ވަގުތުން: ފަލަސުރުޚީ

  • ރާއްޖެޓީވީއަށް އަދަބުދިނިމައި ނުރުހުންވާނީ ރައްޔިތުން
  • އިންސާފުވެރި ވޯޓެއް ލައިގެން އެމަނިކުފާނަކަށް 2018 ކަމިޔާބެއް ނުކުރެވޭނެ
  • އަބުރުގެ ގާނުނު ފާސްކުރުމުން ރައީސަށް ދެންނެވިން ތީ މަނިކުފަނުގެ ވެރިކަމުގެ ނިމުމޭ
 
Writer Profile Picture
އާމިނަތު ނުޒުހާ
ރާއްޖެޓީވީއަށް އަދަބުދިނިމައި ނުރުހުންވާނީ ރައްޔިތުން

އަބުރުގެ ގާނޫނުގެ މަގުސަދަކީ ރާއްޖެޓިވީ ކިޔާއެއްޗެއް ނެތުން، ވުޖޫދުން ފުހެލުން، މި ޓީވީއަށް ރައްޔިތުން އިހްތިރާމް ކުރަތީ މި އަންނަނި މި ތަނަށް، އެހެންވިމައި ރައްޔިތުން އެހީވަނީ، މި ޖޫރިމަނާ ދައްކަންވެސް ރައްޔިތުން އެ ތިބީ ދައްކަން، ބައްޔެއް ނުކުރެވޭނޭ، ރާއްޖެޓީވީއަށް އަދަބުދިނިމައި ނުރުހުންވާނީ ރައްޔިތުން. އިންސާނެއް ވެއްޖެއްޔާ ވިސްނަންވީ 48 އިރުތެރޭ ފަސްމިލިއަން ހޯދި ބަޔަކު ނޫޅޭ، 30  ދުވަހެއް ނުވާނެ ތިބޭފުޅުން އެ ހަމަކުރަން، ރައްޔިތުން ބަލައިގެންފައިވަ ބަޔަކާއަޅައިގަނެގެން ނޫޅެވޭނެ- މުސްތަފާ

10 އޮކްޓޯބަރ 2017 | އަންގާރަ 22:09
Writer Profile Picture
އާމިނަތު ނުޒުހާ
އިންސާފުވެރި ވޯޓެއް ލައިގެން އެމަނިކުފާނަކަށް 2018 ކަމިޔާބެއް ނުކުރެވޭނެ

އިންސާފުވެރި ވޯޓެއް ލައިގެން އެމަނިކުފާނަކަށް 2018 ކަމިޔާބެއް ނުކުރެވޭނެ، އެމަނިކުފާނު ދާދިފަހުން ރަށަކަށް ވަޑައިގެންފައި ވިދާޅުވި ތިމަންނާއަކަށް ތައީދެއްނެތޭ، މީ އެމަނިކުފާނަށް ތާއީދު ނެތްކަން އަމިއްލަފުޅަށް އެނގޭތި ވިދާޅުވި ވާހަކައެއް، ރައީސް ނަޝީދު މިނިވަން ކުރުމަށް ވެސް އެދެމުންދާއިރު ގަދަފައި ވިއްދާފައި އެ ހުންނަވަނީ އަބަދަކު ވެރިކަމުގައި އެހެްނ ނުހުއްނެވޭނެކަން ދަންނަން ޖެހޭނެ- މުސްތަފާ

10 އޮކްޓޯބަރ 2017 | އަންގާރަ 22:01
Writer Profile Picture
އާމިނަތު ނުޒުހާ
އަބުރުގެ ގާނުނު ފާސްކުރުމުން ރައީސަށް ދެންނެވިން ތީ މަނިކުފަނުގެ ވެރިކަމުގެ ނިމުމޭ

އަޅުގަނޑު ޕިޕީއެމުން ވަކިވާން ޖެހުނު އެއްސަބަބަކީވެސް ތި އަބުރުގެ ގާނޫނު، ރައީސް އަޅުގަނޑަށް ފޯނުކޮށްފައި ވިދާޅުވި، ކިހިނެއްވީތޯއޭ، އަޅުގަނޑުދެންނެވިން، ރައީސަށް ރިޕޯޓަރަކަށް ލިބޭ މުސަރައަކީ 8000 ރުފިޔާއޭ، އެވަރު އެއްޗެއް ލިބޭއިރު ކިހިނެއްހޭ އެކުންދިން ބޮޑެތި ޖޫރިމަނާތައް ދައްކަނީ، ދެން އާއެކޭ ދެންނެވި ވިދާޅުވި ޖޫރިމަނާ ކުޑަކުރާނަމޭ، ނޫސްވެރިން ކުޑަޔަސް އަދި އެކަމަކު ސްޓޭޝަންތަކަށް ބޮޑުވާނޭކަމަށް ވިދާޅުވި، އަޅުގަނޑު މި ހުރީ އެދުވަހުވެސް އެކަމައި ދެކޮޅަށް، މިއަދުވެސް އެކަމާއި ދެކޮޅަށް، އެދުވަހު މަޖިލީހުގައި ވެސް އަޅުގަނޑު ވޯޓެއް ނުދެން. ނުދީފައި އަޅުގަނޑުބުނިން ރައީސް ޔާމީން ކައިރީގައި، އަދި ސަލީމްވެސް ވިދާޅުވި، އެމަނިކުފާނަށް މީ ރައީސް ޔަމިން އޭ މަނިކުފާނުގެ ވެރިކަން ވެއްޓުމުގެ ފެށުމޭ- މުސްތަފާ

10 އޮކްޓޯބަރ 2017 | އަންގާރަ 21:51
Writer Profile Picture
އާމިނަތު ނުޒުހާ
ވެރިކަމުގައި އަބަދު ރައްޔިތުން ކަސްތޮޅު އަޅުވައިގެން ނުހުއްނެވޭނޭ

ތަހުގީގީ އިދާރާތަކުން ބަލަންވީ ނޫންތޯ، ރާއްޖެޓިވީ ރޯކޮށްލީ ކޮންބައެއްކަން، އަޅުގަނޑު ގެންގޮސް ސުވާލުކުރަންވީ ހަމަ، އަޅުގަނޑަށް އިނގޭ، ވެރިކަމުގައި އަބަދު ރައްޔިތުން ކަސްތޮޅު އަޅުވައިގެން ނުހުއްނެވޭނޭ، މަނިކުފާނު ނޫން މީހުންވެސް ވެރިކަންކޮށްފި، މިއަދު އަޅުގަނޑުމެން މި ތިބެނީ ގޭގޭގައި ބިރުން ތަންޑުއަޅުވައިގެން، މީގެކުރިން އުޅުނިން ގޭގައި ތަންޑުނާޅުވައި ނިދާ، މިއަދު ހަ ތަންޑުއަޅުވައިގެްނ ތިބެންވެސް ބިރުގަނޭ، މިއަދު ރައްޔިތުން މި ބިރުވެރިކަމުން ސަލާމަތްކޮށްދިނުމަކީ ރައީސް ޔާމިންގެ ޒިންމާއެއް-މުސްތަފާ

10 އޮކްޓޯބަރ 2017 | އަންގާރަ 21:44
Writer Profile Picture
އާމިނަތު ނުޒުހާ
ރާއްޖެޓީވީއަކީ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅޭ ޓީވީއެއް

ރައްޔިތުން ޝަކުވާކުރަނީ ގަނޫނުގެ ރައްކާތެރިކަން ނުލިބޭތީ، އަޅުގަނަޑުމެންނަށް އަބަދުމެ އިވެނި ކޮންމެވެސް މީހަކު މަރާލިވާހަކަ، ގައުމެއްގެ ހަލަތު ދާންވީ އެންމެ ނުބައި ހާލަތަށް މި ވަނީ ގޮސްފައި، އަޅުގަނޑު ހިތަށްއަރާ ގައުމުގެ ރައްޔިތުން ދެން ކޮންކަމެއް ބާއޭ ކުރަންވީ، ރާއްޖެޓީވީއާމެދު ވިސްނާލައްވާ، ކިތަށް ފަހަރު އަނިޔާ ދީފިތޯ، ރާއްޖެޓީވީއަކީ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅޭ ޓީވީއެއް، ރާއްޖެޓީވީއަށް މިއަދާއި ހަމައަށް އެތަށް ގެއްލުންތަކެއް ވެއްޖެ، އަންދާލި ދުވަހު އެތަށް ބަޔަކު ކަރުނައެޅި، އެއްވެސް ބަލާލުމެއް ނެތި އެކަންކުރީ، އެ މަންޒަރު ފެނުނުމިހަކުވެސް ހުއްޓުން އެރީސް، އަދިއަދަށްވެސް ނޭނގިގެން މި އުޅެނީ އެކަން ކުރި ބަޔަކު، ކީއްވެގެްނތޯ ތަހުގީގު ނުހިއްގިގެން މި އުޅެނީ- މުސްތަފާ

10 އޮކްޓޯބަރ 2017 | އަންގާރަ 21:32
Writer Profile Picture
އާމިނަތު ނުޒުހާ
ވަގުތުން: ފަލަސުރުޚީ

ރާއްޖެޓީވީގެ ފަލަސުރުކީގެ މ،ެހްމާނަކީ ރައްޔިތުންގެމަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ. މިރޭގެ މައުލޫއަކީ އަބުރުފުޅު ފަނަޑް

10 އޮކްޓޯބަރ 2017 | އަންގާރަ 21:25