ކޮވިޑް-19: އެންމެ ފަހުގެ

18,654,667
  • ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދޭ
  • އެއް އިންސާނަކުން އަނެއް އިންސާނެއްގެ ގަޔަށް އަރާ ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެ
  • ކޮރޯނާވައިރަސްގެ އަސަރު ކުރި މީހުންގެ އަދަދު 8137 ށް، މަރުވި މީހުންގެ އަދަދު 171 ށް
 
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދޭ

ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އެވެ.

މިނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ 23:15 ގަ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 23:03
Writer Profile Picture
އާއިޝަތު ޝިއުރާ
އެއް އިންސާނަކުން އަނެއް އިންސާނެއްގެ ގަޔަށް އަރާ ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެ

އެއް އިންސާނަކުން އަނެއް އިންސާނަކަށް ކޮރޯނާވައިރަސްގެ އަސަރު ކުރި ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެ އެވެ.

މިމީހާއަކީ ޗިކާގޯގައި އުޅޭ މީހެއް ކަމަށާއި މިމީހާއަކީ ފުރަތަމަ އެ ސްޓޭޓުން މިވައިރަސް ފެނުނު މީހާއާއި ގުޅުމެއް އޮތް މީހެއްކަމަށް އެމެރިކާއިން ބުނެއެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 23:00
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރު ކުރި މީހުންގެ އަދަދު 8137 ށް، މަރުވި މީހުންގެ އަދަދު 171 ށް

ކޮރޯނާވައިރަސްގެ އަސަރުކޮށްގެން މިހާތަނަށް ޔަގީންވެފައިވަނީ 8137 މީހެއްގެ ގައިންނެވެ. އަދި މިވައިރަސް ޖެހިގެން 171 މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.

މިވައިރަސްގެ އަސަރު ކޮށްގެން ޗައިނާއިން މިހާތަނަށް 4903 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 22:36
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ސުވާލުކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް ގުޅާނެ ހޮޓްލައިން ނަންބަރުތައް ހާމަކޮށްފި
30 ޖެނުއަރީ 2020 | ބުރާސްފަތި 22:22
Writer Profile Picture
އާއިޝަތު ޝިއުރާ
ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ބޭރުގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ މައުލޫމާތުތަކަކީ:

30 ޖެނުއަރީ 2020 | ބުރާސްފަތި 21:36
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ގާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 7377004 އެއް
30 ޖެނުއަރީ 2020 | ބުރާސްފަތި 21:17
Writer Profile Picture
އާއިޝަތު ޝިއުރާ
އިތިއޯޕިއާ އެއަރލައިން އިން ޗައިނާއަށް ކުރަން ހުރި ދަތުރުތައް މަޑުޖައްސާލައިފި

އިތިއޯޕިއާ އެއަރލައިން އިން ޗައިނާއަށް ދަތުރުކުރަން ހުރި ހުރިހާ ފްލައިޓްތަކެއް ދަތުރުކުރުން މަޑުޖައްސާލައިފި އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 20:57
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހެނީ ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި، ސަމާލުވެލައްވާ!
30 ޖެނުއަރީ 2020 | ބުރާސްފަތި 20:21
Writer Profile Picture
އާއިޝަތު ޝިއުރާ
ޓޫރިޒަމް މިނިސްޓާރ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިހުރި ފިޔަވަޅުތައް ބައްލަވާލައްވައިފި

ޓޫރިޒަމް މިނިސްޓާރ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިހުރި ފިޔަވަޅުތައް ބައްލަވާލައްވައިފި އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 20:17
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން ގައުމަށް ގެނައުމުގެ ޕްލޭނެއް ނެތް ކަމަށް އެގައުމުން ބުނެފި

ޗައިނާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން ގައުމަށް ގެނައުމުގެ ޕްލޭނެއް ނެތް ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޗައިނާގައި ޕާކިސްތާނުގެ 30،000 މީހުން އުޅެއެވެ. މިހާތަނަށް އާއިރު ޕާކިސްތާނުގެ ހަތަރު ކިޔަވާކުއްޖަކަށް ވުހާންގައި ވަނީ މިވައިރަސްގެ އަސަރުކޮށްގެން ފަރުވާދީފަ އެވެ. ވުހާންގައި ޕާކިސްތާނުގެ 500 ކިޔަވާކުދިން ތިބެއެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 19:46
Writer Profile Picture
އާއިޝަތު ޝިއުރާ
އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ވުހާންގައި ތިބި ސްޕެއިން ރައްޔިތުން ގެންނަނީ

ވުހާންގައި ތިބި ސްޕެއިންގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ސްޕެއިނަށް ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެގައުމުން ބުނެފި އެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވީ ސްޕެއިންގެ 20 މީހުން ކުރިޔަށް އޮތް ގަޑީރުތަކުގެ ތެރޭގައި ވުހާން އިން ފުރާނެކަމަށެވެ. އެއަށްފަހު މިމީހުން 14 ދުވަސްވަންދެން ކަރަންޓީނު ކުރުމަށްފަހު ސްޕެއިނަށް ގެންނާނެކަމަށް އެގައުމުން ބުނެއެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 19:36
Writer Profile Picture
އާއިޝަތު ޝިއުރާ
ހޫބޭ ޕްރޮވިންސްގައި 6000ށް ވުރެ ގިނަ މެޑިކަލް ސްޓާފުން މަސައްކަތް ކުރަމުންދަނީ

ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާންގެ ހޫބޭ ޕްރޮވިންސްގެ ކޮރޯނާވައިރަސް ކޮންޓްރޯލް ޕްރޮގްރާމްގައި މަސައްކަތްކުރުމަށް 6000 ހެލްތު ވޯކަރުން ބައިވެރިވާކަމަށް އެ ޕްރޮވިންސުން ބުނެފި އެވެ.

50 ށް ވުރެ ގިނަ މެޑިކަލް ޓީމުތަކުން އެ ޕްރޮވިންސްގައި ހަރަކާތްތެރި ވަމުންދެ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 19:31
Writer Profile Picture
އާއިޝަތު ޝިއުރާ
ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެގައުމަށް ހުކުރު ދުވަހު ގެންނާނެ

ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެގައުމަށް ހުކުރު ދުވަހު ގެންނާނެކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުން ގެނައުމަށް މީގެކުރިން ދެފަހަރެއްގެ މަތިން މަސައްކަތްކޮށް ވަނީ ފްލައިޓް ލަސްވެފަ އެވެ. އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރ ވިދާޅުވީ މިހާރު ޔަގީން ވެފައިވާގޮތުން ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެގައުމަށް އައުމަށް ހުކުރު ދުވަހުގެ ހެނދުނު ފުރާނެ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 19:26
Writer Profile Picture
އާއިޝަތު ޝިއުރާ
އިޖީޕްޓް އެއަރ އިން ޗައިނާއަށް ދާ ހުރިހާ ފްލައިޓްތަކެއް މެދުކަނޑާލައިފި

އިޖީޕްޓް އެއަރ އިން ޗައިނާއިން ކުރަން ހުރި ހުރިހާ ފްލައިޓްތަކެއް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ޗައިނާއިން އަންނަ ފްލައިޓްތަކާއި ޗައިނާއަށް ދާ ފްލައިޓްތައް މެދުކަނޑާލާފައިވާ ކަަމަށެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 18:54
Writer Profile Picture
އާއިޝަތު ޝިއުރާ
ވުހާންގައި ތިބި އިރާނުގެ ރައްޔިތުން ވުހާން އިން ނެރުމުގެ މަސައްކަތް އެގައުމުން ފަށައިފި

ވުހާންގައި ތިބި އިރާނުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އިރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ ރައްޔިތުން ނެރުމުގެ ހުއްދަ އަށް ޗައިނާ ސަރުކާރުގެ ކިބައިން އެދިފަ އެވެ. މީގެއިތުރުން އިރާނުން ވަނީ ވުހާންގައި ކިޔަވަންތިބި އެގައުމުގެ ދަރިވަރުންނަށް ކާނާ އާއި ބޭސް ފޮނުވާފަ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 18:09
Writer Profile Picture
އާއިޝަތު ޝިއުރާ
"ފޭކް ނިއުސް" ފަތުރާތީ ތައިލެންޑުން ދެ މީހަކު ހައްޔަރުކޮށްފި

ފޭކް ނިއުސް ފަތުރާތީ ތައިލެންޑުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ތައިލެންޑުގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި މި ދެމީހުންގެ މައްޗަށް އިންޓަރނެޓް ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާކަމަށް އެއޮފިޝަލް ބުނެއެވެ. މިމީހުންގެ މައްޗަށް މިދައުވާ ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 18:05
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާ ގުޅޭގޮތުން ނުބައި މައުލޫމާތު ފަތުރަމުންދާތީ ކަޒަކިސްތާނުގައި ދެ މީހަކު ހައްޔަރުކޮށްފި

ކޮރޯނާވައިރަސް އާ ގުޅޭގޮތުން ނުބައި މައުލޫމާތު ފަތުރަމުންދާތީ ކަޒަކިސްތާނުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އެމްބިޔުލެންސް ދެ ޑްރައިވަރުންނެވެ. އޭއެފްޕީން ބުނެފައިވާ ގޮތުގައި އެމީހުން މައުލޫމާތު ފަތުރާފައިވަނީ އެހެން ތާކުން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 18:01
Writer Profile Picture
އާއިޝަތު ޝިއުރާ
ކަމާގުޅުންހުރި ފަރާތްތަކާއި އަދި އާއްމުން އަމަލުކުރަންވާ ގޮތުގެ އިރުޝާދުަ ސަރުކާރާއި މިނިސްޓްރީން ދެމުންގެންދާނެ ކަމަށް

ކަމާގުޅުންހުރި ފަރާތްތަކާއި އަދި އާއްމުން އަމަލުކުރަންވާ ގޮތުގެ އިރުޝާދު ސަރުކާރުން އަދި މިނިސްޓްރީން އާއްމުކޮށް އިއުލާންކުރަމުން ގެންދާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ފަރުދީގޮތުން އާއްމު ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 17:18
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާއަށް ދަތުރުނުކުރުމަށް ނައިޖީރިއާއިން އެގައުމުގެ ރައްޔިތުންނަށް އަންގައިފި

ޗައިނާއަށް ދަތުރުނުކުރުމަށް ނައިޖީރިއާއިން އެގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.

ނައިޖީރިއާއިން ބުނެފައިވަނީ މަދުވެގެން ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ޗައިނާއަށް އެއްގޮތަކަށްވެސް ދަތުރުނުކުރުމަށް އެދިފަ އެވެ. މީގެއިތުރުން ނައިޖީރިއާއިން އަންނަ ފަރާތްތަކުންވެސް 14 ދުވަސް ވަންދެން ކަރަންޓީނުކޮށްފައި ބައިތިއްބާނެ ކަމަށްވެސް އެގައުމުން ބުނެއެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 17:13
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާ ރައްޔިތުންނަށް ވިސާ ދޫކުރުން ޗެކް ރިޕަބްލިކުން މެދުކަނޑާލައިފި

ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ ޗައިނާ ރައްޔިތުންނަށް ވިސާ ދޫކުރުން ޗެކް ރިޕަބްލިކުން މެދުކަނޑާލައިފި އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 17:09
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއިން ޗައިނާގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ވިސާ ދިނުން މަޑުޖައްސާލައިފި

ރަޝިޔާއިން ޗައިނާގެ ރައްޔިތުންނަށް ދޫކުރަމުން އަންނަ އިލެކްޓްރޯނިކް ވިސާ ދިނުން މަޑުޖައްސާލައިފި އެވެ.

މީގެއިތުރުން ރޭލް ދަތުރުތައްވެސް ވަނީ ވަކި ވަރަކަށް މަދުކޮށްފަ އެވެ. އަދި ހަމައެކަނި އޮންނާނީ ބެއިޖިންގ އިން މޮސްކޯއަށް ދާ ޑައިރެކްޓް ޓްރެއިން ކަަމަށް އެގައުމުން ބުނެއެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 15:59
Writer Profile Picture
އާއިޝަތު ޝިއުރާ
ސައުތުކޮރެއާއިން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ސައުތުކޮރެއާއިން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެއާއެކު އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހުންގެ އަދަދު ވަނީ 6 ށް އަރާފައެވެ.

ވައިރަސްގެ އަސަރު ފެނުނު ދެ މީހުންގެ ތެރެއިން އެކަކީ ދާދިފަހުން ވުހާން އިން އައި މީހެއް ކަމަށާއި އަނެއް މީހާއަކީ އެހެން އިންސާނެއްގެ ގައިން މިވައިރަސް އެރި މީހެއް ކަމަށް އެގައުމުން ބުނެއެވެ. އެއާއެކު އެގައުމުން މިވަނީ އިންސާނުންގެ ގައިން މިވައިރަސް ފުރަތަމަ ފަހަރަށް ފެތުރިފަ އެެވެ.

މި ދެމީހުންވެސް ވަނީ ވަގުތުން ކަރަންޓީނު ކޮށްފަ އެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 15:51
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސްގެ އަސަރު ވިއެޓްނާމްގެ ތިން މީހެއްގެ ގައިން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ވިއެޓްނާމްގެ ތިން މީހެއްގެ ގައިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

މިތިން މީހުންނަކީވެސް ދާދިފަހުން ވުހާން އިން އައި ތިން މީހުންކަމަށް ވިއެޓްނާމްގެ އޮފިޝަލުން ބުނެއެވެ.

މިތިން މީހުންނަށްވެސް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 15:48
Writer Profile Picture
އާއިޝަތު ޝިއުރާ
މާސްކުތައް އާންމުކޮށް ދޫކުރަން ފަށާނީ އެކަމަށް އިރުޝާދު ލިބުމުންކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ

މާސްކުތައް އާންމުކޮށް ދޫކުރަން ފަށާނީ އެކަމަށް އިރުޝާދު ލިބުމުންކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓާރ އަބްދުﷲ އަމީން ވިދާޅުވީ މާސް ބޭނުންވާވަރަށް މިހާރު އެބަހުރި ކަމަށާއި މާސްކު އާންމުކޮށް ދޫކުރަން ފަށާނީ އެކަމަށް އިރުޝާދު ލިބުމުން ކަމަށެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 15:46
Writer Profile Picture
އާއިޝަތު ޝިއުރާ
ވުހާންގައި ތިބި ދިވެހިންނަށް ކޮންމެ ދުވަހަކު އަންނަނީ 50 ޑޮލަރު ދެމުންކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެ

ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާންގައި ތިބި ދިވެހިންނަށް ކޮންމެ ދުވަހަކު 50 ޑޮލަރު ޚަރަދުކުރަމުންދާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓާރ ވިދާޅުވީ ވުހާންގައި ތިބި ދިވެހިންގެ ކަންކަން ދިވެހި ސަރުކާރުން އަންނަނީ ކައިރިން ބަލަމުންކަމަށެވެ.

30 ޖެނުއަރީ 2020 | ބުރާސްފަތި 15:41