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާއިން ބުނީ ހޮނިހިރު ދުވަހު އެމީހުން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މިހާތަނަށް އާއިރު ރަޝިޔާއިން ވަނީ ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފަ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 20:40

20:38

އާއިޝަތު ޝިއުރާ

ވުހާންއިން އަންނަ އިނގިރޭސިވިލާތުގެ 83 މީހުންނާއި އެހެން ގައުމުތަކުގެ 27 މީހުން އަންނަ ފްލައިޓް އިނގިރޭސިވިލާތުގައި ޖައްސައިފި

ވުހާންއިން އަންނަ އިނގިރޭސިވިލާތުގެ 83 މީހުންނާއި އެހެން ގައުމުތަކުގެ 27 މީހުން އަންނަ ފްލައިޓް އިނގިރޭސިވިލާތުގައި ޖައްސައިފި އެވެ.

އިނގިރޭސިވިލާތުން ބުނީ މިމީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކޮށްފައި ބައިތިއްބާނެ ކަަމަށެވެ. ސްޕެއިނުން ވަނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުން އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ގެންނާނެ ކަމަށް ބުނެފަ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 20:38

20:36

އާއިޝަތު ޝިއުރާ

އިންޑިޔާއިން މާސްކު އެކްސްޕޯޓް ކުރުން މަނާކޮށްފި

ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކަމުން ސަލާމަތްވުމަށް ބޭނުންކުރާ މާސްކާއި އެހެނިހެން ތަކެތި އެކްސްޕޯޓު ކުރުން އިންޑިޔާއިން މަނާކޮށްފި އެވެ.

މިހާތަނަށް އާއިރު އިންޑިޔާއިން ވަނީ މިވައިރަސްގެ އަސަރު އެކެއްގެ ގައިން ފެނިފަ އެވެ. މީގެއިތުރުން އެގައުމުން އަންނަނީ ޗައިނާގައި ތިބި އެގައުމުގެ 400 މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

31 ޖެނުއަރީ 2020 | ހުކުރު 20:36

20:31

އާއިޝަތު ޝިއުރާ

މިހާތަނަށް އާއިރު 62 ގައުމަކުން ޗައިނާ މީހުން އެގައުމުތަކަށް އައުމާމެދު އެކިކަހަލަ ފިޔަވަޅު އަޅާފައިވޭ

ކޮރޯނާވައިރަސް އެންމެ ބާރު މިނުގައި ފެތުރެމުންދާ ޗައިނާގެ ރައްޔިތުން އެކިގައުމުތަކަށް ދިޔުމާމެދު މިހާތަނަށް އާއިރު 62 ގައުމަކުން ވަނީ އެކިކަހަލަ ފިޔަވަޅުތައް އަޅާފަ އެވެ.

މީގެތެރެއިން 6 ގައުމަކުން ވަނީ ޗައިނާ މީހުންނަށް ވިސާ ދޫކުރުމާމެދު ފިޔަވަޅުތައް އަޅާފައެވެ. ހަތަރު ގައުމަކުން ވަނީ އެގައުމުތަކަށް ޗައިނާގެ ރައްޔިތުން އެރުން މަނާކޮށްފަ އެވެ. ފަސް ގައުމަކުން ވަނީ ހޫބޭ އާއި ފާއިތުވި ދުވަސްތަކުގައި ހޫބޭ އަށް ދަތުރުކޮށްފައިވާ މީހުންނަށް އެގައުމުތަކަށް ވަނުމާމެދު އެކިކަހަލަ ފިޔަވަޅުތައް އަޅާފަ އެވެ.

47 ގައުމަކުން ވަނީ ޗައިނާގެ ރައްޔިތުން އެގައުމުތަކަށް ވަންނައިރު ސްކްރީން ކުރުމާއި އެކިކަހަލަ ސިއްހީ ޓެސްޓުތައް ކުރުމުގެ ކަންކަން ހަމަޖައްސާފަ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 20:31

19:37

އާއިޝަތު ޝިއުރާ

ކޮރޯނާވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް އެމްއެމްސީ އާއި ބްރޯޑްކޮމް އިން އެދެފި

ކޮރޯނާވައިރަހާއި ނުރައްކާތެރި ބަލިތަކާއި ބެހޭ މައުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން(ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ން އިލްތިމާސްކޮށްފި އެވެ.

މިދެތަނުން އެގޮތަށް އިލްތިމާސްކޮށްފައިވަނީ ވަކިވަކިން ނެރުނު ބަޔާން ތަކުގަ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 19:37

19:25

އާއިޝަތު ޝިއުރާ

ޖަރމަނީން ކުޑަކުއްޖެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ޖަރމަނީން ކުޑަކުއްޖެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

އެއާއެކު އެގައުމުން ވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު މިވަނީ 6 ށް އަރާފަ އެވެ. މިކުޑަކުއްޖާއަކީ ކުރިން ވައިރަސްގެ އަސަރު ފެނުނު ހަތަރު މީހުންގެ ތެރެެއިން އެކެއްގެ ދަރި އެކެވެ. ވައިރަސްގެ އަސަރު ފެނިފައިވާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 19:25

18:36

އާއިޝަތު ޝިއުރާ

ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ

ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކުރެއްވި ޓްވީޓް ވިދާޅުވީ ޗައިނާގެ ހުންނަވާ ރާއްޖޭގެ އެމްބަސެޑަރ އާއި ގުޅުއްވާ ޗައިނާގައި ތިބި ދިވެހިންގެ ހާލު ބައްލަވާފައިވާ ކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:36

18:26

އާއިޝަތު ޝިއުރާ

ބެއިޖިންގ ގައި ހުރި ކުންފުނިތައް ހުޅުވޭނީ ފެބްރުއަރީ މަހުގެ 10 ގައި

ޗައިނާގައި ވެރިރަށް ބެއިޖިންގ ގައި ހުރި ކުންފުނިތައް ހުޅުވޭނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައި ކަމަށް އެގައުމުން ބުނެފި އެވެ. ޗައިނާގައި ބާރު މިނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގެ އޮފީސްތަކާއި ކުންފުނިތައްވަނީ ބަންދުކޮށްފަ އެވެ. ސަރުކާރުގެ މިނިންމުން އެގައުމުގެ ސަރުކާރު ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކުން އަމަލު ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އަސާސީ ޚިދުމަތްދޭ ތަންތަނާއި ސިއްހީކަންކަމާއި ބޭސްފަރުވާ އާއި ގުޅުންހުރި ސުޕަރމާކެޓްތަކާއި ކުންފުނިތަކުން މިނިންމުމަށް އަމަލުކުރާކަށް ނުޖެހޭނެ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:26

18:21

އާއިޝަތު ޝިއުރާ

ސައުތުއޭޝިޔާ ގައުމުތަކުގައި ތިބި ހޫބޭ ޕްރޮވިންސްގެ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފި

ސައުތުއޭޝިޔާ ގައުމުތަކުގައި ހޫބޭ ޕްރޮވިންސްގެ މީހުން އަނބުރާ ޗައިނާއަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެކަމަށްޓަކައި ޗައިނާއިން ވަނީ ދެ ފްލައިޓް ޗާޓަރުކޮށްފަ އެވެ. 217 މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ގައުމުތަކުން ޗައިނާއަށް ދާ ފްލައިޓްތަކާއި އަންނަ ފްލައިޓްތައް ކެންސަލް ކުރަމުންދާތީ އެހެން ގައުމުތަކުގައި ތިބި ޗައިނާގެ ރައްޔިތުންނަށް ވަނީ އަނބުރާ ގައުމަށް ދިޔުމަށް ދަތިތަކާ ކުރިމަތިވެފަ އެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:21

18:11

އާއިޝަތު ޝިއުރާ

ރަޝިޔާއިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ފުރަތަމަ ދެ މީހުން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ރަޝިޔާގެ ދެ މީހެއްގެ ގައިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

ފުރަތަމަ ފަހަރަށް ރަޝިޔާއިން ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ މީހުން ފެނިފައިވާއިރު މި ދެ މީހުންނަކީވެސް ޗައިނާގެ ދެ މީހުންކަމަށް ރަޝިޔާއިން ބުނެއެވެ. މިތަނުން އެކަކު ފެނިފައިވަނީ ޗައިނާ ބޯޑަރ ކައިރިންކަމަށާއި އަނެކަކު ފެނިފައިވަނީ ކަޒަކިސްތާނު ބޯޑަރ ކައިރިން ކަަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 18:11

17:52

އާއިޝަތު ޝިއުރާ

ޗައިނާގައި ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 9800ށް ވުރެ މަތި ، މަރުވި މީހުންގެ އަދަދު 213 ގައި

ޗައިނާގައި ކޮރޯނާވައިރަސްގެ އަސަރު ކޮށްގެން މިހާތަަނަށް ޔަގީންވެފައިވަނީ 9800 މީހުންގެ ގައިން ކަމަށް އެގައުމުން ބުނެފި އެވެ.

އދ އަށް ކަނޑައަޅާފައި ހުންނަ ޗައިނާގެ މަންދޫބު ވިދާޅުވެފައިވަނީ ވައިރަސްގެ އަސަރުކޮށްފައިވާ ޖުމްލަ އަދަދަކީ 9809 ކަމަށެވެ. މީގެތެރެއިން 1527 ކޭސް އަކީ ކްރިޓިކަލް ހާލަތުގައި ތިބި މީހުން ކަމަށާއި 15،238 މީހުންނަކީ ޝައްކުކުރެވޭ މީހުން ކަމަށެވެ. މިވައިރަސްގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު އުޅެނީ 213 ގައެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:52

17:48

އާއިޝަތު ޝިއުރާ

ޖަޕާނުން 17 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ޔަގީންކޮށްދީފި

ޖަޕާނުން 17 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ކަށަވަރުކޮށްދީފި އެވެ.

އަލަށް ފެނުނު ތިން މީހުންގެ ތެރެއިން އެކަކީ ބަސް ގައިޑެކެވެ. އަނެއް ދެމީހުންނަކީ ވުހާން އިން އެގައުމަށް އައި ޖަޕާނުގެ ދެމީހުންނެވެ. މި ދެމީހުންނަކީ ވުހާންގައި ތިބި ޖަޕާނުގެ މީހުން ގެނައުމަށް އެގައުމުގެ ސަރުކާރުން ފޮނުވި ފްލައިޓުން އަނބުރާ ގައުމަށް އައި ދެ މީހުންނެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:48

17:44

އާއިޝަތު ޝިއުރާ

ވުހާންގައި ތިބި އިންޑިޔާގެ 400 މީހުން އިންޑިޔާއަށް ގެންނަނީ

ވުހާންގައި ތިބި އިންޑިޔާގެ 400 މީހުން ގެނައުމަށް ހުކުރު ދުވަހު ޚާއްސަ ފްލައިޓެއް ވުހާން އަށް ދިޔުމަށް ފުރާނެ ކަމަށް އެގައުމުން ބުނެފި އެވެ.

މިމީހުންނަށް އިންޑިޔާއަށް އާދެވޭނީ އާދިއްތަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ކަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:44

17:40

އާއިޝަތު ޝިއުރާ

ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސްވަނަ މީހާ ޖަރމަނީން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ޖަރމަނީގެ ފަސް ވަނަ މީހެއްގެ ގައިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސް ވަނަ މީހާއަކީ ކުރިން އެވައިރަސްގެ އަސަރު ފެނުނު ހަތަރު މީހުންނާއެކު މަސައްކަތްކުރަމުންދިޔަ މީހެއްކަމަށް އެގައުމުން ބުނެއެވެ. ވައިރަސްގެ އަސަރު ފެނުނު މީހުންނާ ގުޅުންހުރި 110 މީހުންވެސް އަންނަނީ މިވައިރަސްގެ އަސަރު ހުރިތޯ ޓެސްޓްކުރަމުން ކަމަށް އެގައުމުން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:40

17:36

އާއިޝަތު ޝިއުރާ

ތައިލެންޑުން އިތުރު ފަސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ތައިލެންޑުން އިތުރު ފަސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެއާއެކު އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު 19 ށް އެރީއެވެ.

އެންމެފަހުން މިފެނުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ވުހާންގެ ހަތަރު މީހުންނެވެ. ފަސް ވަނަ މީހަކީ ތައިލެންޑްގެ ޓެކްސީ ޑްރައިވަރެކެވެ. މިއީ ތައިލެންޑުން ޗައިނާއަށް ނުގޮސް ވައިރަސްގެ އަސަރު ފެނުނު ފުރަތަމަ މީހާއެވެ. ތައިލެންޑުން މިވައިރަސްގެ އަސަރު ފެނުނު 19 މީހުންގެ ތެރެއިން 2 މީހުންނަކީ ތައިލެންޑުގެ މީހުންނެވެ. މިހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށް ތައިލެންޑްގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެއެވެ.

މިހާރު ހޮސްޕިޓަލްގައި ތިބީ 12 މީހުންކަމަށް މިނިސްޓްރީން ބުނެއެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:36

17:28

އާއިޝަތު ޝިއުރާ

ކޮރޯނާވައިރަސް އާ ގުޅިގެން އިޓަލީން އިމަރޖެންސީ އިއުލާންކޮށްފި

ކޮރޯނާވައިރަސް ފެތުރެމުންދާތީ އިޓަލީ ސަރުކާރުން އެގައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި އެވެ.

އިޓަލީގެ ރޯމުން މިހާތަނަށް ވަނީ ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ދެ މީހަކު ފެނިފަ އެވެ. އިޓަލީން ވަނީ ޗައިނާއަށް ދާ ހުރިހާ ފްލައިޓްތަކާއި ޗައިނާއިން އަންނަ ހުރިހާ ފްލައިޓްތަކެއް ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލާފަ އެވެ. އިޓަލީން ކޮރޯނާވައިރަސްގެ އަސަރު ފެނުނީ އެގައުމަށް ގޮސް އުޅުނު ޗައިނާގެ ދެ ޓޫރިސްޓެއްގެ ގައިންނެވެ.

31 ޖެނުއަރީ 2020 | ހުކުރު 17:28

15:18

އަބުދުﷲ ނަސީރު އިބްރާހިމް

ކޮރޯނާވައިރަސްގެ ނުރައްކަލާ ގުޅިގެން ހޮންގ ކޮންގގެ ސްކޫލްތައް ބަންދުކޮށްފި

ނުރައްކާތެރި ކޮރޯނާވައިރަސް ހަލުވިމިނެއްގައި ފެތުރެމުން ދިއުމާއި ގުޅިގެން، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހޮންގ ކޮންގްގެ ސްކޫލްތައް ބަންދުކުރަން ނިންމައިފިއެވެ. ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރެއްވީ، ހޮންގ ކޮންގގެ ޗީފް އެގްޒެކެޓިވް ކެރީ ލޭމްއެވެ. އެގައުމުގެ ހުރިހާ ސްކޫލެއް މަރޗް މަހުގެ ދެވަނަ ދުވަހާ ހަމަައަށް ބަންދުވާނެ ކަމަށް އެކަމަނާ ވަނީ އިިއުލާންކުރައްވާފައެވެ.

ލޭމް ވަނީ ރައްކާތެރިވުމުގެ ގޮތުން ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވައިރަސް އިތުރަސް ފެތުރުނަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އެ ސަރަހައްދުގެ ރައްޔިތުންނަށް އެކަމަނާ ވަނީ އަރުވާފައެވެ. ސްކޫލްތައް އަލުން ހުޅުވާނެ ދުވަހަކާ މެދު ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ހާލަތު އޮތް ގޮތަށް ބެލުމަށް ފަހު، މަރޗް މަހުގެ ތެރޭގައި އެ ނިންމުން މުރާޖާ ކުރައްވާނެ ކަމަށެވެ.

31 ޖެނުއަރީ 2020 | ހުކުރު 15:18

14:52

އަމަން ހަލީމް

އިނިގިރޭސިވިލާތުން ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސިވިލާތުން ކޮރޯނާވައިރަސްއަށް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސަރު ކަށަވަރުކޮށްދެއްވައިފިއެވެ. މިވައިރަސް ފެނިފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ކަމަށާއި، އެ ދެ މީހުންނަށް މިހާރު ހޮސްޕިޓަކުގައި ފަރުވާދެމުން އަންނަ ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

31 ޖެނުއަރީ 2020 | ހުކުރު 14:52

14:28

އަމަން ހަލީމް

ނޮވެލް ކޯރޯނާވައިރަސްއަށް ޝައްކުކުރެވޭ ލައްކައަކަށް ވުރެ ގިނަ މީހުން އޮބްޒަވޭޝަންގައި!

ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވިގެން ޖުމްލަ 102،000 އަށް ވުރެ ގިނަ މީހުން އޮބްޒަވޭޝަންގައި ތިބިކަމަށް ޗައިނާއިން މައުލޫމާތު ދީފިއެވެ. ބުދަ ދުވަހުގެ ނިޔަލަށް، މިވައިރަސް ޗައިނާގެ 31 ޕްރޮވިންސަކަށް ފެތުރިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބައިނަލްއަގްވާމީ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއީ ބައިނަލްއަގްވާމީ ސިއްހީ ކާރިސާއެއް ކަމަށް ބުރާސްފަތި ދުވަހު ކަނޑައަޅާފައިވާއިރު، ޖުމްލަ 22 ގައުމަކުން މިބަލި ވަނީ ފެނިފައެވެ. ބަލި އިތުރަށް ފެތުރުނަނުދީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ގައުމުތަކަކުން ވަނީ ޗައިނާއަށް ދަތުރުކުރުން މަނާކޮށް، އެގައުމުން އަންނަ ފްލައިޓްތައް އައުންވެސް މަނާކޮށްފައެވެ.

31 ޖެނުއަރީ 2020 | ހުކުރު 14:28

މުހައްމަދު ފަޒީން

IamFazeen

އައިޝަތު ޝާނީ

Shaaknee

އަބުދުﷲ ނަސީރު އިބްރާހިމް

DeNaseer

އަޒްލިފާ އަބްދުﷲ

AzuAzlifa

ސިމާހާ ނަސީމް

sim_kamana

އަމްނާ އިމާދު

amnabinthimad

އަލީ ސަމާޚް

AliSamah8

ދާނިޝް ނިޡާމް

Dhaanish_Nizam

އަމަން ހަލީމް

soupized

ލައިޝާ އަހްމަދު

LailaAhmeds

އަތޫފް އާތިފް

AthifAthoof

އުމްނާ އިސްމާއިލް

UmnaIsmail

ޒިހްނަތު ހަސަން

ziyo_mv

ހުސެއިން މަޚްތޫމް

@makhuthoom

އާއިޝަތު ޝިއުރާ

@schewra

ހުސައިން ފަރިޔާޒް

FariyaaxYaax

އިސްމާޢީލް ޝާހް

ismaelschurh

13:09
އިގިރޭސި ވިލާތުން ވެސް ކޮރޯނާވައިރަސް ފެނިއްޖެ
12:59
އެންމެ ފަހުގެ ކްރައިޓީރިއާއިން ކޮރޯނާއަށް ޝައްކު ކުރާ މިންގަނޑުތައް
12:53
2021 އަށް ކޮރޯނާވައިރަސް ވެކްސިން އުފެއްދިދާނެކަމުގެ އުންމީދު ބޮޑު: ޕެސްޓަރ އިންސްޓިޓިއުޓް
12:44
އިންޑިއާއިން މާސްކް އެކްސްޕޯޓް ކުރުން ހުއްޓާލައިފި
12:44
ސީޑީސީ އެމެރިކަން ގައިޑްލައިނުން ބުނާ ގޮތުންނަމަ، މާސްކް އަޅަން ޖެހޭ ފަރާތްތައް
12:37
ކޮރޯނާ ވައިރަސް ދެނެގަތުމުގައި ރާއްޖެއިން އަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް
12:35
ކޯރޯނާވައިރަސް އަށް ފަރުވާދޭ "ފީލްޑް ހޮސްޕިޓަލް" އެއް ޗައިނާއަށް ދޭން ބޭނުންވާކަން ޕާކިސްތާނުން ހާމަކޮަށްފި
12:32
ވަރަށް އާދައިގެ ކަންކަމުން ކޮރޯނާ ވައިރަސްއިން ދުރުހެލި ވެވިދާނެ
12:24
ރާއްޖޭގައި ކޮރޯނާގެ ކޮންފާރމްޑް ކޭސް އެއްވެސް އަދި ސީރިއަސް ކޭސް އެއްވެސް ނެތް
12:19
ކޮރޯނާ ވައިރަސްއަށް ވަކި ޚާއްސަ ފަރުވާއެެއް އަދި ނެތް
12:14
ޗައިނާއިން 200 މިލިއަން މާސްކް ތުރުކީން ގަންނަނީ
12:04
އަރިދަފުސް ރޯގާ ޖެހިފައިވަ ކޮންމެ މިހަކީ ކޮރޯނާވައިރަސް ޖެހިފައިވާ މީހެއް ނޫން: ޑރ މުހައްމަދު އަލީ
12:02
ސައިޕްރަސްގައި ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކަށް ފަރުވާދޭން ފަށައިފި
12:01
ކޮރޯނާވައިރަސްގެ ބިރު އޮންނާނީ ބަލިޖެހިފައިވާ މީހާއާ 3 ފޫޓު ކައިރީގައި އުޅޭނަމަ
11:56
ވޫހާން ސިޓީން އެމެރިކާއަށް އަނބުރާ ގެނައި އެޤައުމުގެ ރައްޔިތުން ކަރަންޓީން ކުރަނީ
11:47
ޗައިނާގެ ވުހާން ސިޓީގައި ތިބި އެމެރިކާ ރައްޔިތުން ގެންނަން އިތުރު ފްލައިޓްތައް ފޮނުވަނީ
11:42
ޗައިނާއިން އަންނަ އެއްވެސް ފަތުރުވެރިއަކު އިރާޤަށް ނުވައްދަން އިރާޤު ސަރުކާރުން ނިންމައިފި
11:34
އެއްވެސް ބޭނުމެއް ޗައިނާއަށް ދަތުރު ނުކުރުމަށް ސައުދީ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި
11:30
އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށްދާ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތް: ސައުދީ ހެލްތު މިނިސްޓަރ
11:28
ސައުދީ އަރަބިއްޔާގައި އަދި ކޮރޯނާވައިރަސް ރެކޯޑުކުރެވިފައެއް ނެތް: ހެލްތު މިނިސްޓަރ
11:25
ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު 258 އަށް އަރައިފި
00:15
ޓެސްޓުގެ ނަތީޖާ އާދިއްތަ ދުވަހު ލިބޭނެ
00:09
ޝައްކުކުރެވޭ މީހާ ގެއަށް ދިޔައީ ކާރެއްގައި
00:07
އައިސޮލޭޝަންގައި ހުރި ޒުވާނާގެ ޓެސްޓް ނަތީޖާ ލިބޭނީ ދެތިން ދުވަސް ފަހުން
00:04
އާންމުން އަދި މާސްކް އަޅާ ހިސާބަކަށް ނުދޭ
23:55
ޝައްކުކުރެވޭ މީހަކު ނެތަސް، އިތުރު ދެ މީހަކު މޮނިޓަރ ކުރަމުން އެބަދޭ
23:52
ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާގެ ފުށުން ކްލިނިކަލް ފަރުވާދޭ ވަރުގެ ކަމެއް ނުފެނޭ
23:48
ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ރާއްޖެއިން ނުފެނޭ
20:57
ޓޯކިޔޯގައި މިއަހަރު ބާއްވާ އޮލިމްޕިކްސް ގޭމްސް ކެންސަލް ނުކުރާކަމަށް އެގައުމުން ބުނެފި
20:49
ކުރިޔަށް އޮތް މަސްތަކުގައި ކޮރޯނާވައިރަސް އަށް ވެކްސިން އެއް އުފެއްދޭނެ ކަމަށް ޖަރމަނީން ބުނެފި
20:45
ޗައިނާއިން އަންނަ ސީދާ ފްލައިޓްތައް ޕާކިސްތާނުން މެދުކަނޑާލައިފި
20:40
ޗައިނާގައި ތިބި ރަޝިޔާގެ ރައްޔިތުން އެގައުމަށް ގެނައުމުގެ މަސައްކަތް ރަޝިޔާއިން ފަށައިފި
20:38
ވުހާންއިން އަންނަ އިނގިރޭސިވިލާތުގެ 83 މީހުންނާއި އެހެން ގައުމުތަކުގެ 27 މީހުން އަންނަ ފްލައިޓް އިނގިރޭސިވިލާތުގައި ޖައްސައިފި
20:36
އިންޑިޔާއިން މާސްކު އެކްސްޕޯޓް ކުރުން މަނާކޮށްފި
20:31
މިހާތަނަށް އާއިރު 62 ގައުމަކުން ޗައިނާ މީހުން އެގައުމުތަކަށް އައުމާމެދު އެކިކަހަލަ ފިޔަވަޅު އަޅާފައިވޭ
19:37
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް އެމްއެމްސީ އާއި ބްރޯޑްކޮމް އިން އެދެފި
19:25
ޖަރމަނީން ކުޑަކުއްޖެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ
18:36
ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ
18:26
ބެއިޖިންގ ގައި ހުރި ކުންފުނިތައް ހުޅުވޭނީ ފެބްރުއަރީ މަހުގެ 10 ގައި
18:21
ސައުތުއޭޝިޔާ ގައުމުތަކުގައި ތިބި ހޫބޭ ޕްރޮވިންސްގެ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފި
18:11
ރަޝިޔާއިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ފުރަތަމަ ދެ މީހުން ފެނިއްޖެ
17:52
ޗައިނާގައި ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 9800ށް ވުރެ މަތި ، މަރުވި މީހުންގެ އަދަދު 213 ގައި
17:48
ޖަޕާނުން 17 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ޔަގީންކޮށްދީފި
17:44
ވުހާންގައި ތިބި އިންޑިޔާގެ 400 މީހުން އިންޑިޔާއަށް ގެންނަނީ
17:40
ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސްވަނަ މީހާ ޖަރމަނީން ފެނިއްޖެ
17:36
ތައިލެންޑުން އިތުރު ފަސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ
17:28
ކޮރޯނާވައިރަސް އާ ގުޅިގެން އިޓަލީން އިމަރޖެންސީ އިއުލާންކޮށްފި
15:18
ކޮރޯނާވައިރަސްގެ ނުރައްކަލާ ގުޅިގެން ހޮންގ ކޮންގގެ ސްކޫލްތައް ބަންދުކޮށްފި
14:52
އިނިގިރޭސިވިލާތުން ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ
14:28
ނޮވެލް ކޯރޯނާވައިރަސްއަށް ޝައްކުކުރެވޭ ލައްކައަކަށް ވުރެ ގިނަ މީހުން އޮބްޒަވޭޝަންގައި!