އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ވަގުތުން

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ

1,182

ޚުލާސާ

  • ވޯޓަށް އެހުން
  • އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން
  • ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން

27 ފެބްރުއަރީ 2017 | ހޯމަ 14:08

18:39

މުހައްމަދު ފަޒީން

ވޯޓަށް އެހުން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މަޖުބޫރުކޮށްގެން މެމްބަރުން އިތުރު ކުރަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅި ގަރާރު މަޖިލީހަށް ބަލައި ނުގަތުމަށް 38 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފި، އެ ގަރާރު މަޖިލީޙަށް ބަލައިގަތުމަށް ވޯޓު ދެއްވީ 20 މެމްބަރުން. ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ތިން މެމްބަރުން ތިއްބެވި. 

 

އެވޯޓަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި.

27 ފެބްރުއަރީ 2017 | ހޯމަ 17:13

16:54

މުހައްމަދު ފަޒީން

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

މި ގަރާރަށް ވަރަށް ބޮޑަށް ތާއީދު ކުރަން. މިހާރު އޮފީހަށް ވަދެވެން އޮތީވެސް ޕީޕީއެމަށް ސޮއިކޮށްފަ. މޭޒުމަތީގައި އޮންނަނީ ޕީޕީއެމްގެ ފޯމް. މިއީ ކަންކަން ހުރި ހާލަތު މިހާރު.

27 ފެބްރުއަރީ 2017 | ހޯމަ 13:12

16:50

މުހައްމަދު ފަޒީން

ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން

މިކަލަ ކިތައްމެ ގަރާރެއް މަޖިލީހަށް ވެއްދިޔަސް ފަރުވާލެއްނެތް. ރައީސް ޔާމީނަކީ މި ކަހަލަ ގަރާރުތަކަށް ޖެހިލުންވާނެ ބޭފުޅެއް ނޫން. ފ. އަތޮޅު ތަރައްގީއަށް ރައީސް ޔާމީން ކުރައްވާ ކަންކަން އެގޮތުގައި ކުރިއަށްދާނެ. 

27 ފެބްރުއަރީ 2017 | ހޯމަ 13:12

16:46

މުހައްމަދު ފަޒީން

ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު

ވަކި ޕާޓީއަކަށް ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ  މުވައްޒަފުން ވައްދާކަމީ ހަގީގަތެއް. މިއީ ވަރަށް ހިތާމަކުރާކަމެެއް. އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ޕާޓީއަކަށް ވެއްދިގެންނުވާނެ. ސަރުކާރު ކުންފުނިތަކަށް މީހުން ވައްދަމުން ވައްދަމުންގޮސް މުވައްޒަފުން އިށީންނާނެ ތަނެއްވެސް ނެތް ސޮއި ކުރުމަށްފަހު ގެއަށް ދާ މުވައްޒަފުންވެސް އެބައުޅޭ. މިއީ ސިޔާސީ ބޭނުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެބައޮތް، ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައެއް. އެމްޕީއެލްއަށް އިންތިހާއަށް މުވައްޒަފުން ވައްދާ އެތަން ބޮއްސުންލާފައިވާތީ. މިއީ ކަންބޮޑުވާކަމެއް. 

27 ފެބްރުއަރީ 2017 | ހޯމަ 11:49

16:40

މުހައްމަދު ފަޒީން

މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު

ޕީޕީއެމުން މަޖުބޫރު ކޮށްގެން ޕާޓީއަށް މެމްބަރުން އިތުރެއް ނުކުރަން. އަޅުގަނޑުމެން ބުނެގެނެއް ނޫން ރައްޔިތުން ޕީޕީއެމަށް ވަންނަނީ. ރައްޔިތުން ޕީޕީއެމަށް ރުހޭތީ، މި ސަރުކާރަށް ރުހޭތީ ވައްނަނީ.

27 ފެބްރުއަރީ 2017 | ހޯމަ 11:49

16:37

މުހައްމަދު ފަޒީން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް ހިތްހަމަޖެހިގެން ވާޒީފާ އަދާކުރެވޭނެ މާހައުލެއް ނެތި ކިހިނެއްތީ މަސައްކަތް ކުރާނީ. ރާއްޖެ ތަރައްގީ ކުރާނީ. ދައުކަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރަމުންދިޔަ ތަޖުރިބާ ހުރި ތައުލީމީ ބޭފުޅުން ވަޒީފާތަކުން ވަނީ ވަކިކޮށްފަ. މިސަރުކާރާ ފުކުރުތަފާތު ވުމުން ކަމަށްވާތީ. މިއީ ވަރަށް ދެރަކަމެއް. 

27 ފެބްރުއަރީ 2017 | ހޯމަ 11:38

16:31

މުހައްމަދު ފަޒީން

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު

މިއަދު މިފެންނަ މަންޒަރަކީ އިދިކޮޅު ފަރާތްތަކުން ފަހަތުން ދުވެގެންވެސް އަތު ނުޖެހިގެން އުޅޭތަން. އެމްޑީޕީ ޗެއާރޕާސަން ވޯޓްގައި އަޅުގަނޑުގެ ދާއިރާގެ އެއްވެސް ރަށަކުން ވޯޓެއް ދީފައެއް ނުވޭ. މިއަދު ފެންނަމުންދާ މަންޒަރަކީ އެމްޑީޕީގެ އެންމެ ވަރުގަދަ ދާއިރާތަކުގެ ތާއީދު ނެތިގެންދާތަން. 

27 ފެބްރުއަރީ 2017 | ހޯމަ 11:37

16:26

މުހައްމަދު ފަޒީން

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ޝަހުގެ އެލިސްޓަށް އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ވައްކަން ހިމަނާލި ނަމަ ރަނގަޅުވީސް. ޕީޕީއެމް އެތެރޭގައި އިންތިހާބެއް ބޭއްވިޔަސް މީހުންނެއް ނުވޭ. ވޯޓުވެސް ދެނީ ފުޓްބޯލަ މެޗަކުން ނިކުންނަ އަދަދެއް ސްކޯއެއް. ހޮސްޕިޓަލްގެ އެމްބިއުލެންސް ޑްރައިވަރު ޕީޕީއެމަށް ސޮއި ނުކުރުމުން ވަޒީފާއިން ކަނޑަލި، އެގޮތަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަޒީފާއިން ކަނޑާލާފަ. މުވައްޒަފުންނަށް ބިރު ދައްކަމުންދަނީ. 

27 ފެބްރުއަރީ 2017 | ހޯމަ 11:37

16:21

މުހައްމަދު ފަޒީން

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

އަޅުގަނޑުމެންގެ ރައީސަކަށް ނެތް ތަރުކޭސް ކުޅޭނެ ވަގުތެއް. ޑައިވިނަށް ދާކަށް ވަގުތެއްނެތް. ރައީސް އުޅުއްވަނީ ރައްޔިތުންނަށް ތަރައްގީ ހޯދާދިނުމުގައި ބުރަކޮށް. އެކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެފެންނަނީ. ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ބަނދަރުތަކާއި ބިންތަކާއި އެކިއެކި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ނިންމާފައިވޭ، މިހާރުވެސް އެދަނީ އެމަސައްކަތްތައް ކުރަމުން. ރައްޔިތުން ހިތުން ރުހުމުން ޕީޕީއެމަށް ވަންނަނީ. 

27 ފެބްރުއަރީ 2017 | ހޯމަ 11:37

16:16

މުހައްމަދު ފަޒީން

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

މިގަރާރަށް ވަރަށް ބޮޑަށް ތާއީދު ކުރަން. މިސަރުކާރަށް އެނގެންޖެހޭ ކަމަކީ ގަދަ ބާރުން ލޯތްބެއް ނުހީދޭނެކަން. ޖަލްސާއޮންނަތައް ވަށައިގެން ދާ ޖެހިނަމަވެސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ. ޖަލްސާގެ ދާގަނޑު މަތިން މީހުން ނިކުތީމަ ގޮނޑިޔާލާ ބިޑި އަޅުަން ދެން އަންގާތަން ފެންނާނީ. މިއީ ގަދަބާރު ސަރުކާރުން ހިންގާ ޖަރީމާއެއް. 

27 ފެބްރުއަރީ 2017 | ހޯމަ 11:19

16:12

މުހައްމަދު ފަޒީން

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

މުޅީ ރާއްޖެއިން މިފެންނަނީ ރައީސް ޔާމިން ގެންނެވި ތަރައްގީ. އެހެންވީމާ ރައްޔިތުން މިސަރުކާރަށް ތާއީދު ކުރާނެ. ސަރުކާރު ހިންގާ ޕާޓިއަށް ސޮއިވެސް ކުރާނެ. ރައްޔިތުންނަށް ވަޒީފާލިބި ތަރައްގީ ލިބޭތީ ރައްޔިތުން ތިބީ ހިތްހަމަ ޖެހިފަ. އިދިކޮޅު ފަރާތްތަކަށް ހަޖަމެއް ނުވާނެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ތިޔަބޭފުޅުންނާ ވާދަ ކުރައްވާފަ. ވައުދުތައް ވެވަޑައިގެން. އެވައުދުތައް ފުއްދަމުން ރައީސް ޔާމީން އެގެންދަވަނީ. 

27 ފެބްރުއަރީ 2017 | ހޯމަ 11:19

16:11

މުހައްމަދު ފަޒީން

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

މުޅީ ރާއްޖެއިން މިފެންނަނީ ރައީސް ޔާމިން ގެންނެވި ތަރައްގީ. އެހެންވީމާ ރައްޔިތުން މިސަރުކާރަށް ތާއީދު ކުރާނެ. ސަރުކާރު ހިންގާ ޕާޓިއަށް ސޮއިވެސް ކުރާނެ. ރައްޔިތުންނަށް ވަޒީފާލިބި ތަރައްގީ ލިބޭތީ ރައްޔިތުން ތިބީ ހިތްހަމަ ޖެހިފަ. އިދިކޮޅު ފަރާތްތަކަށް ހަޖަމެއް ނުވާނެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ތިޔަބޭފުޅުންނާ ވާދަ ކުރައްވާފަ. ވައުދުތައް ވެވަޑައިގެން. އެވައުދުތައް ފުއްދަމުން ރައީސް ޔާމީން އެގެންދަވަނީ. 

27 ފެބްރުއަރީ 2017 | ހޯމަ 11:19

15:25

މުހައްމަދު ފަޒީން

މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައިފި

މުހައްމަދު އިސްލާމާއީލް ވާހަކަ ދައްކަވަމުން ދަނިކޮށް މަޖިލީޙުގެ ޖަލްސާކުރާ މާލަމުގައި އަޑުގަދަވެ، ހަމަނުޖެހުން ހިނގުމުން މަޖިލީހުގެ ލައިވް ފީޑް ކަނޑާލައިފި. 

27 ފެބްރުއަރީ 2017 | ހޯމަ 10:33

15:22

މުހައްމަދު ފަޒީން

ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

މި ސަރުކާރުން ކަންކަން ކުރަނީ ރަނގަޅަށް، ރައްޔިތުންނަށް ފައިދާވާ ގޮތަށް. ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންވީ އަނިޔާ. އެހެންވީމާ ރައްޔިތުން ޕީޕީއެމަށް ވަންނާނެ. ހުރިހާ އަނިޔާވެރި އަމަލެއް ހިންގާފައިވަނީ އެމްޑީޕީގެ ސަރުކާރުން.

27 ފެބްރުއަރީ 2017 | ހޯމަ 10:33

15:18

މުހައްމަދު ފަޒީން

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

ފުލުހުންނާ ސިފައިން ބޭނުންކޮށްގެން ބަޣާވާތެއް ހިންގާ މުޅި ރާއްޖެ މިވަނީ ހަލާކުކޮށްފަ. ރާއްޖެ ޓީވީ ރޯކޮށްލުމާއި ފެންފޯއްރުއްތަށް ކެނޑިއިރު ވީކަމެއް ނެތް. ސިޔާސީ ބޭފުޅުންނަށް ހުކުމް ކޮށް، އަނިޔާ ކުރަމުން އެދަނީ. ޒިނޭގެ ތުހުމަތު ކުރެވޭ ފަނޑިޔާރަކު މުޅި ޖުޑިޝަރީގެ ފަނޑިޔާރުންގެ އިސްބޭފުޅަކަށް މިވަނި ހަމަޖައްސާފަ. ފަޅުތަކާއި ރަށްތަށް ވިއްކަމުން އެދަނީ ރައްޔިތުންނަށް ވާނުވާވެސް އަންގާނުލާ. އެ ހުރިހާ ކަމެއް މިސަރުކާރުން އެދަނީ ކުރަމުން. މިއީ ވަރަށް އަނިޔާވެރި ސަރުކާރެއް. 

27 ފެބްރުއަރީ 2017 | ހޯމަ 10:33

15:01

މުހައްމަދު ފަޒީން

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

މިއީ ވަރަށް ތާރީހީ ދުވަހެއް. އިދިކޮޅު އެމްޑީޕީން ގަބޫލު ކޮށްފި. އެންމެ ވަރުގަދަ އަދި ގުނަ މެމްބަރުން ތިބީ ޕީޕީއެމްގަ ކަމަށް އެމްޑީޕީން ގަބޫލް ކޮށްފި. އަޅުގަނޑުމެންގެ ޕާޓިއަކީ ހުޅުވިފައިވާ ޕާޓީއެއް. މެޑަމް ފާތުން އަކީ ލާމަސީލު ނަމޫނާއެއް. ހިތްވަރުގަދަ ކެރޭ ކަނބަލެއް. މިސަރަހައްދުގަ ވެސް ނެތް އެވަރުގެ ފަސްޓްލޭޑީއެއް. ކޮށްޓެއްގައި ޖަލްސާ ބާއްވަނީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ. އާރޓިފިޝަލް ބީޗްކައިރީ ކޮށްޓެއްގެ ތެރޭގައި ޖަލްސާ ބާއްވަމުންދަނީ އެމްޑީޕީން. 

27 ފެބްރުއަރީ 2017 | ހޯމަ 10:33

14:53

މުހައްމަދު ފަޒީން

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

މަޖުބޫރުކޮށްގެން ސިޔާސީ ޕާޓީއަށް މެމްބަރުން ވެއްދުމަކީ ވަރަށް ދެރަކަމެއް. އެކަން އެއްވެސް ބަޔަކު އެއްވެސް ސިޔާސީ ޕާޓިއަކުން ކޮށްގެން ނުވާނެ. މި މަޖިލީހުގެ މެމްބަރުންވެސް ހީވަނީ އެހެންފަދަ ކަމެއްހެން. ޒުވާބުކޮށް އެކަކު އަނެކަކު ގަޔައް އަތްލާ ހިސާބަށް ކަންކަން އެބަދޭ. މިއީ ވަރަށް ހިތާމަހުރި ކަމެއް. 

27 ފެބްރުއަރީ 2017 | ހޯމަ 10:33

14:50

މުހައްމަދު ފަޒީން

މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު

މިސަރުކާރުން އަދި ޕީޕީއެމުން މަޖުބޫރު ކޮށްގެން ރައްޔިތުން ޕީޕީއެމަށް ނުވައްދާނެ، ރައްޔިތުން ހިތުން ރުހުމުން ޕީޕީއެމަށް ވަނުމަކީ އެއީ ސަރުޚާރުގެ އަދި ޕީޕީއެމްގެ މައްސަލައެއް ނޫން. ރައްޔިތުން ޕީޕީއެމަށް ސޮއިކުރަނީ އެ މީހުން ބޭނުންވެގެން. މަޖުބުރު ކޮށްގެންނެއް ނޫން. 

27 ފެބްރުއަރީ 2017 | ހޯމަ 10:34

14:48

މުހައްމަދު ފަޒީން

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

މިސަރުކާރުން ދަނީ އިންތިހާއަށް ވަޒީފާއަށް ބިރު ދައްކަމުން. ރައްޔިތުންނަށް ބިރު ދައްކަމުން. މިއީ ސަރުކާރަށް ތާއިދު ނެތީމާ، ތާއީދު އޮތްކަން ދައްކަން ކުރާމެއް. ނުރުހިއްޖިއްޔާ ވަޒީފާ ބަދަލުކޮށްފާނެ، ވަޒީފާއެއް މީހަކަށް ދޭން ބޭނުމިއްޔާ އަލަށް މަގާމެއް އުފައްދާފަނަމަވެސް ވަޒީފަ ދީފާނެ. ނުރުހެއްޏާ ވަޒީފާއިން ކަނޑާލަފާނެ. ޖަލްސާތައްވެސް ބާއްވަނީ ވެސް މުވައްޒަފުންނަށް އެޖަލްސާއަށް ދިއުމަށް މަޖުބުރު ކޮށްގެން. 

27 ފެބްރުއަރީ 2017 | ހޯމަ 10:34

14:47

މުހައްމަދު ފަޒީން

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

މިސަރުކާރުން ދަނީ އިންތިހާއަށް ވަޒީފާއަށް ބިރު ދައްކަމުން. ރައްޔިތުންނަށް ބިރު ދައްކަމުން. މިއީ ސަރުކާރަށް ތާއިދު ނެތީމާ، ތާއީދު އޮތްކަން ދައްކަން ކުރާމެއް. ނުރުހިއްޖިއްޔާ ވަޒީފާ ބަދަލުކޮށްފާނެ، ވަޒީފާއެއް މީހަކަށް ދޭން ބޭނުމިއްޔާ އަލަށް މަގާމެއް އުފައްދާފަނަމަވެސް ވަޒީފަ ދީފާނެ. ނުރުހެއްޏާ ވަޒީފާއިން ކަނޑާލަފާނެ. ޖަލްސާތައްވެސް ބާއްވަނީ ވެސް މުވައްޒަފުންނަށް އެޖަލްސާއަށް ދިއުމަށް މަޖުބުރު ކޮށްގެން. 

27 ފެބްރުއަރީ 2017 | ހޯމަ 10:34

14:44

މުހައްމަދު ފަޒީން

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ

މިގަރާރަށް ތާއީދު ކުރަން. ރައީސް ޔާމީން ގެންދަވަނީ އިންތިހާއަށް ރައްޔިތުންނަށް ބިރު ދައްކަމުން. އިސްލާމްދީނާ ހިލާފު ގިނަ ވާހަކަފުޅުތައް ވެސް ދައްކަވަމުން. ޕީޕީއެމްގެ ރައީސް އެކަހެރިކޮށްފަ، މަޖިލީހުގެ ޕީޕީއެމް މެމްބަރުންނަށް އެވަނީ ބިރު ދައްކާފަ. ޕީޕީއެމް މަޖިލީސް މެމްބަރުން ތިބީ ރައީސް ޔާމީން ކޯފާވެދާނެ ވާހަކައެއް ދެއްކިދާނެ ކަމަށްޓަކައި ބިރުން. 

27 ފެބްރުއަރީ 2017 | ހޯމަ 10:33

14:40

މުހައްމަދު ފަޒީން

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު

މިއީ އެމްޑީޕީ މިކިޔާ ބައިގަނޑު މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބޮޑު ޖޯކެއް. ޕީޕީއެމަށް މެމްބަރުން ވަންނަނީ ރުހުމުން. ރައްޔިތުން މިހާރުވެސް ބުނަމުންއެދަނީ މިހުރިއްޔޭ ފޯމުތައް. ރައްޔިތުން ތިބީ ޕީޕީއެމަށް ވަންނަން ކެތްމަދުވެފަ. ރައްޔިތުންނަށް އެނގޭ މިސަރުކާރުން ރާއްޖެ ތަރައްގީ ކުރަމުންދާކަން. އެއޮޓީ ބްރިޖް ކުރިއަތް އޮތްތާނގައި ރައްޔިތުން ހުޅުލެއަށް ދާނީ ހިނގާލާފަ.

27 ފެބްރުއަރީ 2017 | ހޯމަ 09:53

14:35

މުހައްމަދު ފަޒީން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ކޮންމެ ދުވަހަކު އެތައްހާސް މެމްބަރުން ސޮއި ކުރާ ކަމަށްބުނާއިރު، މެމްބަރުންގެ އަދަދެއް ވެސް ނޭނގޭ. މިފެންނަނީ މަޖުބޫރު ކޮށްގެން މެމްބަރުން އިތުރުކުރާތަން. މިސަރުކާރު ފެއިލްވެފައިވާކަން ވަރަށް ސާފުކޮށް ފެނޭ.

27 ފެބްރުއަރީ 2017 | ހޯމަ 09:47

14:32

މުހައްމަދު ފަޒީން

އައްޑޫ މީދޫ ދާއީރާގެ މެމްބަރު ރޮޒައިނާ އާދަމް

މިނިވަން މުއައްސާތައް ސަރުކާރުގެ މުށުތެރެއަށްލާ، ސުޕްރީޕްކޯޓު ވެސް މުށުތެރެއަށްލައިގެން ވެސް ނުފުދިގެން އުޅޭތަން މިފެންނަނީ. ޖަލްސާއެއް ބޭއްވިޔަސް ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ބައިވެރިވުމަށް މަޖުބޫރުކޮށް، ނުވިތާކަށް ސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާތަން. ޖަލްސާ ކުރާތަނުގެ ވަށައިގެން ދާޖަހައިގެން ބޭއްވިއިރުވެސް ވީކަމެއް ނެތް. 

މިއީ މިނިވަންކަން އޮތް ރާއްޖެއެއް ނޫން. ރައްޔިތުން ތިބީ އަޅުވެތިކަމެއްގަ. 

27 ފެބްރުއަރީ 2017 | ހޯމަ 09:46

14:26

މުހައްމަދު ފަޒީން

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު

މި ސަރުކާރުން ގެންދަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން. އެހެންވީމާ ރައްޔިތުން ޕީޕީއެމަށް ވަންނާނެ. އެމްޑީޕީން މެމްބަރުން ވެސް މަދުވާނެ. އެއީ ސަރުކާރުން މަޖުބޫރުކޮށްގެން ވާކަމެއް ނޫން. ރައްޔިތުން ގަބޫލް ކުރޭ މިސަރުކާރު. ޕީޕީއެމަށް ރައްޔިތުންނަށް ވަންނަނީ އެމީހުން ބޭނުންވާތީ. ތަރައްގީ ބޭނުންވާތީ. 

މިސަރުކާރުންވަނީ ގިނަ ވަޒީފާތައް ޒުވާނުންނަށް ހޯދާދީފަ. ގިނަ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް އެކި ރަށްރަށުގައި ދަނީ ހިންގަމުން. ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ގނަ ކަންކަން މިސަރުކާރުން ދަނީ ކުރަމުން. މެޑަމް ފާތުން އަކީ މި ސަރަހައްދުގައި ހުރި އެންމެ ކުޅަދާނަ އެންމެ ހީވާގި ބޭފުޅާ. 

27 ފެބްރުއަރީ 2017 | ހޯމަ 09:46

14:20

މުހައްމަދު ފަޒީން

ގަރާރު ހުށަހެޅުން

ފާލާހު: މިގަރާރަކީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން، ޕީޕީއެމްއަށް ސޮއި ކުރުވުމާއި ޕީޕީއެމްއިން ބާއްވާ ޖަލްސާތަކާއި އިވެންޓްތަކުގައި އެ މުވައްޒަފުން ބައިވެރިވުމަށް މަޖުބޫރު ކުރުވާތީ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހަޅާ ގަރާރެއް. 

މި ގަރާރުގެ މަގްސަދަކީ، ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނުގެ އިސްވެރިން ހިންގަމުންދާ ގާނޫނާ ހިލާފު އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާވެސް ހިލާހު ކަމެއް ކަމަށްވާތީ އެކަން ހުއްޓުވުން. 

27 ފެބްރުއަރީ 2017 | ހޯމަ 09:45

14:15

މުހައްމަދު ފަޒީން

ޖަލްސާ ފެށުން

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު. 

އިބްތިދާއީ ބަހުސް ކުރުމަށްޓަކައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހަށަހަޅުއްވާ ގަރާރު އެށަހެޅުން. ގަރާރު ހުށަހަޅުއްވާ ދެއްވީ ފަލާހް.

 

 

27 ފެބްރުއަރީ 2017 | ހޯމަ 09:45

14:08

މުހައްމަދު ފަޒީން

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މަޖުބޫރުކޮށްގެން މެމްބަރުން އިތުރު ކުރަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުމެވެ.

އެގަރާރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.

މި ގަރާރުގެ އިތުރުން އިތުރު ކަމެއް ކަމޖިލީޙުގައި މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައެއް ނުވެއެވެ.

27 ފެބްރުއަރީ 2017 | ހޯމަ 09:08

02:44

ހުސެން ފިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

5 ފެބްރުއަރީ 2017 | އާދީއްތަ 21:44

މުހައްމަދު ފަޒީން

IamFazeen

ހުސެން ފިޔާޒް

hussainfiyaz

18:39
ވޯޓަށް އެހުން
16:54
އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން
16:50
ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން
16:46
ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
16:40
މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު
16:37
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
16:31
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު
16:26
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
16:21
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
16:16
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
16:12
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ
16:11
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ
15:25
މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައިފި
15:22
ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
15:18
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
15:01
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
14:53
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
14:50
މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު
14:48
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
14:47
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
14:44
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ
14:40
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު
14:35
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
14:32
އައްޑޫ މީދޫ ދާއީރާގެ މެމްބަރު ރޮޒައިނާ އާދަމް
14:26
ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު
14:20
ގަރާރު ހުށަހެޅުން
14:15
ޖަލްސާ ފެށުން
14:08
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ
02:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ