ފަލަ ސުރުހީ

  • ރާއްޖެއިން ބޭރުގައިވެސް ވޯޓު ފޮށިތައް ބަހައްޓާނަން
  • ރައީސް ޔާމިން ކިހިލި ޖަހައިގެން ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރާނެ
  • މިނިވަން އިންތިހާބެއް ޖެހޭނީ ރައްޔިތުން ހޯދަން
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރާއްޖެއިން ބޭރުގައިވެސް ވޯޓު ފޮށިތައް ބަހައްޓާނަން

ޝިފާޒް: ބޭރުގެ ގައުމުތަކުގެ ތެރެއިން ގިނަ ދިވެހިން އުޅޭ ގައުމުތަކުގައި ޕްރައިމަރީގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާނެ. ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުތުމަށް ގޮވާލަން. ވޯޓުލާން ދިއުމުގެ ކުރިން ލިސްޓްގައި ނަން އޮތްތޯ ޗެކްކޮށްލުމަކީ މުހިންމު ކަމެއް. ވޯޓުލެވޭ މީހުންގެ ލިސްޓް މިހާރުވާނީ އާންމު ކުރެވިފައި

19 މެއި 2018 | ހޮނިހިރު 22:10
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ޔާމިން ކިހިލި ޖަހައިގެން ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރާނެ

ޝިފާޒް: ރައްޔިތުން ވޯޓުދޭން ބޭނުންވަނީ ވައްކަން ނުކުރާނެ ބަޔަކަށް. ރައްޔިތުން ދައުލަތައް ދޭ ފައިސާއަށް ހެދި ގޮތެއް ބުނެދޭނެ މީހަކު ނެތް. އެމްއެމްޕީއާރުސީއަށް ވަން ފައިސާއަށް ވީ ގޮތެއް ނޭނގޭ. ވައްކަން ނުކުރާނެ ވެރިއަކު ރައްޔިތުން ބަލާނެ.

ޝިފާޒް: ރައީސް ޔާމިން ކިހިލި ޖަހަލައިގެން ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާނެ. ރައީސް ނަޝީދަށް އިންތިހާބުގައި ކުރިމަތިލެއްވޭ ހިސާބަށް ރައީސް ޔާމިން އިންތިހާބަށް ކުރިމަތިލައްވާނެ ކަމެއް ނޭނގެ.

19 މެއި 2018 | ހޮނިހިރު 22:06
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މިނިވަން އިންތިހާބެއް ޖެހޭނީ ރައްޔިތުން ހޯދަން

ޝިފާޒް: ރާއްޖޭގެ ރައްޔިތުންގެ މައިގަނޑު ވިސްނުމަކީ ރައީސް އަބްދުﷲ ޔާމިން ކިބައިން ސަލާމަތްވުން. ރައްޔިތުން މަޑުން ތިބެނީ ރައީސް އަބްދުﷲ ޔާމިނަށް ތާއިދު ކުރައްވާތީއެއްނޫން. މި އަހަރު ރިޔާސީ އިންތިހާބެއް އޮތީމަ. ރާއްޖޭގެ ރައްޔިތުން ބޭނުންވޭ ރައީސް ނަޝީދު ކުރިމަތިލެއްވުމަށް.

ޝިފާޒް: ހުރިހާ ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށްގެން ވެރިކަން ކުރެވިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ހީފުޅުވުމަކީ ކުށްހީއެއް.

ޝިފާޒް: ރިޔާސީ އިންތިހާބު ޖެހޭނީ ހޯދަން. ރައީސް އަބްދުﷲ ޔާމިން މިނިވަން އިންތިހާބަށް ހުރަސްއަޅުއްވަން މަސައްކަތް ކުރައްވާނެ. އިންތިހާބު ޖެހޭނީ ހޯދަން.

19 މެއި 2018 | ހޮނިހިރު 22:02
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް

ޝިފާޒް: އަޅުގަނޑުމެން މެނިފެސްޓޯގައި ނުލިޔާނަން ބެޔަސް ނުބެޔަސް 10000 ދޭނަމޭ. އެއީ ބިލާހެއް. ދެން އޭގައި ދިވެހި ރައްޔިތުންވެސް ނުޖެއްސޭނެ.

ޝިފާޒް: ރައްޔިތުންގެ ވިސްނުން އެނގުނީމަ ދެން އެކަމެއް ވާނެ. އެމްޑީޕީން ދައްކާ ކެނޑިޑޭޓަކަށް ކުރިމަތި ނުލެވޭނެ ގޮތައް ހައްދަވައިގެން ރައީސް ޔާމިނަށް ވާނެ ފައިދާއެއް ނޯންނާނެ. ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމާމެދު ހަމަ އެއްވެސް ޝައްކެތް ނުކުރަން.  

19 މެއި 2018 | ހޮނިހިރު 21:54
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އެމްޑީޕީން ދެކޭ ތަރައްގީގެ ވާހަކަ މެނިފެސްޓޯގައި ހިމެނޭނެ

ޝިފާޒް: ރައީސް ނަޝީދުގެ ވާހަކަފުޅު ބިނާވެފައިވަނީ ގައުމުގެ ހާލަތާ ގުޅޭ ގޮތުން. ރައީސް ނަޝީދު އެކަނި ކުރިމަތިލެއްވި ނަމަވެސް ކެމްޕެއިން ކުރެއްވުމުގެ ބޭނުމަކީ އެމަނިކުފާނުގެ ސިޔާސަތުތައް އާންމުނަށް އެނގުން. އެ ސިޔާސަތުތަކުގެ މައްޗަށް ލާ ވޯޓަކަށް ވާން ޖެހޭނެ.

ޝިފާޒް: ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް ކަމާއި އެއީ ބޮޑު ހިލައަކުން އަންނަ އެއްޗެއް ނޫންކަން އެންމެނަށް މިހާރު އެނގޭނެ. މި ސަރުކާރުން ދެކެނީ ވައްކަމަކީ ތަރައްގީކަމަށް. މާލޭގައި ހުރި އެންމެ ބޮޑު އިމާރާތަކީ ވައްކަމުގެ ރަމްޒެއް. ކައުންސިލްތަކަށް ފުރިހަމަ ބާރު ދިނުމަކީ އެމްޑީޕީން ދެކޭ ގޮތުގައި ތަރައްގީ. އަނބިދަރިންނާއެކު މަސައްކަތްކޮށްގެން އާއިލާ ގޮވައިގެން ރަށުގައި އުޅެވޭނެ ގޮތް ވުމަކީ ތަރައްގީ.

19 މެއި 2018 | ހޮނިހިރު 21:50
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ފަލަ ސުރުހީ ލައިވް: އެމްޑީޕީގެ ޕްރައިމަރީ އަށަް ވަމުންދާ ތައްޔާރީތައް

ޝިފާޒް:- އެމްޑީޕީން އިންތިހާބަށް ވަރަށް ބޮޑަށް ދަނީ ތައްޔާރުވަމުން. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ

ޝިފާޒް:- އިންތިހާބުގައި ވޯޓުލުމަށް 50000 ވުރެ ގިނަ މެމްބަރުން އެބަ ތިބި. ވީހާވެސް ގިނަ މެމްބަރުން ވޯޓުލުމަށް ޕާޓީން ބޭނުންވޭ 

ޝިފާޒް:- ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެނޑިޑޭޓެއް ހޮވާނީ ޕާޓީތަކުން ނެރޭ ކެނޑިޑޭޓުންގެ މެދުގައި ނެގޭ ވޯޓަކުން

19 މެއި 2018 | ހޮނިހިރު 21:42