އެޖެންޑާ 19 ރަށަށް: ބޮޑުތިލަދުންމަތީ ދަތުރު

  • ފޮޓޯ އަލްބަމް: އެޖެންޑާ 19 ރަށަށް - ހއ. އިހަވަންދޫ
  • ހަނިމާދޫގައި ބާއްވާ ކަންމަތީ ބައްދަލުވުން
  • ދަތުރުގެ ބައިވެރިން ހދ. ހަނިމާދޫއަށް ވަޑައިގެންފި، އެ ރަށުންވެސް ހޫނު މަރުހަބާއެއް ކިޔާފައިވޭ
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފޮޓޯ އަލްބަމް: އެޖެންޑާ 19 ރަށަށް - ހއ. އިހަވަންދޫ
14 ޖެނުއަރީ 2020 | އަންގާރަ 09:10
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހަނިމާދޫގައި ބާއްވާ ކަންމަތީ ބައްދަލުވުން
14 ޖެނުއަރީ 2020 | އަންގާރަ 08:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ދަތުރުގެ ބައިވެރިން ހދ. ހަނިމާދޫއަށް ވަޑައިގެންފި، އެ ރަށުންވެސް ހޫނު މަރުހަބާއެއް ކިޔާފައިވޭ

އަންގާރަ ދުވަހު ފުރަތަމަ ރަށަކަށް، އެމްޑީޕީގެ ޓީމުން ވަޑައިގެންފައިވަނީ ހދ. ހަނިމާދޫއަށެވެ. ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވަ ކުރައްވާ ދަތުރުފުޅުގެ ބައިވެރިން ހަނިމާދޫއަށް ވަޑައިގެންނެވުމާއެކު އެ ރަށުގެ އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

14 ޖެނުއަރީ 2020 | އަންގާރަ 08:27
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑީޕީއަކީ އިންތިހާބާ ދިމާކޮށް ރައްޔިތުން ވާވައްދަން ރަށްރަށަށް އަންނަ ބައެއް ނޫން: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ސާފުވެފައި އޮތް ހަގީގަތަކީ އެމްޑީޕީއަކީ އިންތިހާބާ ދިމާކޮށް ރައްޔިތުން ވާވައްދަން ރަށްރަށަށް އަންނަ ބައެއް ނޫންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެ ރަށްރަށަށް ވަޑައިގަންނަވަނީ އިންތިހާބާ ދިމާކޮށް ނޫން ކަމަށާއި، ދިއްދޫ ރައްޔިތުންނަށް އެކަން ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. މީގެއިތުރުން މުޅި ތިލަދުންމަތީ ރައްޔިތުންނަށް ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް އަބަދުވެސް އެމްޑީޕީއަކީ އެމީހުން ކައިރީގައި ތިބޭ ބައެއްކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އިންތިހާބެއް އައީމަ އަޅުގަނޑުމެން އެ ވަގުތު އެ ފުރުސަތު ބޭނުން މިކުރަނީ ވަކި ހާއްސަ ކަމަކަށް. ވަކި ވާހަކައެއް ދައްކަން. އެއީ މި ނިޒާމް ހަމަޖެހިފައި އޮންނަ ގޮތް. އެއަށްކިޔަނީ ޑިމޮކްރަސީ. އިންތިހާބު އައީމަ އަޅުގަނޑުމެން ހުށަހަޅާނަން، ބަލާނަން ތި ބޭފުޅުންގެ ޝަކުވާތައް އަދި ކަންބޮޑުވުންތައް. އެ ކަންބޮޑުވުންތަކަށް ހައްލުގެނައުމަށް އަޅުގަނޑުމެން ހުށަހަޅާނަން ސިޔާޔަސަތުތަކެއް. އެވާހަކަ ދައްކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ކައިރިއަށް އަބަދުވެސް ދާނަން. ރާއްޖޭގެ ރައްޔިތުންނަށް އިނގޭ އަދި އެ ރައްޔިތުން ތިބޭނީ އެ ވާހަކަ ދެއްކުމަށް އަޅުގަނޑުމެން ގެނައުމަށް އެ ރައްޔިތުންގެ ދޮރުތައް ހުޅުވާލައިގެން ސައި ހަދައިގެން. ރައްޔިތުން ތިބީ މި ވާހަކަތައް އަޑުއަހަން.
14 ޖެނުއަރީ 2020 | އަންގާރަ 01:06
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެޖެންޑާ 19 ރަށަށް: އެމްޑީޕީ ތިލަދުންމަތީ ދަރުތުގައި ހޯމަ ދުވަހު 5 ރަށަށް!
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދިއްދޫއިން މަރުހަބާ ދެންނެވުން -- ފޮޓޯ: ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި އެޕާޓީން ހޯމަ ދުވަހު ވަނީ ފަސް ރަށަށް ގޮސްފައެވެ.

ހދ. ކުޅުދުއްފުށީ "ސީކުއީން" ބޯޓުގައި 300 އެއްހާ މީހުންނާއިއެކު އާދިއްތަ ދުވަހު ހަވީރު ފެށި މި ދަތުތުރުގައި އެމްޑީޕީގެ ޓީމުން 10 ގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު ހޯމަ ދުވަހު ހެނދުނު ފުރަތަމަ ގޮސްފައިވަނީ ހއ. އިހަވަންދޫއަށެވެ. އެއަށްފަހު ހޯމަ ދުވަހު ވަނީ އެ އަތޮޅު ހޯރަފުށީ، ކެލާ އަދި ބާރަށް ވަނީ ގޮސްފައެވެ. އަދި ހޯމަ ދުވަހުގެ ރޭ 7:00 ވަނީ ދިއްދޫއަށް ގޮސްފައެވެ.

14 ޖެނުއަރީ 2020 | އަންގާރަ 00:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖެ އަނބުރާ 1800ގެ އަހަރުތަކުގެ ތެރެއަށް ވައްޓާލަން ރައްޔިތުން ބޭނުމެއް ނުވޭ: އަހުމަދު އަބްދުﷲ
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ރާއްޖެ އަނބުރާ 1980 ނުވަތަ 1800 ގެ އަހަރުތަކުގެ ތެރެއަށް ވައްޓާލަން ދިވެހި ރައްޔިތުން ބޭނުންނުވާކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޕާޓީގެ ޗެއަރޕާސަންގެ ނައިބް މާލީކަންވެސް ކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ކަމަށެވެ. އަދިި ރައްޔިތުންގެ ކަންކަން ރައްޔިތުންނަށް ނިންމޭނެ ފަދަ ނިޒާމެއްކަމަށާއި، 1800 ނުވަތަ 1980 ގެ އަހަރުތަކުގެ ހާލަތަށް އަނބުރާ ދިއުމަށް ރައްޔިތުން ބޭނުން ނުވާކަމަށް މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ކާޅު ހާލި ހެދީމަ ކޮވެލި ބިސްއަޅާ އުސޫލުން ކަންކުރާނެ ބަޔަކަށް ފުރުސަތު ދީގެން ނުވާނެ. މި ރާއްޖެ އަނބުރާ އަނެއްކާވެސް 1980 ނުވަތަ 1800 ގެ އަހަރުތަކުގެ ތެރެއަށް ނުގެންދާނެ ދިވެހި ރައްޔިތުންނެއް. އެހެންވީމާ ދިވެހި ރައްޔިތުންގެ ޕާޓީގެ ކެންޑިޑޭޓުންނަށް، އެމްޑީޕީގެ ކެންޑިޑޭޓުންނަށް މުޅި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ވޯޓު ދޭނެ ކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަން.

މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީން އަބަދުވެސް ގެންދިޔައީ ލާމަރުކަޒީ ބާރުތައް ރަށްރަށަށް ދިނުމަށް ވަކާލާތުކުރަމުން ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނީ ނިޒާމުގެ ތެރެއިން ލާމަރުކަޒީ ބާރުތަކާއި، ރައްޔިތުންނަށް ބާރުތައް ދޫކޮށްލުމަށް ފާސްކުރެވުނު ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުން މަސައްކަތްކުރީ އެ ބާރުތައް ކައުންސިލްތަކުންނާއި ރައްޔިތުން އަތުން ނިގުޅައިގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ސަރުކާރުތަކުން ތަރައްގީއަށް ހުރަސްއަޅާ، ކައުންސިލްތަކުގެ އަތް ބަނދެލި ކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީއިން ދެވަނަ ފަހަރަކަށް ވެރިކަމަށް އައިސް އެ މަސައްކަތް އަލުން ފެށިކަމަށާއި އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް، ނިގުޅައިގަތް ބާރުތައް އަނބުރާ ދީފައިވާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

14 ޖެނުއަރީ 2020 | އަންގާރަ 00:40
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑީޕީއާ ދޭތެރޭގައި ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހެނީ ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދޭން އުޅޭތީ: ސަލީމް
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އެމްޑީޕީއާ މެދުގައި ސިޔާސީގޮތުން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހެނީ ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދޭން އުޅޭތީކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެޖެންޑާ 19 ރަށަށް – ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދިވެހިރާއްޖެއަކީ އެތައް ޒަމާންތަކެއް ވަންދެން އެކި ބާވަތްތަކުގެ ވެރިކަން ކޮށްފައި އޮތް ގައުމެއްކަން އެންމެންނަށްވެސް އިނގޭ ކަމަށެވެ. އަދި އެމްޑީޕީއާ މެދުގައި ސިޔާސީގޮތުން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހެނީ ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދީ ރައްޔިތުން އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ހޯދައިދޭތީ ކަމަށް ސަލީމް ވިދާޅުވި އެވެ. އެގޮތުން ސަލީމް ވިދާޅުވީ ވެރިންގެ ކައިރިއަށްގޮސް ސަލާން ނުޖަހާ ފައިބުޑަށް ނުވެއްޓި އަމިއްލައަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަސައްކަތް ކުރަން އުޅޭތީ އެމްޑީޕީއާއި ދޭތެރޭގައި ސިޔާސީ ބައެއް ފަރާތްތަކުން ހިތްހަމް ނުޖެހޭ ކަމަށެވެ.

އަޅުގަނޑުމެންނަށް ދަސްވެފައި އޮތް ކަމަކީ އަޅުގަނޑުމެންނަށް އާދަވެފައި އޮތްކަމަކީ އަބަދުވެސް މީހުން އަޅުގަނޑުމެންނަށް އަޅުވެތިކުރުން. އަބަދުވެސް އަޅުގަނޑުމެންނާ ހަމައަށް އައިސް ކަންކަމަށް އެދި އަޅުގަނޑުމެންގެ ހެޔޮކަމުން ކަންކަން ކޮށްދޭ ބައެއްގެ ގޮތުގައި ދެއްކުން. އެގޮތް އެމްޑީޕީން ބޭނުން ނުވާތީ ބައެއް ސިޔާސީ ފަރާތްތަކުން ކަންބޮޑުވަނީ. އެހެންވީމާ އަޅުގަނޑު ކުޑަވެސް ޝައްކެއް ނުކުރަން މި ހުރިހާ ކަމެއް އަޅުގަނޑުމެންގެ ލޯ މަތިން، ފެނި އެ ހެކީގެ އަލީގައި އަޅުގަނޑުމެންގެ ނިންމުން އުނދަގޫވާނެ ކަމަކަށް.

ސަލީމް ވިދާޅުވީ މިއީ އެމްޑީޕީން ޗެމްޕިއަންކަން ހޯދަން ނުކުންނަ ތިންވަނަ ފަހަރު ކަމަށެވެ. އަދި މި ފަހަރު ވެސް އެމްޑީޕީން ތަށި ނަގާނެ ކަމަށާއި، ޗެމްޕިއަނުން ޗެމްޕިއަނުންނަށް ވަނީ ހަމައެހެން ތިބެފަ ނޫން ކަމަށެވެ. އެއީ ބުރަ މަސައްކަތާއި ހިއްމަތާއި މިންނަތާއި ރޭވުންތެރިކަމާއެކީ ކުރާ ކަމެއް ކަމަށާއި، ހަމަ ތިބެފަ ދަނޑަށްއަރާ މެޗެއް ކުޅެފައި މޮޅުވަނީއެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީން ޗެމްޕިއަންކަން ނަގާނެކަމުގެ އެއް ހެއްކަކީ އެމްޑީޕީން މަސައްކަތްކުރާ އިންތިޒާމްތައް ކަމަށެވެ. އަދި ތަންތަނަށް ދަތުރުކޮށް ގޭގެއަށް ގޮސް މީހުންނާ ވާހަކަދައްކާ މެނިފެސްޓޯ އެކުލަވާލާ ކަންކަން ތަރުތީބުކޮށް ވޯޓާ ހަމައަށް ގޮސް އެކަން ކާމިޔާބުވުމުން އެވީ ވައުދުތަކުގެ މަތިން ހަނދާން ނައްތާނުލާ ރެއާ ދުވާލު މަސައްކަތްކޮށް އެ ވައުދުތައް ކާމިޔާބުކުރުމަށް ކުރާ މަސައްކަތް ކަމަށާއި، އެއީ އެމްޑީޕީއަށް ޗެމްޕިއަންކަން ލިބޭ ގޮތް ކަމަށް ސަލީމް ވިދާޅުވިއެވެ.

14 ޖެނުއަރީ 2020 | އަންގާރަ 00:38
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެޖެންޑާ 19 ރަށަށް - އެމްޑީޕީ ހއ. ދިއްދޫގައި ބޭއްވި ޖަލްސާ
14 ޖެނުއަރީ 2020 | އަންގާރަ 00:04
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބަޖެޓު އެންމެ ފުރިހަމަކޮށް ތަންފީޒު ވެގެންދާނީ ފުރިހަމަ ރީނދޫ ކައުންސިލެއް އޮވެގެން: ޢަބްދުﷲ ވަޙީދު
ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

2020ގެ ބަޖެޓު އެންމެ ފުރިހަމަކޮށް ތަންފީޒު ވެގެންދާނީ ފުރިހަމަ ރީނދޫ ކައުންސިލެއް އޮވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ 2020 ވަނަ އަހަރު ދިއްދޫއަށް 200 މިލިއަންގެ ބަޖެޓެއް ފާސްކުރެވުނު ކަމަށެވެ. އަދި މި ބަޖެޓު އެންމެ ފުރިހަމަކޮށް ތަންފީޒުވެގެންދާނީ ފުރިހަމަ ރީނދޫ ކައުންސިލެއް އޮވެގެން ކަމަށެވެ. ދިއްދޫގެ ބަޖެޓަށް އަލިއަޅުއްވާލާ މެމްބަރު ވިދާޅުވީ 2020 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދިއްދޫ ރައްޔިތުންނަށް ރައިސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތަކުގެ 90% ވަނީ ހިމެނިފައިކަމަށެވެ.

13 ޖެނުއަރީ 2020 | ހޯމަ 23:44
Writer Profile Picture
އަލީ ސަމާޚް
ރައީސް ނަޝީދު ހޯރަފުށީގައި
13 ޖެނުއަރީ 2020 | ހޯމަ 12:06
Writer Profile Picture
އަމަން ހަލީމް
އެޖެންޑާ 19 ރަށަށް: ބޮޑުތިލަދުންމަތީ ދަތުރު

މި ދަތުރުގައި އެމްޑީޕީގެ ޓީމުން ހޯމަދުވަހު ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ކެލާ، ބާރަށް އަދި ދިއްދޫ އެވެ.

13 ޖެނުއަރީ 2020 | ހޯމަ 12:02
Writer Profile Picture
އަމަން ހަލީމް
ހޯރަފުށިން އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

ހޯރަފުއްޓަށް އެމްޑީޕީގެ ޓީމުން ޒިޔާރަތް ކުރުމުން އެރަށުން މެންދުރުގެ ހޫނު ވަގުތުގައިވެސް ވަނީ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަރޝީޕް އަދި ޕާޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ކުރާ މިދަތުރުގައި ހޯރަފުއްޓަށް ލެފިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައެވެ.

މި ދަތުރުގައި ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ އެރަށުން ޓީމާއި ގުޅިވަޑައިގެންފައެވެ.

ހޯރަފުށީގައިވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތާއީދު ހޯދުމަށް ދޮރުން ދޮރަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކަންމަތީ ބައްދަލުވުން ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ޓީމުން ހޯރަފުށިން ފުރުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގެ މެންދުރު 13:30 ގައެވެ.

13 ޖެނުއަރީ 2020 | ހޯމަ 12:01
Writer Profile Picture
އަލީ ސަމާޚް
ރައީސް ނަޝީދު ހޯރަފުށީގެ އެމްޑީޕީ މެމްބަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަނީ
13 ޖެނުއަރީ 2020 | ހޯމަ 12:00
Writer Profile Picture
އަލީ ސަމާޚް
ރައީސް ނަޝީދު ހޯރަފުށީ ގައި، އަރިހުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ)
ރައީސް ނަޝީދު ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި
13 ޖެނުއަރީ 2020 | ހޯމަ 11:53
Writer Profile Picture
އަލީ ސަމާޚް
ރައީސް ނަޝީދު ހއ. އިހަވަންދޫ ގައި، ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން
13 ޖެނުއަރީ 2020 | ހޯމަ 11:51