raajjemv logo

ކޮވިޑް-19: އެންމެ ފަހުގެ

997,346
  • ރާއްޖޭގައި ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް މީހަކު ނެތް: ހެލްތް
  • ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވާ ޤައުމުތައް
  • ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަށް އަރައިފި
އަބުދުﷲ ނަސީރު އިބްރާހިމް
 
ރާއްޖޭގައި ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް މީހަކު ނެތް: ހެލްތް

މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމަޔަށް, ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ހުރިކަމަށް ޝައްކު ކުރެވޭ އަދި ބަލި ޖެހިފައިވާ އެއްވެސް މީހަކު ނެތްކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު، ހެލްތް މިނިސްޓްރީން ނޮވެލް ކޮރޯނާ\ވައިރަސްގެ ހާލަތާ ގުޅޭގޮތުން އާންމުކޮށްފައިވާ ރިޕޯޓްގައި ވާގޮތުން ފާއިތުވެގެން ދިޔަ 24 ގަޑިއިރުވެސް އަދި 28 ޖެނުއަރީއާއި ހަމަޔަށް ކުރި ލެބޯޓަރީ ތަހުލީލުތަކުން، މިބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވެއެވެ. ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ނުވަތަ ރާއްޖޭގައި މިހާރު ތިބި މީހުންނަށް ބަލާއިރު، ކޮރޯނާވައިރަސްއަށް އަށް ޝައްކު ކުރެވިގެން އެއްވެސް މީހަކު އިތުރު ތަހުލީލުތަކަށް ބައިތިއްބާފައެއް ނުވެއެވެ.

ރާއްޖެއިން ބޭރުން މީހުން ރާއްޖެއަށް އެތެރެވާ ޕޮއިންޓް އޮފް އެންޓްރީތަކުގައި ކުރިޔަށްގެންދާ ސްކްރީނިންގް ހަރަކާތްތަކަށް ބަލާއިރު، ފާއިތުވެގެންދިޔަ 24 ގަޑިއިރުގައިވެސް އަދި ޖެނުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖޭގެ މައި އެއާރޕޯޓާއި އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓްއާއި ކަނޑުމަގުން އެތެރެވާ ޕޯޓްތަކުގެ ސްކްރީނިންއަކުންވެސް އަދި ފަސިންޖަރު ލައިން ނުވަތަ ކްރޫސް ޝިޕްތަކުގެ ސްކްރީނިންގައި ބަލީގެ ކޭސް ޑެފިނިޝަނަށް ފެތޭ އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.

29 ޖެނުއަރީ 2020 | ބުދަ 13:56
ލައިޝާ އަހްމަދު
 
ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވާ ޤައުމުތައް

ތައިލޭންޑް: 14 މީހުން އިންފެކްޓް ވެފައި

ހޮންގކޮންގ: 8 މީހުން

އެމެރިކާ: 5 މީހުން އިންފެކްޓް ވެފައި

ތައިވާން: 5 މީހުން އިންފެކްޓް ވެފައި

އޮސްޓްރޭލިއާ: 5 މީހުން އިންފެކްޓް ވެފައި

މަކާއު: 5 މީހުން އިންފެކްޓް ވެފައި

ސިންގަޕޫރ: 4 މީހުން އިންފެކްޓް ވެފައި

ސައުތް ކޮރިއާ: 4 މީހުން އިންފެކްޓް ވެފައި

މެލޭޝިއާ: 4 މީހުން އިންފެކްޓް ވެފައި

ފްރާންސް: 4 މީހުން އިންފެކްޓް ވެފައި

ކެނެޑާ: 3 މީހުން އިންފެކްޓް ވެފައި

ވިއެޓްނާމް: 2 މީހުން އިންފެކްޓް ވެފައި

ނޭޕާލް: 1 މީހަކު އިންފެކްޓް ވެފައި

ކެމްބޯޑިއާ: 1 މީހަކު އިންފެކްޓް ވެފައި

ޖަރމަނީ: 1 މީހަކު އިންފެކްޓް ވެފައި

29 ޖެނުއަރީ 2020 | ބުދަ 09:53
ލައިޝާ އަހްމަދު
 
ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަށް އަރައިފި

ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަށް އަރައިފިއެވެ.

އޭގެ އިތުރުން، މި ބައްޔަށް އިންފެކްޓްވި މީހުންގެ އަދަދު 6000 އަށް އަރާފައިވާއިރު، މަރުވި މީހުންގެ ތެރެއިން 125 މީހުންނަކީ މި ބަލި ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސުގެ މީހުންނެވެ.

29 ޖެނުއަރީ 2020 | ބުދަ 08:03
އާއިޝަތު ޝިއުރާ
 
ކޮރޯނާވައިރަސް ގެ ހަތަރު ވަނަ މީހާ ފްރާންސް އިން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ފްރާންސްގެ ހަތަރުވަނަ މީހާގެ ގައިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

މިމީހާއަކީ ހޫބޭ ޕްރޮވިންސް އިން ފްރާންސަށް އައި ފަތުރުވެރިއެއް ކަމަށް ފްރާންސުން ބުނެއެވެ. މިމީހާއަކީ އުމުރުން 80 އަހަރުގެ މީހެކެވެ. އަދި މިމީހާ މިވަގުތު ވަނީ ޕެރިސްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 23:05
އާއިޝަތު ޝިއުރާ
 
ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން އިތިއޯޕިއާގެ ހަތަރު މީހުން ކަރަންޓީނު ކޮށްފި

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ހަތަރު މީހަކު އިތިއޯޕިއާއިން ކަރަންޓީނުކޮށްފި އެވެ.

މިހަތަރު މީހުންނަކީވެސް ހޫބޭ ޕްރޮވިންސް އިން އައި މީހުންނަކަމަށް އިތިއޯޕިއާ އިން ބުނެއެވެ. މިމީހުންގެ ސާމްޕަލްތައް އިތުރަށް ޓެސްޓް ކުރުމަށް ސައުތު އެފްރިކާއަށް ފޮނުވާފައިވާކަމަށް އެގައުމުން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

28 ޖެނުއަރީ 2020 | އަންގާރަ 23:01
އާއިޝަތު ޝިއުރާ
 
ޗައިނާގައި ތިބި އީޔޫގެ ރައްޔިތުން ގައުމުތަކަށް އަނބުރާ ގެންނަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދެ ފްލައިޓް ޗައިނާ އަށް ފޮނުވާ އީޔޫގެ ގައުމުތަކަށް ނިސްބަތްވާ ރައްޔިތުން ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އީޔޫއިން އަންނަނީ 350 މީހުން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އީޔޫގެ 28 ގައުމަކުން ވަނީ ޑިޒާސްޓަރ ރެސްޕޯންސް މެކޭނިޒަމްއެއް ގާއިމުކޮށްފަ އެވެ. ފުރަތަމަ ގެނައުމަށް ހަމަޖެހިފައިވަނީ ވައިރަސްގެ އަސަރު ގެނިފައިނުވާ ސަރަހައްދުތަކުގައި ތިބި މީހުންނެވެ. ފުރަތަމަ ފުލައިޓުން ގެނައުމަށް ހަމަޖެހިފައިވަނީ 250 ފްރާންސް މީހުންނެވެ. ދެވަނަ ފްލައިޓުން 200 ށް ވުރެ ގިނަ މީހުން ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 22:55
އާއިޝަތު ޝިއުރާ
 
ޗައިނާގައި ތިބި ދިވެހިން ސަރުކާރުގެ ޚަރަދުގައި އާދެވޭނެ އިންތިޒާމު ހަމަޖައްސައިފި

ޗައިނާގައި ތިބި ދިވެހިން ސަރުކާރު ޚަރަދުގައި ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓާރ ވިދާޅުވީ ޗައިނާގެ ފަސް ސަރަހައްދެއްކަމަށްވާ ޝިއާން، ކޮންޒޫ ، ނަންޖިންގ، ޗެންޑޫ އަދި ޗޮންކިންގ އިން ދިވެހިން ގެނައުމުގެ މަސައްކަރް ކުރަމުންދާނެ އެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާ ގުޅުމަށް ފޮރިން މިނިސްޓަރ ވަނީ އެދިވަޑައިގަންފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 22:19
އާއިޝަތު ޝިއުރާ
 
ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހިއްޖެ ހާލަތެއްގައި އެޑްވައިޒަރީ ނެރޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެ

ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހިއްޖެ ހާލަތެއްގައި އެޑްވައިޒަރީ ނެރޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އަދި އެޑްވައިޒަރީ ނެރެންޖެހޭ ހާލަތަކަށް ނުދާކަމަށެވެ. ނަމަވެސް އިލްތިމާސް އަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު ތައް އެޅުން ކަމަށް މިނިސްޓާރ ވިދާޅުވި އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 21:27
އާއިޝަތު ޝިއުރާ
 
ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުން:

ހެލްތު މިނިސްޓަރ: އަމާޒު މިކުރަނީ ރާއްޖޭގެ ހުރިހާ ހެލްތު ފެސިލިޓީއެއްގައި މަސައްކަތް ކުރާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް. ރާއްޖެއަށް މިވައިރަސް އަތުވެއްޖެނަމަ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް މިދަނީ ކުރަމުން. ޚާއްސަކޮށް މާސްކު އެތެރެކުރުމުގެ މަސައްކަތް މިދަނީ ކުރަމުން

ހެލްތު މިނިސްޓާރ: ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ބޭނުންކުރާނެ ތަކެތި ވަނީ ލިބިފައި. އަދި މިދަނީ ހޯދަމުން . އައިސޮލޭޝަން ފެސިލިޓީގައި ވަސީލަތްތައް ވަނީ ގާއިމުކުރެވިފައި. މިބަލި ފުޅާވެއްޖެނަމަ އައިސޮލޭޝަން ފުޅާކުރެވޭނެ ގޮތްތައް މިދަނީ ބަލަމުން.

ހެލްތު މިނިސްޓަރ: އެންމެ އުނދަގޫ ކަމަކަށްދިމާވެފައިވަނީ މިކަމަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. ދުނިޔޭގެ އެހެން ގައުމުތަކުން ދޭ އިރުޝާދާއެކު އެއް މިންގަނޑަކުން މިދަނީ މަސައްކަތްކުރަމުން.

ހެލްތު މިނިސްޓާރ: އެއަރޕޯޓްގައި ހުރި އިންތިޒާމުތައް އެއީ މުހިންމު އިންތިޒާމު ތަކަކަށް ވާންޖެހޭ. ޓެސްޓް ކުރަންޖެހޭ ހާލަތަށް ޝައްކުކުރެވޭނަމަ އެއަރޕޯޓުގައި އައިސޮލޭޝަންގައި ބެހެއްޓޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި

ހެލްތު މިނިސްޓާރ: ކުރެވިފައި ހުރި ތައްޔާރީތައް ބެލުމަށް މާދަމާ ޚާއްސަ އެކްސައިޒެއް ކުރިޔަށް ގެންދާނެ.

ހެލްތު މިނިސްޓާރ: މިވަގުތު މިފަދަ ކޭސް އެއް ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ތައްޔާރުވެފައި މިވަނީ

ހެލްތު މިނިސްޓާރ: ކޮންމެ ރައްޔިތެއްވެސް އާންމު ފަރުދެއްގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އިލްތިމާސްކުރަން

ޓޫރިޒަމް މިނިސްޓާރ: އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން. އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަން އެނގޭ. މިވައިރަސްގެ އަސަރު ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސަރުކާރު އޮތީ ތައްޔާރަށް. މިކަން ކުރިޔަށްދަނީ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން. ބޭނުންވާނެ މެޑިކަލްސްގެ އިތުރުން ކާޑުގެ ބާވަތްތައްވެސް ކުރީބައިގައި ދުރާލާ އެމަސައްކަތް ކުރަމުން ގެންދާކަން ޔަޤީންކޮށް އަރުވަން

ޓޫރިޒަމް މިނިސްޓާރ: ސަރުކާރަށް މުހިންމީ ރައްޔިތުން. ސަރުކާރު އޮތީ ތައްޔާރަށް. ފަތުރުވެރިކަމުގެ ސިނާޢަތުގެ ހުރިހާ މަސްލަހަތު މީހުން ހިމެނޭގޮތަށް ޓާސްކް ފޯސް އެއް ވަނީ އެކުލަވާލާފައި.

ޓޫރިޒަމް މިނިސްޓާރ: ޑެއިލީކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ހާލަތު މިދަނީ ބަލަމުން. 2000 ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައުން ކެންސަލްކޮށްފައި. ގިނައީ ޗައިނާގެ ފަތުރުވެރިން

ހެލްތު މިނިސްޓާރ: މައުލޫމާތު ކޮންމެ ދުވަހަކު ހާމަކުރަމުން ގެންދާނަން ދުވާލަކު އެއް ފަހަރު. މިމަސައްކަތް ކުރިޔަށްދަނީ ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ދަށުން. މިކަމުގެ ގައިޑް ލައިންތައް ތައްޔާރުކުރެވި އެކަމުގެ ތަމްރީންތައްވެސް ދެމުން ގެންދަނީ

ހެލްތު މިނިސްޓާރ: އައިސޮލޭޝަން ފެސިލިޓީ ގާއިމުކުރަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު. ކެމެރާތައް ކުރިޔަށް އޮތް 24 ގަޑީރު ތެރޭގައި ލިބޭނެ. ސަރުކާރުން މިކަމާއި ބެހޭގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ. ފިޔަވަޅު އެޅުމުގައި ޑަބްލިޔުއެޗްއޯގެ މަޝްވަރާ ހޯދާނެ

ޓޫރިޒަމް މިނިސްޓާރ: ރާއްޖޭގެ މުޅި އިގްތިޞާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް. ފަތުރުވެރިކަމުގެ ސިނާޢަތު އޮތީ ރައްޔިތުންނާއެކު. މިހާލަތުގައި މީހަކު ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސަރުކާރު އޮތީ ތައްޔާރަށް. މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ރައްޔިތުންގެ ސަލާމަތަށް. މިކަން ހިނގާފައި އޮތްގޮތަށް ބަލައި ފިޔަވަޅު އަޅަމުން ދަނީ. ކޮންމެ ގައުމަކަށްވެސް މީގެން މީޙަކު ޒިޔާރަތްކޮށްފައި ހުރުމަކީ އެކަށީގެންވާ ކަމެއް. މިހާލަތު ބަދަލުވަމުންދާ މިންވަރަކުން ނިންމަންޖެހޭ ނިންމުންތައް ނިންމާނަން. ޑަބްލިޔުއެޗްއޯ އާއި އެހެން ޖަމިއްޔާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ.

ހެލްތު މިނިސްޓާރ: މިހާރު އެންމެ އަވަހަށް 48 ގަޑީރު ތެރޭގައި ކުރެވޭނީ. ޗައިނާގައި ތިބި ކުދިންނަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި.

ހެލްތު މިނިސްޓާރ: އައިސޮލޭޝަން ފެސިލިޓީ ގާއިމުކޮށްފައި ވަނީ ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުގެ މަތިން. އައިސޮލޭޝަން އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ގޮންޖެހުން ހުރި ކަމެއް. ކުރޫޒްލައިނާ އިން ރާއްޖެ މިދިޔަ 14 ދުވަހު އައި އުޅަނދުތަކުގެ މައުލޫމާތު ހޯދަމުންދަނީ. މިހާތަނަށް އާއިރު ޗައިނާގެ ޕޯޓަކަށް ދިޔަ ކުރޫޒްލައިނާ އެއް ނެތް. ރައްޔިތުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނަން.

ޓޫރިޒަމް މިނިސްޓާރ: ރާއްޖެއަކަށް ވުހާން އަކުން ޑައިރެކްޓް ފްލައިޓެއް ނާދޭ. ޓްރާންސިޓް ފްލައިޓް މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް މީހުން ގޮސްފައިވާނެ. މިކަން ދިމާވެގެން ދެން ނިންމާ ނިންމުން އެއީ ފަތުރުވެރިކަން ކުރިޔަށް އޮތް ތަނުގައި ބައްޓަން ވެގެންދާނެ ގޮތް. ސަރުކާރުން ތައްޔާރުވަނީ އެންމެ މީހަކު ފެންނާނެ ކަމަކަށްނޫން. މިފަދަ ކަމަކަށް ކުރިމަތިލުމުގެ ހިތްވަރު ހުންނަންވާނެ. މިއީ ސިޔާސީ ކަމެއް ނޫން. މިއީ ގައުމީ ކަމެއް. މުޅި ދުނިޔެއަށް ދިމާވެފައިވާ ކަމެއް. ކަންބޮޑުވުމަކީ ވާނެ ކަމެއް. ޔަޤީންކަމަކީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ނިންމަންޖެހޭ ނިންމަތައް ނިންމާނެ.

ޓޫރިޒަމް މިނިސްޓާރ: ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހިއްޖިއްޔާ ނެރޭނެ. އަދި އެޑްވައިޒަރީ ނެރެންޖެހޭ ހާލަތަކަށް ނާދޭ. ނަމަވެސް އިލްތިމާސް އަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު ތައް އެޅުން.

28 ޖެނުއަރީ 2020 | އަންގާރަ 20:36
އާއިޝަތު ޝިއުރާ
 
ޗައިނާއިން ހޮންގ ކޮންގ އާއި މަކާއޯ އަށް ދިޔުމާއި އައުން މަނާކޮށްފި

ޗައިނާއިން ހޮންގ ކޮންގ އާއި މަކާއޯ އަށް ދިޔުމާއި އައުން މަނާކޮށްފި އެވެ.

މިކަމުގެ ސަބަބުން ޗައިނާގައި ދިރިއުޅޭ ހޮންގ ކޮންގ އާއި މަކާއޯ އަށް ދިޔުމާއި އައުން ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ހުއްޓުމަކަށް އައިސްފަ އެވެ.

އަންގާރަ ދުވަހާ ހަމައަށް ހޮންގ ކޮންގ އިން ވަނީ ކޮރޯނާވައިރަސްގެ އަސަރު އަށް މީހެއްގެ ގައިން ފެނިފަ އެވެ. އަދި މަކާއޯ އިން ވަނީ ހަތް ކޭސް ރިޕޯޓްކޮށްފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 20:27
އާއިޝަތު ޝިއުރާ
 
ކޮރޯނާވައިރަސް ދުނިޔެއަށް ފެތުރުމުގެ ނުރައްކާ ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފި

ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ނުރައްކާ ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ މިވައިރަސް ޗައިނާގައި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑުކަމަށެވެ. ޗައިނާއިން މިހާތަނަށް އާއިރު މިވައިރަސްގެ އަސަރުކޮށްގެން 106 މީހަކު ވަނީ މަރުވެފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 20:02
އާއިޝަތު ޝިއުރާ
 
ތައިވާނުން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ތައިވާނުން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލުން ކަށަވަރުކޮށްދީފި އެވެ.

ތައިވާނުން ބުނެފައިވަނީ މި ދެމީހުންނަކީ 70 އަހަރުގެ އަންހެނުންކަމަށެވެ. އަދި މިމީހުންނަކީ ވުހާންގައި ދިރިއުޅޭ ދެ މީހުންކަމަށާއި މި ދެ މީހުން ތައިވާނަށް އައިސްފައިވަނީ ތައިވާންގެ ތަންތަން ބަލާލުމަށްކަމަށެވެ.

މިދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް ތައިވާނުން ބުނެފައިވެ އެވެ.

މިއާއެކު ތައިވާނުން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހުންގެ އަދަދު މިވަނީ ހަތަކަށް އަރާފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 19:52
އާއިޝަތު ޝިއުރާ
 
ދުނިޔޭގެ ގައުމުތަކުން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދެނީ

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދުނިޔޭގެ ގައުމުތަކުން ކުރަމުން އެބަދެއެވެ.

އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް އެގައުމުން ދެމުން ގެންދާނެ ކަމަށެވެ. މީގެއިތުރުން ޖަޕާނުން ވަނީ އެއް މިލިއަން މާސްކު ޗައިނާއަށް ފޯރުކޮށްދީފަ އެވެ. އަދި ސިއްހީ އިތުރު އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ޖަޕާނުން ވަނީ ބުނެފައެވެ. ސައުތުކޮރެއާއިން ވަނީ ދެ މިލިއަން މާސްކް ޗައިނާއަށް ދޭނެކަމަށް ބުނެފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 19:14
އާއިޝަތު ޝިއުރާ
 
ޗައިނާ މީހުން ސައުތުކޮރެއާ އަށް އައުން މަނާކުރުމަށް ގޮވާލާ ސައުތުކޮރެއާގައި ޕެޓިޝަނެއްގައި ސޮއިކުރަނީ

ބައިމިލިއަނަށްވުރެ ގިނަ ސައުތު ކޮރެއާ މީހުން ޗައިނާ މީހުން އެގައުމަށް އައުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

ސައުތުކޮރެއާގައި މިޕެޓިޝަންގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ. މިހާތަނަށް އާއިރު ސައުތުކޮރެއާއިން ވަނީ ކޮރޯނާވައިރަސްގެ އަސަރު 4 މީހަކު ގައިން ފެނިފަ އެވެ.

މީގެއިތުރުން ސައުތުކޮރެއާއިން ވަނީ ޗައިނާގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 18:49
އާއިޝަތު ޝިއުރާ
 
ކޮރޯނާ ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

"ނޮވެލް ކޮރޯނާވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، މިބަލީގެ ޚަބަރު ސަރުކާރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަމަށާ، މިގޮތުން އެންމެ ފުރަތަމަ އެކުލަވާލެއްވީ ކަމާގުޅޭ ޚާއްޞަ ޓާސްކްފޯހެއް ކަމުގައި ވިދާޅުވިއެވެ.

އަދި އެ ޓާސްކްފޯހުގެ މަސައްކަތްތައް ކަމާބެހޭ ދާއިރާތައް ގުޅިގެން ކުރިޔަށް އެބަދާކަމަށާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން އެބަގެންދަވާކަމުގައި ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޓާސްކްފޯހުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެފަހުގެ މަޢުލޫމާތު، ކަމާބެހޭ ވަޒީރުން، މަޖިލީހާ ޙިއްސާކުރެއްވިއެވެ.

އަދި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި "ނޮވެލް ކޮރޯނާވައިރަސް"ގެ ނުރައްކަލުން ރައްކާތެރިވުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައި، ވަޒީރުން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

28 ޖެނުއަރީ 2020 | އަންގާރަ 18:16
އާއިޝަތު ޝިއުރާ
 
ކޮރޯނާވައިރަސް އިން ސަލާމަތްވާނެ ކަމުގެ ޔަޤީންކަން ޗައިނާގެ ރައީސް ދެއްވައިފި

ކޮރޯނާވައިރަސް އިން ސަލާމަތްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޗައިނާގެ ރައީސް ޒިޕިންގ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް މިހެން ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްވަނީ މިވައިރަސް އާ ދެކޮޅަށް ޗައިނާއިން އެޅި ހަލުވި ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ޗައިނާއަށް ތަޢުރީފް ކުރައްވާފަ އެވެ.

28 ޖެނުއަރީ 2020 | އަންގާރަ 18:13
އާއިޝަތު ޝިއުރާ
 
ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން 4583 ކޭސް ރިޕޯޓުކޮށްފައިވޭ

ކޮރޯނާވައިރަސް ޖެހިގެން ޗައިނާ އިން މިހާތަނަށް 4583 ކޭސް ރިޕޯޓްކޮށްފައިވާއިރު މިބަލީގައި މަރުވި މީހުންގެ އަދަދު އަރަނީ 106 ށެވެ.

މިވައިރަސް އާއި ގުޅިގެން އެންމެ ފަހުން ލިބިފައިހުރި މައުލޫމާތު ތަކަކީ:

  • - 106 މީހުންނަށް މިވައިރަސްގެ އަސަރުކޮށްގެން މަރުވެފައިވާއިރު މުޅި ޗައިނާގައި ވަނީ ކޮރޯނާވައިރަސްގެ އަސަރުކޮށްގެން 4583 ކޭސް ރިޕޯޓްކޮށްފަ އެވެ. ޗައިނާއިން ބޭރުން ރިޕޯޓްކޮށްފައިވަނީ 70 ކޭސް އެވެ.
  • -މިވައިރަސް ޗައިނާގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން އެއްދުވަހާއި 65 އިންސައްތައަށް މިވައިރަސްގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ މައްޗަށް ޖެހިފައެވެ. ޖަރުމަނާއި ޖަޕާނުން ވަނީ ޗައިނާއަށް ދަތުރުނުކުރާ އެގައުމުގެ ރައްޔިތުންގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިގެން ރިޕޯޓްކޮށްފަ އެވެ.
  • -ޗައިނާގެ ހޫބޭ ޕްރޮވިންސްގެ 60 މިލިއަން މީހުންނަށް ވަނީ އެއްވެސް ތަނަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ. ހޫބޭ ޕްރޮވިންސްގެ މައި ސިޓީކަމުގައިވާ ވުހާން އަށް ވަނީ މީހުން އެތެރެ ވުމާއި އެސިޓީން ބޭރުވުން އެއްކޮށް މަނާކޮށްފަ އެވެ.
  • -ހޫބޭ ޕްރޮވިންސްގެ ހޮސްޕިޓަލްގެ ސްޓާފުން އަންނަނީ ބަލި މީހުންނަށް ފަރުވާދިނުމުގައި ދަތިތަކާ ކުރިމަތިލަމުންނެވެ. އެގޮތުން ބަލި މީހުންނަށް ބޭނުންވާ ތަކެތި ލިބުން އަންނަނީ ދަތިވަމުންނެވެ. ޗައިނާއިން ވަނީ އިތުރު 1800 ސިއްހީ އެހީތެރިން އެޕްރޮވިންސްގައި މަސައްކަތް ކުރުމަށް ހަމަޖައްސާފަ އެވެ.
  • - އެކި ގައުމުތަކުން، ވަކިން ޚާއްސަކޮށް އެމެރިކާއިން ވަނީ އެއަރޕޯޓްގައި ސްކްރީން ކުރުމުގެ ކަންކަން ފަށާފަ އެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ ރައްޔިތުން ޗައިނާއަށް ދަތުރުނުކުރުމަށް އަންގާފަ އެވެ. އިންޑޮނޭޝިޔާ އާއި ފިލިޕީންސް އިން ވަނީ ޗައިނާގެ ޓޫރިސްޓުން އެގައުމުތަކަށް އައުން މަނާކޮށްފަ އެވެ.
  • - ޗައިނާ އާއި ބައިނަލްއަގްވާމީ ސައިންޓިސްޓުން އަންނަނީ މިވައިރަސް ދިރާސާކުރުމުގެ ކަންކަން ކުރަމުންނެވެ. އަދި މިވައިރަސް އަށް ވެކްސިން އެއް ހޯދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ކޮރޯނާވައިރަސްގެ އެންމެ ފަހުގެ މައުލޫމާތު
28 ޖެނުއަރީ 2020 | އަންގާރަ 18:00
އާއިޝަތު ޝިއުރާ
 
ޗައިނާގައި ތިބި 7 ގައުމެއްގެ ރައްޔިތުން އެގައުމުތަކަށް ގެނެވޭތޯ މަސައްކަތްކުރަނީ

ކޮރޯނާވައިރަސް ޗައިނާގެ ވުހާން އާއި ހޫބޭ ޕްރޮވިންސްގައި ހަލުވިކަމާއެކު ފެތުރެމުންދާތީ އެތަންތަނުގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން އެގައުމުތަކަށް ގެނައުމުގެ މަސައްކަތް ގައުމުތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް އާއިރު އެމަސައްކަތް ކުރަމުންދާ ގައުމުތަކަކީ:

  • އެމެރިކާ: ވުހާންގައި ތިބި 240 އެމެރިކާ މީހުން ބުދަ ދުވަހުގެ ހެނދުނު އެމެރިކާއަށް އަންނާނެއެވެ. މީގެއިތުރުން ވުހާންގައި ތިބޭ އެމެރިކާގެ ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކުންވެސް ވީ އެންމެ އަވަހަކަށް އެމެރިކާއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާއިން ވަނީ ވުހާންގައި ހުންނަ އެގައުމުގެ ކޮންސިޔުލޭޓް ހުސްކުރުމަށް ނިންމާފަ އެވެ.
  • ޖަޕާން: ޖަޕާނުން އަންނަނީ ވުހާންގައި ތިބި 200 ޖަޕާނު ރައްޔިތުން އެގައުމަށް ގެނައުމަށް ޗާޓަރ ފްލައިޓެއް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހު މިމީހުން ޖަޕާނަށް ގެނެވޭނެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. ގާތްގަޑަކަށް 650 ޖަޕާނުގެ މީހުން ވަނީ ޖަޕާނަށް އަނބުރާ ދާން ބޭނުންވާކަން އެގައުމުގެ ސަރުކާރަށް އަންގާފަ އެވެ. އެހެންކަމުން ބުދަ ދުވަހުން ފެށިގެން ޖަޕާނުން އިތުރު ފްލައިޓްތައް ޗައިނާއަށް ފޮނުވާނެ އެވެ.
  • އޮސްޓްރޭލިޔާ: އޮސްޓްރޭލިޔާގެ ހެލްތު މިނިސްޓާރ ހޯމަ ދުވަހު ބުނެފައިވަނީ އެގައުމުން އަންނަނީ ޗައިނާގެ ފޮރިން މިނިސްޓްރީ އާއި ޗައިނާގައި ތިބި އެގައުމުގެ ރައްޔިތުން ގެނައުމަށް ވާހަކަ ދައްކަމުން ކަމަށެވެ.
  • އިންޑިޔާ: އިންޑިޔާއިން އަންނަނީ ހޫބޭ ޕްރޮވިންސްގައި ތިބި އެގައުމުގެ ރައްޔިތުން އެތަނުން ނެރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުންނެވެ. އިންޑިޔާގެ 56 ދަރިވަރުން އަންނަނީ ވުހާންގައި ހުންނަ މެޑިސިން ސްކޫލެއްގައި ތައުލީމް ހާސިލްކުރަމުންނެވެ. އެމީހުން މިހާރުވަނީ ވުހާންގައި ބަންދުވެފައެވެ.
  • ސައުތުކޮރެއާ:ސައުތުކޮރެއާ ގެ ހަތަރު ޗާޓަރ ފްލައިޓް ވުހާންއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. 700 ސައުތުކޮރެއާ މީހުން ވަނީ ޗައިނާއިން ބޭރަށް ދިޔުމަށް އެދިފައެވެ.
  • ފްރާންސް: ފްރާންސްގެ ހެލްތު މިނިސްޓަރ ބުނެފައިވަނީ މިހަފްތާތެރޭގައި އެގައުމުގެ ފްލައިޓެއް ވުހާނަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވުހާންގައި ފްރާންސްގެ 800 މީހުން ދިރިއުޅެއެވެ.
  • ޔޫކޭ: ޔޫކޭއިންވެސް އަންނަނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާ އަށް ފްލައިޓެއް ފޮނުވޭނެ ގޮތްތަކެއް އެގައުމުންވެސް އަންނަނީ ބަލަމުންނެވެ.
28 ޖެނުއަރީ 2020 | އަންގާރަ 17:33
އާއިޝަތު ޝިއުރާ
 
ޗައިނާއިން ހޮންގ ކޮންގ އަށް އަންނަ މީހުންނަށް ދޭ ދަތުރުކުރުމުގެ ހުއްދަ ދިނުން ހުއްޓާލަނީ

ޗައިނާއިން ހޮންގ ކޮންގ އަށް އަންނަ އާންމު މީހުންނަށް ހޮންގ ކޮންގ އިން ދޫކުރާ ދަތުރުކުރުމުގެ ހުއްދަ ބާތިލްކުރާނެ ކަމަށް ހޮންގ ކޮންގ އިން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮންގ ކޮންގ ގެ ލީޑަރ ކެރީ ލެމް އެވެ. ޗައިނާގެ 49 ސިޓީއަކުން އަންނަ މީހުންނަށް މި ހުއްދަ ހޮންގ ކޮންގ އިން ދެމުންގެންދެ އެވެ. މިފިޔަވުތައް ހޮންގ ކޮންގ އިން އަޅަމުން މިއަންނަނީ ޗައިނާގައި ހަލުވި މިނެއްގައި މިވައިރަސް ފެތުރެމުންދާތީ އެވެ.

ހޮނިހިރު ދުވަހު ޗައިނާގެ އެސޯސިއޭޝަން ޓްރެވަލް އިން ބުނެފައިވަނީ ހުރިހާ ދަތުރުތަކެއް ކުރުން ހޯމަ ދުވަހުން ފެށިގެން މެދުކަނޑާލާނެ ކަމަށެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ ދަތުރުތައްވެސް ހިމެނެއެވެ.

28 ޖެނުއަރީ 2020 | އަންގާރަ 16:57
އާއިޝަތު ޝިއުރާ
 
ކޮރޯނާ ވައިރަސް އާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވައިފި

ޗައިނާގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރަސް" އިން ރައްކާތެރިވުމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަޒީރުންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯހުގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އަދި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ރައީސް ވަނީ ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ސާފުކުރައްވާ، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ޙާލަތުގައި ޢަމަލު ކުރައްވާނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު އެމަނިކުފާނުވަނީ އޮޅުންފިލުއްވާފައެވެ.

އަދި، މި ބަލީގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ޕްރޮވިންސުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

"ނޮވެލް ކޮރޯނާ ވައިރަސް" އާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވަނީ
28 ޖެނުއަރީ 2020 | އަންގާރަ 16:13
އާއިޝަތު ޝިއުރާ
 
ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ފުރަތަމަ މީހާ ޖަރުމަނުން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ފުރަތަމަ މީހާ ޖަރުމަނުން ފެނިއްޖެ އެވެ.

މިމީހާ އަކީ ޔޫރަޕުގެ ގައުމަކުން އެއް އިންސާނެއްގެ ގައިން އަނެއް އިންސާނަކަށް މިވައިރަސްގެ އަސަރު ކުރި ފުރަތަމަ މީހާއެވެ. މިމީހާ އަށް ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވަނީ އޭނާ އާއެކު މަސައްކަތްކުރާ ޗައިނާ މީހެއްގެ ފަރާތުންނެވެ. އޮފިޝަލުން ބުނާގޮތުން އޭނާއާއެކު މަސައްކަތްކުރާ ޗައިނާ މީހާ ވަނީ މިދިޔަ ހަފްތާ ޖަރުމަނަށް ދަތުރުކޮށްފަ އެވެ.

33 އަހަރުގެ ޖަރުމަނުގެ މިމީހާގެ ގައިން ވައިރަސްގެ އަސަރުކޮށްފައިވާ ކަން ކަށަވަރުވެފައިވަނީ ހޯމަ ދުވަހު އެވެ. ފްރާންސަށްފަހު ޔޫރަޕްގެ ގައުމަކުން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިމިވަނީ ޖަރުމަނުންނެވެ.

ބާލިންގައި ހުރި އެއަރޕޯޓެއްގައި ކޮރޯނާވައިރަސް އާ ގުޅޭގޮތުން މައުލޫމާތު ހިމެނޭ ޕޯސްޓަރެއް ހަރުކޮށްފައި
28 ޖެނުއަރީ 2020 | އަންގާރަ 16:11
އާއިޝަތު ޝިއުރާ
 
ޗައިނާއަށް ދަތުރުނުކުރާ ޖަޕާނުގެ މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިއްޖެ

ޗައިނާއަށް ދަތުރުނުކުރާ ޖަޕާނުގެ މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިއްޖެކަމަށް ޖަޕާނުން ކަށަވަރުކޮށްދީފި އެވެ. ޖަޕާނުން ބުނީ މިވައިރަސްގެ އަސަރު ފެނިފައިވާ މީހަކީ އުމުރުން 60ގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އަދި މިމީހާއަކީ ޖަޕާނުގައި ޓޫރިސްޓުން ގޮވައިގެން ދަތުރުކުރާ ބަހެއްގެ ޑްރައިވަރެކެވެ. މިމީހާވަނީ މިމަހުގެ ކުރީކޮޅު ވުހާން އިން އައި ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކޮށްފަ އެވެ. މިމީހާއަށް ހޮނިހިރު ދުވަހު ވަނީ ނިޔުމޯނިއާ އަށް ފަރުވާދީފައި ކަމަށާއި އެމީހާ މިހާރު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށް ޖަޕާނުން ބުނެއެވެ.

28 ޖެނުއަރީ 2020 | އަންގާރަ 15:43
އުމްނާ އިސްމާއިލް
 
ބަލި ފަސޭހަވޭތޯ 30 ބޭހެއް ޓެސްޓުކުރަނީ

ނޮވެލް ކޮރޯނާވައިރަސްގެ ފަރުވާއެއް ދިރާސާ ކުރަމުންދާ ޗައިނާގެ ފަރާތްތަކުން، އެ ބަލި ފަސޭހަވޭތޯ 30 ބޭހެއް ޓެސްޓު ކުރުމަށް މީހުން ހޯދައިފިއެވެ. މި 30 ބޭހަކީ މިހާރުވެސް އެކި ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭސްތަކެވެ.

ޝަންހާއީ އިންސްޓިޓިއުޓް އޮފް މެޓީރިއާ މެޑިކާ އާއި ޝެންހާއީ ޓެކް ޔުނިވަރސިޓީން ދަނީ ކޮރޯނާ ވައިރަސް އަށް ފަރުވާ މަސައްކަތް ކުރަމުންނެވެ. މި ބޭސްތަކުގެ ތެރޭގައި ހިމެނެނީ ގުދުރަތީ މައުދަންތަކާއި ޗައިނާގެ ފަތްޕިލާވެލީގެ ބާވަތްތަކެވެ.

28 ޖެނުއަރީ 2020 | އަންގާރަ 14:58
އުމްނާ އިސްމާއިލް
 
ޗައިނާ ފަތުރުވެރިން ހޮންގްކޮންގްއަށް އެތެރެވުން މަނާނުކުރާނަމަ އެ ގައުމުގައި އިހުތިޖާޖު ކުރާނެ

ޗައިނާ ފަތުރުވެރިން ހޮންގްކޮންގްއަށް އެތެރެވުން މަނާނުކުރާނަމަ އިހުތިޖާޖު ކުރާނެ ކަމަށް އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އިންޒާރުދީފިއެވެ.

އިހުތިޖާޖު ކުރުމަށް ހޮންގްކޮންގް ސަރުކާރަށް އިންޒާރު ދީފައިވަނީ ޓްރޭޑް ޔޫނިއަންއެއް ކަމަށްވާ "އެޗްއޭ އެމްޕްލޯއީޒް" އިންނެވެ. ޗައިނާ ފަތުރުވެރިން އެގައުމަށް އެތެރެވުން މަނާ ނުކުރާނަމަ ހޯމަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަން ފަށާނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެމީހުން ވަނީ ހޮންގްކޮންގްގެ ސަރުކާރަށް 5 ކަމެއް ހުށަހަޅާފައެވެ.

  • ޗައިނާ ބޯޑަރުން މީހުން އެތެރެވުން މަނާ ކުރުން
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހޮންގްގައި ދިރިއުޅޭ މީޙުންނަށް މާސްކު އަޅަން އެންގުން
  • އައިސޮލޭޝަން ވޯޑުތައް ގާއިމުކޮށް، އިމާޖެންސީ ނޫން ފަރުވާތައް ދިނުން ހުއްޓާލުމަށް ހޮސްޕިޓަލްތަކަށް އެންގުން
  • އައިސޯލޭޝަން އޯޑަރުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހޮންގްކޮންގް ރައްޔިތުންނަށް އެންގުން
  • ސިއްހީ ދާއިރާ މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން
28 ޖެނުއަރީ 2020 | އަންގާރަ 13:18
އުމްނާ އިސްމާއިލް
 
މިބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއް؟

ވެހި ރާއްޖެއިން މި މިބައްޔަށް ޝައްކު ކުރެވޭ މީހަކު މިހާތަނަށް ފެނިފައި ނުވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް:

  1. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގައާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާރމަލް ކެމެރާ ބޭނުންކުރުން. އަދި އެއަރޕޯރޓްތަކުގެ ޓާރމިނަލްގައި ތާރމަލް ކެމެރާއިން ހުން ހުރިކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ހަމަޖެއްސުން
  2. މިބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ ޢަމަލުކުރަން ޖެހޭ ގޮތުގެ ޤައިޑްލައިންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން. މިގޮތުން އެއަރޕޯރޓްގައި މަސައްކަތްކުރާ މުއައްސަސާތަކަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ޓޫރިސްޓް ރިސޯޓްތަކަށާއި ލޯކަލް ގެސްޓް ހައުސްތަކަށާއި އަދި ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ޖަމުޢިއްޔާ ޖަމާޢަތްތަކަށް ފޯރުކޮށްދިނުން
  3. ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރޭން މިބަލީގެ ސަވައިލަންސް ކްރައިޓީރިޔާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލާތްތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައާއި ހުޅުމާލޭގައި އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރުން
  4. ބައްޔާބެހޭ މައުލޫމާތު އޮޅުން ފިލުވައިދިނުމަށާއި އާންމުންގެ ސުވާލުތަކަށް ޖަވާބުދީ ކަންކުރަންވާގޮތްތައް އޮޅުން ފިލުވައިދިނުމަށް ހޮޓްލައިން 7377004 މި ނަމްބަރުގެ ޚިދުމަތް ފެށުން. އަދި ބައްޔާބެހޭ ޢާންމު މަޢުލޫމާތު މީޑިއާ އާއި މީސް މީޑިއާ މެދުވެރިކޮށް ދިނުން
28 ޖެނުއަރީ 2020 | އަންގާރަ 13:05