ކޮވިޑް-19: އެންމެ ފަހުގެ

18,670,773
  • ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނީ ކިހާ އަވަހަކަށް؟
  • ބީއެމްއެލްގެ ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ގައި ހުޅުވާނެ
  • ބްރާންޗަށް ވަޑައިގެންނެވުމުގެ ބަދަލުގައި އިންޓަރނެޓް ބޭންކިންގ އަދި އޭޓީއެމް ބޭނުންކުރައްވާ: ބީއެމްއެލް
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނީ ކިހާ އަވަހަކަށް؟

ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔޭގައި ހަލުއި ކަމާއެކު ދަނީ ފެތުރެމުންނެވެ. ހުސްވި އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން އިން ތައާރަފްވި މި ބަލި އެންމެ 3 މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ބަލި ވަނީ ޖެހިފައެވެ. މި ނުރައްކަލުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ކޮޅެއް، މެދެއް ފެންނާކަށް ނެތެވެ. މިހާރު އުފެދެނީ އެންމެ ސުވާލެކެވެ. މި ބައްޔަށް ވެކްސިންއެއް އުފެއްދޭނީ ކިހާ ދުވަހަކުން ބާވައޭ، އަދި އޭގެ އަގަކީ ކޮބައިބާވައޭ؟

5 އޭޕްރިލް 2020 | އާދީއްތަ 22:20
Writer Profile Picture
ޒިހްނަތު ހަސަން
ބީއެމްއެލްގެ ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ގައި ހުޅުވާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބާޒާރު ބްރާންޗް ފިޔަވައި އެހެން ހުރިހާ ބްރާންޗާއި ސަރވިސް ސެންޓަރުތައް މިމަހުގެ 6 ، 7 އަދި 9 ވަނަ ދުވަހު ހުޅުވާނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 22:20
Writer Profile Picture
ޒިހްނަތު ހަސަން
ބްރާންޗަށް ވަޑައިގެންނެވުމުގެ ބަދަލުގައި އިންޓަރނެޓް ބޭންކިންގ އަދި އޭޓީއެމް ބޭނުންކުރައްވާ: ބީއެމްއެލް

ބްރާންޗަށް ވަޑައިގެންނެވުމުގެ ބަދަލުގައި އިންޓަރނެޓް ބޭންކިންގ އަދި އޭޓީއެމް ބޭނުންކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 22:19
Writer Profile Picture
ޒިހްނަތު ހަސަން
ޖަލުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް-19 އާ ބެހޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް މާފުށީ ޖަލުގައި ކުރިއަށް ގެންގޮސްފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 22:18
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކާފިއު ހިންގި ގަޑީގައި ބޭރަށް ނިކުމެ އުޅުނު އެކަކު މިއަދު ޖޫރިމަނާކުރި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެ ހިމެނޭ ސަރަހައްދުގައި ހިންގަން ފަށާފައިވާ ކާފިއުގެ ގަޑީގައި އާދިއްތަ ދުވަހު ބޭރަށް ނިކުމެ އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 22:17
Writer Profile Picture
އާއިޝަތު ޝިއުރާ
ޖެންޑަރ މިނިސްޓްރީން މިހާރުވެސް ފޯރުކޮށްދެމުންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް މެދުނުކެނޑި އަންނަނީ ފޯރުކޮށްދެމުން: ޖެންޑަރ މިނިސްޓަރ

ޖެންޑަރ މިނިސްޓްރީން މިހާރުވެސް ފޯރުކޮށްދެމުން ގެންދާ އިޖިތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް މެދު ނުކެނޑި މިހާރުވެސް ފޯރުކޮށްދެމުން ގެންދާކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ގެ ޓާސްފޯހުން ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ޗައިލްޑް ހެލްޕް ލައިން 1412 އާއި ސޯޝަލް ސަރވިސް އާއި ގުޅޭ އެހެނިހެން މަސައްކަތްތައް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ. ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތްތައްވެސް ކުރިޔަށްދާ ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ. އާންމުކޮށް ކުރިޔަށްދާ ގޮތަށް ބަދަލެއް ނެތި ކުރިޔަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:49
Writer Profile Picture
އާއިޝަތު ޝިއުރާ
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް ހުޅުވައިފި

ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް މިއަދު ހުޅުވާފައިވާކަމަށް މަބްރޫކް ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އާންމު ބަލިތަކަށް މިކުލިނިކުން ފަރުވާދޭނެކަމަށެވެ. މިތަން ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:42
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޓީސީ ޓީމު ރާއްޖެ ގެނެސްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްރީލަންކާގައި ކަރަންޓީނުކޮށްފައި އޮތް ޓީސީ ސްޕޯޓްސް ކްލަބު ރާއްޖެ ގެނެސްފި އެވެ.

ޓީސީ ޓީމު އާދީއްތަ ދުވަހުގެރޭ ރާއްޖެ ގެނައީ، ރާއްޖެ ނާދެވިފައި ތިބި ދިވެހިންން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރި ހާއްސަ ދަތުރުގައެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:39
Writer Profile Picture
އާއިޝަތު ޝިއުރާ
23 ފްލޫ ކުލިނިކެއް މިހާރު އޮޕަރޭޓް ކުރޭ

ރާއްޖޭގައި މިހާރު 23 ފްލޫ ކުލިނިކެއް ހިންގަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. މިތަންތަނުން ޖުމްލަ 5959 މީހަކަށް ޚިދުމަތް ދީފައިވޭ. ފާއިތުވި 24 ގަޑިއިރު 142 މީހަކަށް ޚިދުމަތްދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:36
Writer Profile Picture
އާއިޝަތު ޝިއުރާ
723 މީހަކު ޖޮބް ޕޯޓަލް ގައި ރަޖިސްޓްރީ ކޮށްފައިވޭ

މިހާތަނަށް ޖޮބް ޕޯޓަލްގައި 723 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މީގެތެރެއިން 58 މީހުންނަކީ އަމިއްލަ މަސައްކަތްކުރާ މީހުންކަމަށް މަބްރޫކް ވިދާޅުވި އެވެ. ވަޒީފާއިން ކަނޑާލާފައިވާ 185 މީހުނާއި މުސާރަކުޑަކޮށްފައިވާ 113 މީހުންނާއި ނޯޕޭއަށް ދިޔުމަށް އަންގާފައިވާ 245 ބައި ސެލަރީ އަށް މުސާރަ ކުޑަކޮށްފައިވާ 72 މީހުންނާއި ސަސްޕެންޑް 64 މީހުންނާއި ބޭސިކް ސެލަރީ އަށް މުސާރަކުޑަކޮށްފައިވާ 44 މީހުން ހިމެނޭކަމަށް މަބްރޫކް ވިދާޅުވި އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:33
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު 9 ސަފާރިއަކާއި 15 ރިސޯޓަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ވަނީ ދީފައި

މިއަދު 9 ސަފާރިއަކާއި 15 ރިސޯޓެއްގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާކަމަށް ކޮވިޑް-19 ގެ ޓާސްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:28
Writer Profile Picture
އާއިޝަތު ޝިއުރާ
މޮނިޓަރިންގެ ހާލަތުގައި އޮތް ރިހިވެލި އަދި ކޮންސްޓެންސް މޫފުށި މޮނިޓަރިންގެ ހާލަތުން ވަނީ ނަގާފައި

މޮނިޓަރިންގެ ހާލަތުގައި އޮތް ރިހިވެލި އަދި ކޮންސްޓެންސް މޫފުށި މޮނިޓަރިންގެ ހާލަތުން ވަނީ ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެތަންތަނުން އައިސޮލޭޓް ކުރަންޖެހޭ މީހުން އައިސޮލޭޓް ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:26
Writer Profile Picture
އާއިޝަތު ޝިއުރާ
އައިސޮލޭޝަންގައި 12 މީހުން އެބަތިބި

އައިސޮލޭޝަންގައި ތިބީ 12 މީހުން

ކަރަންޓީނުގައި ތިބީ 809 މީހުން

ކަރަންޓީނު ފެސިލިޓީތަކުން 73 މީހުން ވަނީ ދޫކޮށްލާފައި

މިއަދު 187 ސާމްޕަލެއް ނަގާފައިވޭ ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން

43 މީހެއްގެ ސާމްޕަލެއް މިހާރު ވެސް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން

5 އޭޕްރިލް 2020 | އާދީއްތަ 21:24
Writer Profile Picture
އާއިޝަތު ޝިއުރާ
1573 ސާމްޕަލް މިހާތަނަށް އާއިރު ނެގިފައިވޭ

ޖުމްލަ ސާމްޕަލް: 1573 ސާމްޕަލް

ޕޮޒިޓިވް: 19 ސާމްޕަލް

ނެގެޓިވް : 1489 ސާމްޕަލް

ހަވީރު 4 ޖެހުމާއި ހަމައަށް 65 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ

5 އޭޕްރިލް 2020 | އާދީއްތަ 21:22
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖޭގައި މިހާރުގެ ހާލަތު

ޕޮޒިޓިވް: 19 މީހުން

ރަނގަޅު : 13 މީހުން

ފަރުވާދެމުންދާ : 4 މީހުން

2 މީހަކު ރާއްޖެއިން ބޭރުގައި

5 އޭޕްރިލް 2020 | އާދީއްތަ 21:19
Writer Profile Picture
އާއިޝަތު ޝިއުރާ
ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެއްވެސް މައްސަލައެއް އޮތްނަމަ ރިޕޯޓްކުރުމަށް ޖެންޑަރ މިނިސްޓަރ އެދިވަޑައިގެންފި

ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެއްވެސް މައްސަލައެއް އޮތްނަމަ ރިޕޯޓްކުރުމަށް ޖެންޑަރ މިނިސްޓަރ އެދިވަޑައިގެންފި އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެފަދަ މައްސަލަތައް ހޮޓްލައިނަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާކަމަށެވެ.

5 އޭޕްރިލް 2020 | އާދީއްތަ 21:18
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލީބިއާގެ ކުރީގެ ބޮޑުވަޒީރު ވައިރަސް ޖެހިގެން އަވަހާރަ ވެއްޖެ

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ރޯގާ ޖެހިގެން ލީބިއާގެ ކުރީގެ ބޮޑުވަޒީރު މަޙްމޫދު ޖިބްރީލް ނިޔާވެއްޖެއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 20:28
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޔޫކޭއިން ފާއިތުވި 24 ގަޑިއިރުތެރޭ 621 މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި އިނގިރޭސިވިލާތުން 621 މީހަކު މަރުވެއްޖެ އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 19:42
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ މީހުން ފަރުވާދީގެން ރަނގަޅުވެއްޖެ

ދުނިޔޭގެ 110 ޤައުމަކުން/ ޓެރިޓަރީއަކުން މީހުން އެއް މިލިޔަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ރަނގަޅުކުރެވިފައެވެ.

5 އޭޕްރިލް 2020 | އާދީއްތަ 18:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސައުދީން މިއަދު އެކަނި 206 މީހުން ޕޮޒިޓިވްވެ، 5 މީހުން މަރުވެއްޖެ

ސައުދީއަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއާއި ޙަވާލާދީ ޤަަލްފުގެ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި، މިއަދު އެކަނި އެޤައުމުން 206 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 5 މީހަކު ވަނީ ފަރުވާދެމުން ދަނިކޮށް ޞިއްޙީ ހާލު ދެރަވެ ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ

5 އޭޕްރިލް 2020 | އާދީއްތަ 18:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސިންގަޕޫރުން މިއަދު އެކަނިވެސް 120 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ސިންގަޕޫރުގެ ޞިއްޙަތާއިބެހޭ ވުޒާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެކަނި އެޤައުމުން 120 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

5 އޭޕްރިލް 2020 | އާދީއްތަ 18:31
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މުވައްޒަފުން ނޯޕޭ ލީވްއަށް ނުފޮނުވާނެ ކަމަށް މެންޗެސްޓާ ސިޓީން ބުނެފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މުވައްޒަފުން ނޯޕޭ ލީވްއަށް ނުފޮނުވާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން އެ ކްލަބެއްގެ މުވައްޒަފުން ނޯޕޭއަށް ނުފޮނުވާނެ ކަމަށް ބުނި ފުރަތަމަ ފަހަރެވެ.

5 އޭޕްރިލް 2020 | އާދީއްތަ 18:13
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: 200 އާއިލާއަށް ރަކުލް ކާބޯތަކެތި ފޯރުކޮށްދެނީ

އިންޑިއާގެ ގުރުގާމް ސިޓީގެ ސްލަމް އޭރިއާގައި ދިރިއުޅެމުންދާ 200 އާއިލާއަކަށް އެކްޓަރ ރަކުލް ޕްރީތް ސިންގް ކާބޯތަކެތި ހަދިޔާކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 17:46
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 : މިރޭގެ ޕްރެސްގައި ބައިވެރިވަޑައިގަންނަވާނީ ޖެންޑަރ މިނިސްޓަރ

ކޮވިޑް-19 ގެ ރާއްޖޭގެ އެންމެ ފަހުގެ ޙާލަތު ބަޔާންކުރުމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ 09:00 ޖަހާއިރު ބާއްވާ ޕްރެސްގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލިީ އެންޑް ސޯޝަލް ސަރވިސް ބައިވެރިވަޑައިގަންނަވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މީގެ އިތުރުން އެންއާރްސީގެ ސެކްރެޓަރީ ޖެނެރަލްވެސް ބައިވެރިވަޑައިގަންނަވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 17:38
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭ ހާއްސަ ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

މި މަހުގެ ހަތަރު ވަނަ ދުވަހަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ޚާއްޞަ ބިލް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 12:21