ގުޅިފައިވާ ޕާޓީތަކުން ތިމަރަފުށީގައި ބާއްވާ ޖަލްސާ

  • ވެރިކަމުގައި ހުންނަވާގެން ރާއްޖޭގެ ތާރީޚުގައި އަމިއްލަ ބޮޑު ގެއެއް އެޅިތަން ދުށިންތޯ: އިންތި
  • ވައްކަން ކުރާ ބަޔަކު އެކަން ކުރިޔަސް މާ ސަޕްރައިޒެއް ނުވޭ: ރޮޒައިނާ
  • އެކަނިމާ އެކަނި ވާނެ! ގިނިކަންޏާ އެކަނި ހުންނަން ޖެހޭނީ: ލޯޔަރ ވައްޑެ
 
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ވެރިކަމުގައި ހުންނަވާގެން ރާއްޖޭގެ ތާރީޚުގައި އަމިއްލަ ބޮޑު ގެއެއް އެޅިތަން ދުށިންތޯ: އިންތި

ވެރިކަމުގައި ހުިންނަވާގެން އަމިއްލައަށް ބިމެއް ގަނެ، 17 ބުރީގެ ގެއެއް އެޅިތަން ފެނުނުތޯ އައްސަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިއާޒް ފަހުމީ (އިންތި) ވަރުގަދަ ސުވާލުތަކެއް ކުރައްވާފިއެވެ. އިންތި ވަނީ އެ ވަރުގެ ބޭފުޅެއް މުޅި ރާއްޖޭގެ ތާޜީޚްގައި ވެސް ފެނިފައިވޭތޯ އައްސަވާފައެވެ. އެވަރުގެ ބޭފުޅަކާ ހެދި ބޮޑު ކޯފާއެއް ﷲ ހަޒްރަތުން އައިސްފާނެ ކަމުގެ ބިރު އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. 

6 އޯގަސްޓް 2018 | ހޯމަ 23:24
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ވައްކަން ކުރާ ބަޔަކު އެކަން ކުރިޔަސް މާ ސަޕްރައިޒެއް ނުވޭ: ރޮޒައިނާ

އެމްޑީޕީގެ މެނިފެސްޓޯގެ ފޮޓޯ ނަގައިގެން ޓުވިޓާގައި ޕީޕީއެމް މީހުން ޝެއާ ކުރާ ކަމަށާއި އެމީހުން ދަނީ އެ މެނިފެސްޓޯ އަކީ ޕީޕީއެމްގެ މެނިފެސްޓޯ ކޮޕީ ކޮށްފައި ބުނަމުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެނިފެޓޯއަކީ ކޮންއިރަކު ނެރުނު އެއްޗެއްތޯ އަހާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޕީޕީއެމްގެ މެމްބަރުންނަށް ގޮންޖައްސަވާފައެވެ. އަދި އެއިން އެގެނީ އެހުރީ އެމްޑީޕީގެ މެނިފެސްޓޯ ކޮޕީކޮށްފައިކަން އެގޭ ކަމަށާއި އެކަމަކީ މާ ސަޕްރައިޒްވާ ކަމެއް ކަމަކަށް ނުވާ ކަމަކީ މި މީހުންނަކީ ވައްކަން ކުރާ ބައެއް ކަމަށް ވާތީއެވެ.

6 އޯގަސްޓް 2018 | ހޯމަ 23:06
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އެކަނިމާ އެކަނި ވާނެ! ގިނިކަންޏާ އެކަނި ހުންނަން ޖެހޭނީ: ލޯޔަރ ވައްޑެ

ސެޕްޓެމްބަރު މަހުގެ ވޯޓު ލާ ދުވަސް އަންނަންވާއިރަށް ވެރިކަމުގައި ހުރި ބޭފުޅާ އެކަނިމާއެކަނި ގިނިކަންޔާ ވާނެ ކަމަށާއި އެކަން ވާން މެދުވެރިވާ މަގްސަދަކީ ލިބުނު ނިއުމަތުގެ ބޭނުން ހިފަން ނޭގުމުން ކަމަށް ވައްޑެ ވިދާޅުވިއެވެ. ބާރުވެރިކަން ދައްކަން މަސައްކަތް ކުރި ކަމުގައިވީ ނަމަވެސް ހަގީގަތަކީ އޭނާއަށް ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަމަށެވެ. އަދި އަނިޔާވެރި ވެރިންގެ ކުރިމަތީގައި ހައްގު ބަސް ބުނަން ޖެހޭނެ ކަމަށާއި އެއީ އެންމެ ވަރުގަނދަ އެއް ޖިހާދު ކަމަށެވެ. އޭނާއާއެކު މިވަގުތު ހުންނަ މީހެއްގެ ކައިރީއަށް ކޯފާ ލެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

6 އޯގަސްޓް 2018 | ހޯމަ 22:58
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އިސްލާހީ މަސައްކަތް ސަހާބީން ވެސް ކުރެއްވި: ލޯޔަރ ވައްޑެ

އިސްލާހީ މަސައްކަތްތަކީ ރަސޫލު ބޭކަލުން ވެސް ކުރެއްވި މަސައްކަތް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގެ ކިބައިން އެ ސިފައެއް ނުފެންނަކަމަށް ލޯޔަރު ވައްޑެ ވިދާޅުވިއެވެ. އަދި އިދިކޮޅުން އިސްލާހީ މަސައްކަތް ކުރައްވާ ބޭފުޅުން ޖަލައްލާފައި އެހުރީ ނުހައްގުން ކަމަށާއި އެކަން އެބޭފުޅުން އެކަން ކުރަނީ ބިރުން ކަމަށާއި އިދިކޮޅުން އާ ލީޑަރުންތަކެއް އުފެދިދާނެތީ ކަމަށެވެ، ނަމަވެސް ހަގީގަތަކީ ހައްގަ އަބަދުވެސް އިންސާފު ލިބޭނެ ކަމަށާއި ނުވެމްބަރު 11އަށް ފަހު މިވެރިކަން ނެތިގޮސް އެ ދުވަހު އިންތިޚާބު ކުރެވޭނީ އިދިކޮޅު ކޯލިޝަން ކަމަށެވެ.

6 އޯގަސްޓް 2018 | ހޯމަ 22:49
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ހުރިހާ ބާރެއް ﷲތައާލާ އެބޭފުޅާއަށް ދެއްވި: ލޯޔަރު ވައްޑެ

ހުރިހާ ބާރެއް ﷲ ތައާލާ ވެރިމީހާއަށް ދެއްވި ކަމަށާއި އެކަމަކު ވެރިކަމުގައި ހުންނެވި ބޭފުޅާއަށް އެކަން ނުދަންނަ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް މުހައްމަދު ވަހީދު (ލޯޔަރ ވައްޑެ) ވިދާޅުވިއެވެ. އަދި ﷲ ސުބްހާނަހޫ ވަތައާލާ އަކީ ޝުކުރުވެރިވާ މީހުންނަށް ރިޒްގް އިތުރު ކުރާ ރަސްކަލާނގެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

6 އޯގަސްޓް 2018 | ހޯމަ 22:43
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އިބޫ ނުހޮވިއްޖިއްޔާ އަޅުގަނޑުމެން މަރާލާނެ: މުސްތަފާ

އަޅުގަނޑުމެންނަށް ރައްކާތެރިކަން އޮތީ އިބޫ ހޮވިއްޖިއްޔާމުންކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އިބޫ ނުހޮވިއްޖިޔާމުން އަޅުގަނޑު ވެސް ދެންތިބި މީހުން ވެސް "އެމަނިކުފާނު" މަރާނެ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

6 އޯގަސްޓް 2018 | ހޯމަ 22:39
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
ދުވަހަކު ވެސް މަސައްކަތް ނުކުރާ ވަރަށް މަސައްކަތް ކުރާނަން: މުސްތަފާ

ދުވަހަކު ވެސް މަސައްކަތް ނުކުރާ ވަރަށް ގުޅިފައިވާ ސިޔާސީ ކެންޑިޑޭޓްއަށް ވޯޓު ހޯދަދޭން މަސައްކަތް ކުރާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އިބޫ ސޯލިކް އަކީ ސޯލިހެއް ކަމަށާއި އެބޭފުޅާއަކީ ހަމަ ސީދާ ތެދުވެރިއެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. އެބޭފުޅާ ރައްޔިތުންނަކަށް އަނިޔާވެރި ނުވާނެ ކަމަށާއި ރައްޔިތުން ދެކެ ލޯބިވާނެކަމަށެވެ.

6 އޯގަސްޓް 2018 | ހޯމަ 22:34
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އަޅުގަނޑަށް ވީ ވައުދުތަށް މިއަދާ ހަމައަށް ހަރާމް ބަޚަބަރު: މުސްތަފާ

އެމްޑީޕީގެ ސަރުކާރުން ތިމަރަށްފުއްޓަށާއި ވޭމެންޑޫގައި ހިންގުމަށް 69 ޕްރޮޖެކްޓް ރޭވިކަމަށާއި ޕީޕީއެމްއަށް ސޮއި ކުރީ ރަށު ރައްޔިތުންގެ އެދުމުގެ މަތިންނާއި އެ ހުރިހާ ޕްރޮޖެކްޓެއް ނިންމާދޭނެ ކަމަށް ރައީސް ޔާމީން ވައުދުވެ އެގްރީމެންޓެއްގައި ސޮއި ކުރުމުން ކަމަށް ތިމަރަފުށީގެ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދާހަމައަށް އެއިން  ހަރާން ބަޚަބަރު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

6 އޯގަސްޓް 2018 | ހޯމަ 22:26
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އެމްޑީޕީން ރަށްތަކާއި އަތޮޅުތައް ކުރިއަރުވާނަން: އިބޫ

އެމްޑީޕީގެ ވެރިކަމުގައި ތިމަރަފުށީގެ ބިން ހިއްކިތާ މިއަދާ ހަމައަށް 6 އަހަރުވެފައި ވީނަމަވެސް އެތަން ހުރީ އަދިވެސް ބޭނުން ހިފޭގޮތަކަށް ނޫން ކަމަށާއި އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އިންތިޚާބު ކޮށްފިނަމަ އެ ބިން ތަރައްގީކޮށް، ގޯތި ދޫކުރާނެކަމަށް ހަދާނެ ކަމަށް ގުޅފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު އިބޫ ސޯލިހު ވިދާޅުވިއެވެ. އަދި މި ސަރުކާރާއި ޚިލާފަށް އިންވެސްޓަރުންގެ އިތުބާރު ހޯދާ އެ އަތޮޅަށް ތަރައްގީ ގެނެސްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ލޯކަން ޓޫރިޒަމް ކުރި އަރުވާނެ ކަމުގެ ޔަގީން ކަން ވެސް ވަނީ ދެއްވައިފައެވެ. 

6 އޯގަސްޓް 2018 | ހޯމަ 22:11
Writer Profile Picture
އަރުޝަމް އަބްދުލް ޢަޒީޒް
އަޅުގަނޑުމެންނަކީ ވަގުންނެއް ނޫން: އަލީ ޒާހިރު

އަޅުގަނޑުމެންނަކީ ވައްކަން ކުރާނެ ބައެއް ނޫންކަމަށާއި ޚިޔާނަތްތެރި ވާނެ ބައެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެ މަނިކުފާނު ވަނީ އިބޫއަށް ތާއީދު ކުރާ އެއް ސަބަބަކީ އެއީ ކަމަށާއި އިބޫ ފައިސާ ފޮއްޗެއްގައި ނުޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

6 އޯގަސްޓް 2018 | ހޯމަ 22:00
Writer Profile Picture
މުހަންމަދު ވިސާމް
ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރު ފެށޭ ދުވަހު ރިޔާޒު މިނިވަން ވާނެ: އަންވަރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ކުރިއަށް ގެންދާ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، މިއީ ގައުމީ ހަރަކާތެއް ކަން ފާހަގަކުރަމުން އަންވަރު ވިދާޅުވީ އަބްދުﷲ ރިޔާޒުގެ އާއިލާއިން ގުޅިފައިވާ ޕާޓީތަކަށް ތާއިދުކޮށް މަސައްކަތްކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ގުޅިފައިވާ  ޕާޓީތަކުގެ ވެރިކަމެއްގައި އަބްދުﷲ ރިޔާޒު މިނިވަންވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

6 އޯގަސްޓް 2018 | ހޯމަ 21:42
Writer Profile Picture
މުހަންމަދު ވިސާމް
ގުޅިފައިވާ ޕާޓީތަކުން ތިމަރަފުށީގައި ބާއްވާ ޖަލްސާ

މި ޖަލްސާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާއެވެ. މިޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން ގުޅިފައިވާ ޕާޓީޓަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވައެވެ.

6 އޯގަސްޓް 2018 | ހޯމަ 21:34