ފަލަސުރުހީ

  • ނަރުދަމާގެ ނިޒާމު
  • ޓެކްސް
  • ރައްޔިތުން އަތުން ނަގާ ޓެކްސް
 
Writer Profile Picture
ސިމާހާ ނަސީމް
ނަރުދަމާގެ ނިޒާމު

އެންމެ ފުރަތަމަ ފެނާއި ނަރުދަމާ ނެތް ރަށްތައް ފާހަގަކޮށް ޖެހޭނެ އެ ރަށްތަކަށް ފޯރުކޮށްދޭން. ރަނގަޅު ނަރުދަމާއެއް މުހިންމު ވާނީ ރައްޔިތުންނަށް.

18 ނޮވެންބަރ 2017 | ހޮނިހިރު 22:05
Writer Profile Picture
ސިމާހާ ނަސީމް
ޓެކްސް

ވަކި ބޭނުމަކަށް ނެގޭ ޓެކްސް ޖެހެނީ އެ ޓެކްސް ނެގޭ ބޭނުމަށް ބޭނުން ކުރަން.  

18 ނޮވެންބަރ 2017 | ހޮނިހިރު 22:03
Writer Profile Picture
ސިމާހާ ނަސީމް
ރައްޔިތުން އަތުން ނަގާ ޓެކްސް

ހަގީގަތުގައި ރަށްރަށުގައި ދިރިއުޅޭ މީހުން އަތުން ނަގާ ޓެކްސް މާ ބޮޑު. މިސާލަކަށް 100 ރުފިޔާއަށް ދޭ ފޮތެއް މި ގަންނަނީ. ޖީއެސްޓީގެ ހަ ޕަސަންޓު ލުމުން އެ ފޮތް ގަންނަން ޖެހޭނީ 106 ރުފިޔާއަށް. އެކަމަކު 3000 ރުފިޔާގެ މުސާރަ ލިބޭ މީހާ ވެސް އަދި ގިނައިން ފައިސާ ލިބޭ މީހާ ވެސް ހަމަ ގަންނަން ޖެހޭނީ އެ އަގަށް. އެއީ އިންސާފެއް ނޫން.

18 ނޮވެންބަރ 2017 | ހޮނިހިރު 21:49
Writer Profile Picture
ސިމާހާ ނަސީމް
ޕްރޮޖެކްޓުތައް

ރައީސް ޔާމީން ވިދާޅުވި 9 ޕްރޮޖެކްޓެއް އޮތް ވާހަކަ، އެއީ ކަނޑައެޅިގެން ދޮގެއް. ރައްޔިތުންނަށް އޮޅުވާލުމަކީ އެދެވިގެންވާ ކަމެއް ނޫން.

18 ނޮވެންބަރ 2017 | ހޮނިހިރު 21:45
Writer Profile Picture
ސިމާހާ ނަސީމް
މާލެ ތޮއްޖެއްސުން

މާލެ ތޮއްޖެއްސުމުގެ ސިޔާސަތު ޖެހޭ ދޫކޮށްލަން. މިއީ ރައްޔިތުންނަށް އަޅުވެތި ކުރުމަށްޓަކައި ކުރާ ކަމެއް.

18 ނޮވެންބަރ 2017 | ހޮނިހިރު 21:45
Writer Profile Picture
ސިމާހާ ނަސީމް
ސިވިލް ސާވަރންޓުންގެ މުސާރަ

ސިވިލް ސާވަރންޓުންގެ މުސާރަ ބޮޑުކުރަން ޖެހޭ. ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔައީ.

18 ނޮވެންބަރ 2017 | ހޮނިހިރު 21:44
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ފަލަސުުރުހީ މައުޟޫއަކީ ބަޖެޓް. މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން  

18 ނޮވެންބަރ 2017 | ހޮނިހިރު 21:40