އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ވަގުތުން

ފަލަސުރުޚީ

1,166

ޚުލާސާ

  • މެމްބަރު އިބްރާހިމް ޝަރީފް
  • މެމްބަރު އިބްރާހިމް ޝަރީފް
  • ތަމްރީނު ލިބިފައި ތިބި މީހުން ބޭނުން

22 ފެބްރުއަރީ 2017 | ބުދަ 02:46

03:01

ރިޒުނާ ޒަރީރު

މެމްބަރު އިބްރާހިމް ޝަރީފް

ސަރުކާރުގެ ސިޔާސަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރަން އެބަޖެހޭ. ފ.އަތޮޅު ވެސް ވިއްކާލީ. ރާއްޖޭގެ އިގްތިޞާދީ ތަރައްޤީއަށް ކުއްޔަށް ދިނުމަކީ ދެކޮޅު ހަދާ ކަމެއް ނޫން. އެހެންނަމަވެސް މި ކުއްޔަށްދޭ މުއްދަތާއި މެދު އެހާ ހިތް ހަމައެއް ނުޖެހޭ.  

21 ފެބްރުއަރީ 2017 | އަންގާރަ 22:04

02:55

ރިޒުނާ ޒަރީރު

މެމްބަރު އިބްރާހިމް ޝަރީފް

އިންޓަރގްރޭޓެޑް ހިދުމަތެއް ދީގެން ނޫނީ ކަންކަން ހައްލެއް ނުވާނެ. ރާއްޖެއިން ބޭރުގައިވެސް މިފަދަ ހިދުމަތް ދެމުން ދަނީ މިގޮތަށް. އައިޖީއެމްއެޗްގައި އެބަޖެހޭ ފެންވަރު ރަނގަޅު ޙިދުމަތް ދެވޭނެ ގޮތްތައް ހޯދަން. ރާއްޖެއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ގޮތުގައި މަޝްވަރާ ނުކުރުން. އިދިކޮޅު ފަރާތްތަކުގެ ދައުރަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން. އެހެން ނަމަވެސް މިފިރުޞަތެއް މިހާރަކު ނެތް. އެކަށީގެންވާ ގޮތުގައި މިކަންކަމެއް ނުހިނގާ. ގައުމުގެ އެއްބައިވަންތަކަން ދަހަމަހައްޓަން އެބަޖެހޭ. ރައީސްހެ ޒިންމާއަކީ ރައްޔިތުން އެއްބައިވަންތަ ކުރުވައިގެން ކަންކަން ކުރިއަށް ގެންދިއުން. ދެބައި މީހުންގެ މެދުގައި އެކުވެރިކަމެއް ނެތް. މުޅިންވެސް ވާދަވެރިކަން.

21 ފެބްރުއަރީ 2017 | އަންގާރަ 21:59

02:50

ރިޒުނާ ޒަރީރު

ތަމްރީނު ލިބިފައި ތިބި މީހުން ބޭނުން

ރާއްޖެއިން މިހާރުވެސް އިމާރާތުގެ ދަތިތަކަން އެބަހުރި. އެއިމާރާތް ބަލަހައްޓާނެ މީހުން ތަމްރީން ކުރަން އެބަޖެހޭ. އެހެން ކަމުން މިގައުމަށް ބޭނުންވަނީ ތަމްރީން ލިބިފައި ތިބި މީހުން.

21 ފެބްރުއަރީ 2017 | އަންގާރަ 21:53

02:48

ރިޒުނާ ޒަރީރު

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

ރާއްޖޭގެ އިގްތިޞާދަކީ ވަރަށް ހަނި ކުޑަ އިގްތިޞާދެއް. އެއް އިރަކުވެސް ދައުލަތުގެ ހަރަދު ކުޑައެއް ނުވޭ. ދަރަނިވެސް ކުޑައެއް ނުވޭ. މިސަރުކާރުވެސް އަދި ކުރީ ސަރުކާރުތަކުގައި ލިބޭ އާމްދަނީއަށް ވުރެ ހަރަދު ކުރެވޭ ވަރު މާގިނަ. ދައުލަތު އިގްތިޞާދު މިއޮތީ ހީނަރު ކަމެއްގެ ތެރޭގައި.

21 ފެބްރުއަރީ 2017 | އަންގާރަ 21:49

02:46

ރިޒުނާ ޒަރީރު

ފަލަސުރުޚީ

މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

21 ފެބްރުއަރީ 2017 | އަންގާރަ 21:49

ރިޒުނާ ޒަރީރު

RiznaZareer

03:01
މެމްބަރު އިބްރާހިމް ޝަރީފް
02:55
މެމްބަރު އިބްރާހިމް ޝަރީފް
02:50
ތަމްރީނު ލިބިފައި ތިބި މީހުން ބޭނުން
02:48
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
02:46
ފަލަސުރުޚީ